Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ، ގައްދޫ އިން މީހަކު ގެއްލިގެން ހޯދުން

ގައްދޫއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ، ނަމަވެސް އޭނާ ދަތުރު ކުރި ޑިންގީގެ ނަގިލި ވަނީ ފެނިފަ

ގދ. ގަމަށް ގޮސްގެން އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 11 ޖުލައި 2025 | ހުކުރު 12:25
ގދ. ގައްދޫ އިން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ދަތުރުކުރި 79 އަހަރުގެ ދިވެއްސަކު ގެއްލިގެން ހޯދުން: އޭނާ އަދިވެސް ފެނިފައިނުވާކަމަށް އެމްއެންޑީއެފް އިން ބުނޭ

ގދ. ގައްދޫ އިން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ދަތުރުކުރި 79 އަހަރުގެ ދިވެއްސަކު ގެއްލިގެން ހޯދުން: އޭނާ އަދިވެސް ފެނިފައިނުވާކަމަށް އެމްއެންޑީއެފް އިން ބުނޭ

ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ގަމަށް ބުރާސްފަތި ދުވަހު ހެނދުނު ދިޔަ 79 އަހަރުގެ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް ބުރާސްފަތި ދުވަހު ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތް މޯލްޑިވިއަން އާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން އަދިވެސް ކުރިއަށް ގެންދާކަމަށެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ރާއްޖެއެމްވީ އަށް ވިދާޅުވީ ގދ. ގައްދޫ އިން ގެއްލިގެން ހޯދަމުން ދާ އުމުރުން 79 އަހަރުގެ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަގެންދާ ކަމަށާއި އެގޮތުން އޭނާ ހޯދުމަށް މިވަގުތު ބަލަމުން ގެންދަނީ ހުވަދު އަތޮޅުގެ އެކި ސަރައްދުތައް ކަމަށެވެ. ނަމަވެސް އަދިވެސް އެމީހާ ފެނިފައި ނުވާކަމަށް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލް މެމްބަރު އަލީ ޝަރީފު ވިދާޅުވީ ގެއްލިގެން ހޯދަމުން ދާ އުމުރުން 79 އަހަރުގެ މީހާއަކީ އަބަދުވެސް ޑިންގީގައި އެކި ބޭނުންތަކުގައި ގަމަށް ދަތުރުތައް ކޮށް އުޅޭ މީހެއް ކަމަށެވެ. އެގޮތުން އެމީހާ އެނބުރި ރަށަށް ނައިސްގެން ލަސްވެގެން ފުލުންނަށް ރިޕޯޓުކޮށްފައި ވަނީ ބުރާސްތި ދުވަހު ހަވީރު ކަމަށެވެ.

އަލީ ޝަރިފު ވިދާޅުވީ އެ މީހާ ދަތުރުކުރި ޑިންގީ ގަމަށް ދާން ފުރި އިރުވެސް އޭގެ އިންޖީނު މައްސަލައެއް އުޅޭކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމީހާ ގަމަށް ދިއުމަށް ފުރަން ވެގެން ޑިންގީ ސްޓާޓު ނުވެގެން އުޅުނު ކަމަށާއި އެ ޑިންގީގެ ސްޓާޓު ކުރީވެސް ވެސް އެހެން މީހެއްގެ އެހީތެރިކަމާއި އެކުގައި ކަަމަށެވެ.

އަލީ ޝަރީފު ވިދާޅުވީ އެ ޑިންގީގެ ނަގިލި މިހާރު ފެނިފައިވާ ކަމަށާއި ނަގިއްޔާއި އެކު ޑިންގީ އަށްސަން ގެންގުޅޭ ވާގަނޑުވެސް އޮތްކަމަށެވެ. އަދި ވާގަނޑު އެއްވެސް ތަނަކުން ހަލާކުވެ، ކަނޑައިގެން ގޮސްފައި ނުވާ ކަމަށާއި ބޮޑަށް ބެލެވިފައިވަނީ ވިއްސާރަވެ، ވީ ގަދައިގެ ތެރެއިން އެމީހާއަށް ޑިންގީ އައްސާލަން ވެސް ވަގުތެއް ނުލިބުނީ ކަމުގައެވެ. އަދި ނަގިލި އޮތީ އެ ރަށުގެ ތޮށިމަތީ ގާތަކުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލީ ޝަރީފު އިތުރަށް ވިދާޅުވި ގެއްލިގެން ހޯދާ މީހާއަކީ އަމިއްލައަށް އެކަނި ޑިންގީގައި ކަނޑަށް ވެސް ނުކުންނަށް ނުކުރޭ މީހެއްކަމަށެވެ.

އެމީހާ އަދިވެސް ހޯދަމުން ދަނީ، އަދި ނުފެނޭ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ފުރުއިރުވެސް އޭނަ ދަތުކުރި ޑިންގީގެ އިންޖޫނު ހުރީ މައްސަލަ ޖެހިފަ. އެ ޑިންގީ ސްޓާޓް ކުރީ ވެސް އެހެން މީހަކު ލައްވާ. މިހާތަނަށް ލިބުނު އަޕުޑޭޓް އަކީ، ޑިންގީގެ ނަގިލި ވަނީ ފެނިފަ. ވާގަނޑު ކަނޑައި ގެން ވެސް ނުދޭ. ހީވަނީ އޭނާ ގަދަވެގެން ޑިންގީ އައްސަން ވެސް ވަގުުތު ނުވީހެން.
ގައްދޫ ކައުންސިލް މެމްބަރު އަލީ ޝަރީފް

މައުލޫމާތު ލިބިފައިވާ ގޮތުން އެންމެ ފަހުން ޒަކަރިއްޔާ ލައިގެން ހުރީ ކަޅުކުލައިގެ ސޯޓަކާއި ނޫކުލައިގެ ޓީޝާޓެކެވެ.

އަދި ޒަކަރިއްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާނަމަ، 7791755 ނުވަތަ 7211233 އަށް ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ގާދޫ ޒަކަރިއްޔާ މުޙައްމަދުއެމްއެންޑީއެފްގދ. ގައްދޫއަހްމަދު މުހައްމަދު، ގައްދޫ ކައުންސިލް ރައީސް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު