Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލު ހުކުމް ބާތިލްކުރުން

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލާފައި ހުރި މީހަކު ސަލާމަތްވެއްޖެ

7 އޮކްޓޯބަރު 2017 | ހޮނިހިރު 11:14

އޭނާއާއި އިތުރު މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 7 އޮކްޓޯބަރު 2017 | ހޮނިހިރު 11:14
ފުލުހުން ހިންގި އޮަޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި

ފުލުހުން ހިންގި އޮަޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އަމުރު ދުވަހަށް ޖަލަށް ލުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން ބާތިލް ކަމަށް ކަނޑައަޅައިފި އެވެ.

ސ. ހިތަދޫ، އަބީރީގޭ، އިބްރާހިމް މުހައްމަދު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 30 އޯގަސްޓް 2015 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

އެ ހުކުމް އޭނާގެ މައްޗަށް ކޮށްފައިވަނީ މާލެއިން ފުރައިގެން ހިތަދޫއަށް ދިޔަ ބޯޓަކުން ގެންދިޔަ މަސްތުވާތަކެތި އަޅާފައި ހުރި ފޮށިގަނޑެއްގެ މައްސަލައިގަ އެވެ. އެ ބޯޓުން ގެންދިޔަ ފޮށިގަނޑާ ހަވާލުވާން ދަނީ ކޮންބައެއްތޯ ބަލަން ފުލުހުން ތިއްބާ އިބްރާހިމް މުހައްމަދާއި، އެރަށު ހަވާސާ، މުހައްމަދު މަމްދޫދު ސައިކަލުގައި އެ ފޮށިގަނޑު ބޯޓުން ނެގި ކަމަށާއި އެ ފޮށިގަނޑު ކަނޑައިގެން ބެލިއިރު، ޑީވީޑީ ކަވަރެއްގެ ތެރެއިން ފެނުނު 44 ޕެކެޓުގައި ޖުމްލަ 85.4 ގްރާމް ހެރޮއިން ހުރި ކަމަށް ތަހުލީލު ރިޕޯޓްތަކުން ދައްކާ ކަމަށް އުފުލި ދައުވާގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ދެ މީހުންގެ އަމަލުތައް ހުރިގޮތުން އެއީ އެމީހުންގެ ތަކެތި ނޫން ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތީތީވެ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން ދެ މީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.

އިބްރާހިމް މުހައްމަދުގެ މައްޗަށް އިއްވި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ 2 ޑިސެމްބަރު 2015 ގަ އެވެ. އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ހާދިސާގައި އަތުލައިގަތް މަސްތުވާތަކެއްޗާ އިބްރާހިމް މުހައްމަދާ ގުޅުން އޮތް ކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.

އެ ނުކުތާ ފާހަގަކޮށް، ހައިކޯޓުން ވަނީ ދަށު ކޯޓުން އިއްވި ހުކުމް ބާތިލް ކަމަށް ކަނޑައަޅާފަ އެވެ. ހުކުމް ބާތިލް ކަމަށް ކަނޑައެޅި އިރު، ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މުހައްމަދު އިބްރާހިމް ޖަލު ހުކުމް ތަންފީޒް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް