Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ބިލަށް އާއްމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އާ އިސްލާހު ބުނާގޮތުން، ޔުނިވަސިޓީއަކަށް ވުމަށްޓަކައި، ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އޮކްޓޯބަރު 2022 | ހޯމަ 13:48
ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ތެރެއިން

ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ތެރެއިން

ރާއްޖޭގައި ކޮލެޖުގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގާތާ 15 އަހަރު ވެފައިވާ ތައުލީމުދޭ މަރުކަޒުތަކަށް ޔުނިވަރސިޓީގެ ދަރަޖަ ލިބޭ ގޮތަށް ދިވެހިރާއްޖޭގެ މަތީ ތައުލިމާއި ތަމްރީނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އާއްމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުން ބުނީ، މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރަމުންދާ އެ މައްސަލައަށް ޚިޔާލު ހުށަހަޅަން ފުރުސަތު ހުޅުވާލީ ހޯމަ ދުވަހު ކަމަަށެވެ. އެހެންކަމުން އެ ބިލަށް ހުށަހަޅަން ބޭނުންވާ އިސްލާހެއް ނުވަތަ ޚިޔާލެއް އޮތްނަމަ national.development_committee@majilis.gov.mv އަށް މެއިލް ކުރެއްވުމަށް، ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން އެ ޚިޔާލެއް ނުވަތަ އިސްލާހެއް ފޮނުވުމަށް މަޖިލީހުން ވަނީ އެދިފައެވެ. މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ 11 އޮކްޓޯބަރ 2022ގައެވެ.

އެ އިސްލާހުގައި ބުނާގޮތުން، މި ޕްރޮގުރާމުތައް ހިންގާ ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހެއެވެ. ނުވަތަ ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ހޭދަކޮށްފައިވާ ކޮލެޖަކަށް އެ ކޮލެޖެއް ވާންޖެހޭނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާއި، ޖަމާއަތްތަކާއެކު ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބުމުގެ އިތުރުން، އެ ކޮލެޖެއްގެ ޕްރޮގްރާމުތަކުގައި ކިޔަވައިދޭ ލެކްޗަރަރއިންގެ މަދުވެގެން %10 މުވައްޒަފުންނަކީ ޕީއެޗްޑީ ނުވަތަ ހަޔަރ ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލްކޮށްފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

މިހާރު އޮތްގޮތުން ޔުނިވަރސިޓީގެ ގޮތުގައި ތައުލީމް ދޭ ތަނެއް ރަޖިސްޓްރީ ކުރެވޭނީ ކޮލެޖުގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރުވެފައިވުމުންނެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ ދަރަޖަ ލިބެނީ، ރާއްޖެއިން ބޭރުގައި ހިންގަމުން ދާތާ 10 އަހަރު ވެފައިވާ ޔުނިވަރސިޓީތަކަށެވެ. އެހެންނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ އަދަދު 15 އަހަރަށް ބަދަލުކުރުމަށް ހުށަހަޅާފައެވެ.

މަޖިލިސްމަތީ ތައުލީމް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

25 ސެޕްޓެމްބަރު 2025
ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް
21 ސެޕްޓެމްބަރު 2025

ގަވާއިދާ ޚިލާފަށް ލަންކާގައި ހިންގާ ކޯސްތަކަށް ސަމާލުވުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފި

21 ސެޕްޓެމްބަރު 2025
ގަވާއިދާ ޚިލާފަށް ލަންކާގައި ހިންގާ ކޯސްތަކަށް ސަމާލުވުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފި
16 ސެޕްޓެމްބަރު 2025

ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

16 ސެޕްޓެމްބަރު 2025
ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
26 ޖޫން 2025

މި ފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ، މިކަމާ ދެކޮޅަށް ޒުވާނުން ނުކުންނަންޖެހޭ: ބިގޭ

26 ޖޫން 2025
މި ފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ، މިކަމާ ދެކޮޅަށް ޒުވާނުން ނުކުންނަންޖެހޭ: ބިގޭ
17 ފެބުރުއަރީ 2025

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު
16 ފެބުރުއަރީ 2025

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ
13 މެއި 2024

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

13 މެއި 2024
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި
07 މެއި 2024

"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

07 މެއި 2024
"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް
19 މާރިޗު 2024

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

19 މާރިޗު 2024
މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް
13 މާރިޗު 2024

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް

13 މާރިޗު 2024
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު