Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫއެން މޯލްޑިވްސް

ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުން ފުރިހަމަކުރާނީ އިންޓަނޭޝަނަލް ބެކަލޯރިއޭޓް ޑިޕްލޮމާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 13:22
ޔޫޑަބްލިއުސީ މޯލްޑިވްސް

ޔޫޑަބްލިއުސީ މޯލްޑިވްސް

ޔުނައިޓެޑް ވޯލްޑް ކޮލެޖް މޯލްޑިވްސް (ޔޫޑަބްލިއުސީ މޯލްޑިވްސް) އިން ތިން ދިވެހި ދަރިވަރަކަށް އިންޑިއާ، ހޮންގކޮންގ އަދި ކެނެޑާގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހޯދައިދީފި އެވެ.

މި ފުރުޞަތު ލިބިފައިވަނީ ނ. ކުޑަފަރީ ސްކޫލްގެ ދަރިވަރު އިޒް ޔާލާ ބިންތު އަލީ، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރު ޔަޒާން އަބްދުﷲ ޔަޒާން، އަދި ތާޖުއްދީން ސްކޫލްގެ ދަރިވަރު ހައްވާ އިޝާއަށެވެ.

Advertisement - newsAdvertisement

މި ދަރިވަރުން ކިޔަވަން ދާނީ އިންޑިއާގެ މަހިންދްރާ ޔުނައިޓެޑް ވޯލްޑް ކޮލެޖް، ހޮންގކޮންގްގެ ލީޕޯޗުން ޔުނައިޓެޑް ވޯލްޑް ކޮލެޖް، އަދި ކެނެޑާގެ ޕިއާސަން ޔުނައިޓެޑް ވޯލްޑް ކޮލެޖަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުން ފުރިހަމަކުރާނީ އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައި.ބީ) ޑިޕްލޮމާއެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީ ޗެއާ، ޒަހީނާ ރަޝީދު ވިދާޅުވީ، "މިއީ މި ދަރިވަރުންގެ މުޅި ހަޔާތް ބަދަލުވެގެންދާނެ ފުރުޞަތެއް. މި ދަރިވަރުން ތަޢުލީމު ހާސިލުކޮށް ނިމިގެން އެނބުރި އައިސް ރާއްޖެއަށް ޚިދުމަތްކުރާނެކަމުގެ އުންމީދު އެބައޮތް" ކަމަށެވެ.

ޔޫޑަބްލިއުސީ ސްކޮލަރޝިޕްއަކީ ގްރޭޑް 10 ނިންމާ، ނުވަތަ އުމުރުން 15-17 އަހަރުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ދެވޭ ފުރުޞަތެކެވެ. މިހާތަނަށް ޖުމްލަ 67 ދިވެހި ދަރިވަރުން ވަނީ ޔޫޑަބްލިއުސީގެ ސްކޮލަރޝިޕްގައި ތަޢުލީމު ހާސިލުކޮށްފަ އެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްއަކީ 2001 ވަނަ އަހަރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މަޤްޞަދަކީ ޒުވާނުންގެ މެދުގައި އުންމީދާއި ހެޔޮ ބަދަލު ގެނައުމަށް މަގުފަހިކޮށް، މުސްތަޤްބަލުގެ ލީޑަރުން އުފެއްދުމެވެ.

ޔޫއެން މޯލްޑިވްސްއިންޓަނޭޝަނަލް ބެކަލޯރިއޭޓްތަޢުލީމީ ސްކޮލަރޝިޕްއިންޑިއާ-ހޮންގކޮންގ-ކެނެޑާމަތީ ތައުލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

28 ސެޕްޓެމްބަރު 2025
ގަވާއިދާ ޚިލާފަށް ލަންކާގައި ހިންގާ ކޯސްތަކަށް ސަމާލުވުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފި

ގަވާއިދާ ޚިލާފަށް ލަންކާގައި ހިންގާ ކޯސްތަކަށް ސަމާލުވުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފި

21 ސެޕްޓެމްބަރު 2025
ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

16 ސެޕްޓެމްބަރު 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025
މި ފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ، މިކަމާ ދެކޮޅަށް ޒުވާނުން ނުކުންނަންޖެހޭ: ބިގޭ

މި ފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ، މިކަމާ ދެކޮޅަށް ޒުވާނުން ނުކުންނަންޖެހޭ: ބިގޭ

26 ޖޫން 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު