Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގދ. ގައްދޫ

ގައްދޫ ކައުންސިލުން ދެމުން އައި ލައިސެންސްގެ ހިދުމަތް މެދުކަނޑާލުން: ނިމިދިޔަ އަހަރު 1600 އަށްވުރެ ގިނަ ލައިސެންސް ދޫކޮށްފައިވޭ!

21 ސެޕްޓެމްބަރު 2026 | ހޯމަ 18:39

ގދ. ގައްދޫ ކައުންސިލުން ގަވާއިދާ ހިލާފަށް 1،600 އަށްވުރެ ގިނަ ލައިސެންސް ދޫކޮށްފައިވާ މައްސަލައެއް ފެންމަތިވެ، އެ ރަށުން ދެމުން އައި ލައިސެންސްގެ ހިދުމަތްތައް މެދުކެނޑިއްޖެ. މި ޖަރީމާ ހިންގާފައިވަނީ ކުރީގެ ކައުންސިލް މެންބަރުންގެ ބައިވެރިވުމާއެކު މާލީ ފައިދާ ހޯދުމަށް ކަމަށް މިހާރުގެ ކައުންސިލުން ތުހުމަތުކުރާއިރު، މި މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 21 ސެޕްޓެމްބަރު 2026 | ހޯމަ 18:39
ގދ. ގައްދޫ ކައުންސިލް އިދާރާ

ގދ. ގައްދޫ ކައުންސިލް އިދާރާ | ސޯޝަލް މީޑިއާ

ގދ. ގައްދޫ ކައުންސިލުން ދެމުން އައި އެއްގަމާއި ކަނޑު ދަތުރުފަހަރުގެ ލައިސެންސްގެ ހުރިހާ ހިދުމަތްތައް މެދުކެނޑިފައިވަނީ ބައެއްގެ އިހުމާލުން ކަމަށާއި، މިކަމުގައި މާލީ ފައިދާ ހޯދުމުގައި ހިންގި ގާނޫނާއި ގަވާއިދާއި ހިލާފު އަމަލުތަކެއްގެ ސަބަބުން ކަމަށް ގައްދޫ ކައުންސިލުން ބުނެފި އެވެ. 

ހޯމަ ދުވަހު ގައްދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 5 ވަނަ ދައުރުގެ ކައުންސިލުން މަސައްކަތަށް ނުކުތުމަށްފަހު ވެސް ލައިސަންސްގެ ކަންކަމުގައި ޝަކުވާތަކެއް ލިބެމުން އައި ކަމަށެވެ. އަދި ގައްދޫ ކައުންސިލްގެ ރައީސް އިލްހާމް ރަޝީދަށް ލިބުނު ވަރަށް އިތުބާރު ހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބެލިބެލުމުން ލައިސެންސް ދޫކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަން އެނގިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، ލައިސެންސް ނެގިމީހާ މާލޭގައި ހުރެ 30 އޮގަސްޓު 2026 ގައި ލައިސެންސަށް އެޕްލައިކޮށް 31 އޮގަސްޓް 2026 ގައި ގައްދޫ ކައުންސިލުން ލައިސެންސް ދޫކޮށްފައިވާ ކަަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ. 

މިކަމަކީ 4 ވަނަ ދައުރުގެ ކައުންސިލުގެ ބައެއް މެންބަރުންގެ ބައިވެރިވުމާއެކު ހިންގާފައިވާ ނާތަހުޒީބު ޖަރީމާއެއް ކަމަށާއި، އެ ކައުންސިލް އިދާރާގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަޖުބޫރުން ވަރަށް ގިނަ ކަންކަން ކުރަންޖެހުމުން ގިނަ ގެއްލުންތަކެއް އެ މުވައްޒަފުން ތަހައްމަލު ކުރަން ޖެހެފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

ސެޕްޓެމްބަރު 17 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ދެބޭފުޅުން ގައްދޫއަށް ވަޑައިގެން މޮނިޓަރިންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށް، ބަޔާނުގައި ބުނީ ގަވައިދާ ހިލާފަށް ގިނަ ކަންކަން ކޮށްފައިވާކަން އެ ބޭފުޅުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން މާލެއިން ލައިސެންސް ދޫކޮށްފައިވާ އަދާދާއި ގާތް ކުރާ ވަރަށް ލައިސެންސް ދޫކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެއީ 1600 އަށްވުރެ ގިނަ ލައިސެންސް ކަމަށާއި މިއީ މަހަކަށް 133 ވަރަކަށް ލައިސެންސް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

އިތުރަށް ބަޔާނުގައި ބުނީ، ލައިސެންސް ޕްރެކްޓިކަލް ހެއްދުމުގައި ހަރަކާތްތެރިވެފައިވާ އެގްޒަމިނަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހަފްތާއަކު 2 މީހުން ވެސް ޕްރެކްޓިކަލް އެގްޒާމް ހަދާފައިނުވާ ކަމަށެވެ. 

މީގެ އިތުރުން، ލައިސެންސްގެ ހިދުމަތް ފެށުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، މިފަދަ ނާތަހުޒީބީ ޖަރީމާތަކާއި ވައްކަމާއި ހިޔާނަތް ނުހިންގޭނެ ގޮތަށް ކައުންސިލް އިދާރާގެ ކަންކަން އިންތިޒާމްކުރާނެ ކަމަށް ގައްދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. 

ގދ. ގައްދޫލައިސެންސް

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ގައްދޫ ބަލިކޮށް އީގަލްސް އިން ދެ ވަނަ މޮޅު ހޯދައިފި

21 ސެޕްޓެމްބަރު 2026
ގައްދޫ ބަލިކޮށް އީގަލްސް އިން ދެ ވަނަ މޮޅު ހޯދައިފި
17 ސެޕްޓެމްބަރު 2026

ގައްދޫ އަތުން މޮޅުވެ، ޓީސީ އަށް ފުރަތަމަ މޮޅު

17 ސެޕްޓެމްބަރު 2026
ގައްދޫ އަތުން މޮޅުވެ، ޓީސީ އަށް ފުރަތަމަ މޮޅު
16 ޖުލައި 2026

މި ސަރުކާރުގެ މިހާތަނަށް ގައްދޫ އަށް ލިބުނީ ހަމައެކަނި ޑިންގީ ޖެޓީއެއް، އެހެން ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފައި: އަމީތު

16 ޖުލައި 2026
މި ސަރުކާރުގެ މިހާތަނަށް ގައްދޫ އަށް ލިބުނީ ހަމައެކަނި ޑިންގީ ޖެޓީއެއް، އެހެން ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފައި: އަމީތު
22 ޖޫން 2026

ޓީސީ އަތުން މޮޅުވެ، ގައްދޫ އިން ދިވެހި ޕްރިމިއާ ލީގަށް

22 ޖޫން 2026
ޓީސީ އަތުން މޮޅުވެ، ގައްދޫ އިން ދިވެހި ޕްރިމިއާ ލީގަށް
07 ޖޫން 2026

ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި

07 ޖޫން 2026
ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި
07 ޖޫން 2026

ގައްދޫގައި މަހަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ، އޭނާގެ ހަށިގަނޑު ފެނުނީ މޫދު އަޑިން

07 ޖޫން 2026
ގައްދޫގައި މަހަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ، އޭނާގެ ހަށިގަނޑު ފެނުނީ މޫދު އަޑިން
17 ނޮވެމްބަރު 2025

މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް

17 ނޮވެމްބަރު 2025
މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
11 ޖުލައި 2025

ގައްދޫއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ، ނަމަވެސް އޭނާ ދަތުރު ކުރި ޑިންގީގެ ނަގިލި ވަނީ ފެނިފަ

11 ޖުލައި 2025
ގައްދޫއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ، ނަމަވެސް އޭނާ ދަތުރު ކުރި ޑިންގީގެ ނަގިލި ވަނީ ފެނިފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް