Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-ޕާކިސްތާން

އަބްދުއްރަހީމްގެ ޕާކިސްތާނު ދަތުރުފުޅުގައި ސުވާލު އުފެދޭ ސީރިއަސް ކަންތައްތަކެއް ހިނގާފައިވަނިކޮށް ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ

27 ސެޕްޓެމްބަރު 2026 | އާދީއްތަ 06:46

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ އޮކްޓޯބަރު މަހު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެ. މި ދަތުރުފުޅުގައި އަސްކަރީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި، 50 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައި. މީގެ އިތުރުން ތައުލީމީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައި

ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 06:46
24 ސެޕްޓެމްބަރގައި މަޖިލިސް ރައީސް އަބްދުއްރަހީމް ޕާކިސްތާކުގެ ސިފައިންގެ އެންމެ އިސްވެރިޔާއާ ބައްދަލުކުރަންވަނީ.

24 ސެޕްޓެމްބަރގައި މަޖިލިސް ރައީސް އަބްދުއްރަހީމް ޕާކިސްތާކުގެ ސިފައިންގެ އެންމެ އިސްވެރިޔާއާ ބައްދަލުކުރަންވަނީ. | އިންޑިއާ ޓައިމްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ގާނޫނީ އިމުން ބޭރުން ސުވާލު އުފެދޭ ސީރިއަސް ކަންތައްތަކެއް ހިނގާފައިވަނިކޮށް ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަރުކާރުގެ އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

Advertisement - newsAdvertisement

ޕާކިސްތާނުގެ ސަރުކާރަކުން ވެސް ދިވެހި ސަރުކާރަކުން ވެސް މި ދަތުރުފުޅާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. 

ރައީސް މުއިއްޒު ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވާއިރު، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް  އަބްދުއްރަޙީމް އަބްދުﷲ، ޕީއެންސީގެ ބޮޑު ޕާލިމެންޓަރީ ވަފުދެއްގައި އިސްވެ ހުންނަވާ ޕާކިސްތާނަށް ވަނީ ދަތުރުފުޅެއް ކުރައްވާފަ އެވެ. ޕާކިސްތާނުގެ ރަސްމީ ބަޔާންތަކުގައި މި ދަތުރަކީ ރަސްމީ ދަތުރެއް ކަމަށް ބުނި ނަމަވެސް، މި ދަތުރުފުޅުގައި ޕާލިމެންޓަރީ ގުޅުންތަކުން ބޭރުވެ، އިޤްތިޞާދީ ގުޅުން، ސަރަހައްދީ ގުޅުމާއި، ދިފާއީ ރޮނގުންނާއި، ޓެކްނޮލޮޖީ، އެވިއޭޝަން އަދި ދެ ގައުމުގެ ސަލާމަތާއި ގުޅުންހުރި ދާއިރާތަކަށް ފެތުރިގެން ގޮސް އެކަމާ ބެހޭ ގާނޫނީ އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ.

ޕާކިސްތާނުގައި ވަކިވަކިން އަބްދުއްރަހީމް ބޭއްވެވި ބައްދަލުވުން ތަކުގައި 2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވާދަކުރެއްވުމަށް ނުކުޅެދޭ ހާލަތެއް އުފެދިއްޖެ ނަމަ، ޕީއެންސީއިން އަބްދުއްރަޙީމް އިންތިޚާބަށް ނުކުމެދާނެ ކަމާއި، ތިންވަނަ ފަރާތެއްގެ އިންތިޚާބީ ކެމްޕޭނެއް ހިންގުމަށް ފައިސާގެ އެހީ ހޯދުމާއި، އިންޑިއާގެ ޕާލިމެންޓު ރައީސްއާއެކު ކުރިން ބޭއްވި ބައްދަލުވުމެއްގައި ނުތަނަވަސްކަންތައްތަކެއް އުފެދުނުކަމަށާއި ރާއްޖޭގެ މަޖިލިސް ރައީސްއަށް ވަރަށް ހަޑިކޮށް އެ ބައްދަލުވުމުގައި ބެވިކަމަށާއި، ދިވެހިރާއްޖެ، ޕާކިސްތާން، ބަންގްލާދޭޝް އަދި ސްރީލަންކާ ހިމެނޭ ކޮމަންވެލްތުގެ ތެރެއިން ރީޖަނަލް މެކޭނިޒަމްއެއް ގާއިމްކުރުމާއި، އަދި ތިންވަނަ ގައުމެއްގައި އަލުން މަޖިލިސް ރައީސް އަދި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ބައްދަލުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

ނަމަވެސް މިކަން ރަސްމީ ފަރާތަކުން އަދި ސާފުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

އަނެއްކޮޅުން ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ރޮނގުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި ޕާކިސްތާނުން 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ހޯދުމަށް މަޝްވަރާކުރެވެމުންދާ ކަމަށާއި، މި ދަތުރުފުޅުގެ ތެރޭގައި އެ ލޯނު އެއްބަސްވަމުގައި ސޮއިކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އިތުބާރު ހުރި ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން ތައުލީމީ ރޮނގުންނާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގު ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ދިވެހި ރާއްޖެ-ޕާކިސްތާންޢަބްދުއްރަޙީމް ޢަބްދުﷲރައީސް ޑރ. މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2026

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

26 ސެޕްޓެމްބަރު 2026
މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟
24 ސެޕްޓެމްބަރު 2026

ޕީއައިއޭ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި

24 ސެޕްޓެމްބަރު 2026
ޕީއައިއޭ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
09 ސެޕްޓެމްބަރު 2026

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

09 ސެޕްޓެމްބަރު 2026
އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!
23 ޖުލައި 2026

ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ

23 ޖުލައި 2026
ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ
15 ޖުލައި 2026

ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް

15 ޖުލައި 2026
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް
11 ޖުލައި 2026

ޕާކިސްތާނާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި

11 ޖުލައި 2026
ޕާކިސްތާނާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި
10 ޖުލައި 2026

"އަދަދު" ނޫހަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކުރި މައްސަލަ, ރައީސް މުއިއްޒު އުފެއްދެވި ޝަކުވާ ކޮމިޓީއަށް ހުށަހަޅައިފި

10 ޖުލައި 2026
"އަދަދު" ނޫހަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކުރި މައްސަލަ, ރައީސް މުއިއްޒު އުފެއްދެވި ޝަކުވާ ކޮމިޓީއަށް ހުށަހަޅައިފި
09 ޖުލައި 2026

ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް

09 ޖުލައި 2026
ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް
04 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔަ އިރު، ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުން ކުރެވުނީ ސާވޭއެއް އެކަނި: ހަނިމާދޫ ކައުންސިލް

04 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔަ އިރު، ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުން ކުރެވުނީ ސާވޭއެއް އެކަނި: ހަނިމާދޫ ކައުންސިލް
04 ޖުލައި 2026

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

04 ޖުލައި 2026
 ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް