Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން

ޓީސީ އަތުން މޮޅުވެ، ގައްދޫ އިން ދިވެހި ޕްރިމިއާ ލީގަށް

ޓީސީ އަތުން ހޯދި މޮޅާ އެކު ގައްދޫ އިން ވަނީ ކޮލިފިކޭޝަންގެ ހަތަރު ވަނައިގައި އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރު ކޮށްފައި. މިއާ އެކު، އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ހޯދި ހަތަރު ޓީމު ވަނީ ކަށަވަރުވެފައި. އެއީ ޓީސީ އާއި ގައްދޫގެ އިތުރުން، ބިސް ބުރު ސްޕޯޓްސް ކުލަބު އަދި ހއ. ދިއްދޫ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2026 | ހޯމަ 04:42
ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ހޯދި ގދ.ގައްދޫ ޓީމު.

ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ހޯދި ގދ.ގައްދޫ ޓީމު. | އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ގދ. ގައްދޫ އިން އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދައިފި އެވެ. 

އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ގައްދޫ އިން ކާމިޔާބު ކޮށްފައި ވަނީ 1-0 އިންނެވެ. މި މެޗާ ކުރިމަތިލީއިރު ވެސް، ޓީސީ އިން ވަނީ އަންނަ ސީޒަންގެ ޕްރިމިއާ ލީގުގެ ޖާގަ ދިފާއު ކޮށްފައި އެވެ.

މެޗުގައި ގައްދޫ އިން ލަނޑު ޖަހާފައި ވަނީ ވެސް ދެ ވަނަ ހާފުގައި އެވެ. އެގޮތުން މެޗުގެ ދެ ވަނަ ހާފުގެ 76 ވަނަ މިނެޓުގައި ގައްދޫގެ ލަނޑު ޖެހީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޑޮނާލިއޯ މެލާޝިއޯ ޑުއާންލާ އެވެ. މެޗުގައި ޓީސީ އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައި އެވެ.

ޓީސީ އަތުން ހޯދި މޮޅާ އެކު ގައްދޫ އިން ވަނީ ކޮލިފިކޭޝަންގެ ހަތަރު ވަނައިގައި އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރު ކޮށްފައި އެވެ. މިއާ އެކު، އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ހޯދި ހަތަރު ޓީމު ވަނީ ކަށަވަރުވެފައި އެވެ. އެއީ ޓީސީ އާއި ގައްދޫގެ އިތުރުން، ބިސް ބުރު ސްޕޯޓްސް ކުލަބު އަދި ހއ.ދިއްދޫ އެވެ. 

ކޮލިފިކޭޝަންގައި އެއް ވަަނައިގައި އޮތީ ބިސް ބުރު ސްޕޯޓްސް ކުލަބެވެ. އެއީ އެ ޓީމު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޓީސީ އަށް ހަތަރު މެޗުން ހަތް ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި ދިއްދޫ އަށް ވެސް ވަނީ ހަތް ޕޮއިންޓެވެ. އަދި ހަތަރު ވަަނައިގައި ގައްދޫ އަށް ލިބެނީ ހަ ޕޮއިންޓެވެ.

އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭ ހަތަރު ޓީމު ކަށަވަރު ކުރެވިފައި ވީ ނަމަވެސް، ކޮލިފިކޭޝަންގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އެބަ އޮތެވެ. ކޮލިފިކޭޝަންގައި ދެން ވާދަ ކޮށްފައި ވަނީ ކުލަބު ގްރީން ސްޓްރީޓްސްގެ އިތުރުން، ކ.ހުރާ އެވެ. 

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގދ. ގައްދޫ

އިތުރަށް ކިޔާލަން

07 ޖޫން 2026

ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި

07 ޖޫން 2026
ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި
07 ޖޫން 2026

ގައްދޫގައި މަހަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ، އޭނާގެ ހަށިގަނޑު ފެނުނީ މޫދު އަޑިން

07 ޖޫން 2026
ގައްދޫގައި މަހަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ، އޭނާގެ ހަށިގަނޑު ފެނުނީ މޫދު އަޑިން
17 ނޮވެމްބަރު 2025

މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް

17 ނޮވެމްބަރު 2025
މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ
11 ޖުލައި 2025

ގައްދޫއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ، ނަމަވެސް އޭނާ ދަތުރު ކުރި ޑިންގީގެ ނަގިލި ވަނީ ފެނިފަ

11 ޖުލައި 2025
ގައްދޫއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ، ނަމަވެސް އޭނާ ދަތުރު ކުރި ޑިންގީގެ ނަގިލި ވަނީ ފެނިފަ
09 އޯގަސްޓު 2023

އެހެން ރައީސަކު ނުވިސްނަވާ ވަރަށް ކުދި އާބާދީތަކާމެދު ވިސްނެވި ހަމައެކަނި ބޭފުޅަކީ ރައީސް ސާލިހު: ޑރ. ރަފިއްޔާ

09 އޯގަސްޓު 2023
އެހެން ރައީސަކު ނުވިސްނަވާ ވަރަށް ކުދި އާބާދީތަކާމެދު ވިސްނެވި ހަމައެކަނި ބޭފުޅަކީ ރައީސް ސާލިހު: ޑރ. ރަފިއްޔާ
09 އޯގަސްޓު 2023

ބިން ހިއްކާ ރޯހައުސްއަޅައިދީ، ގަމާއި ގައްދޫ ގުޅުވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

09 އޯގަސްޓު 2023
ބިން ހިއްކާ ރޯހައުސްއަޅައިދީ، ގަމާއި ގައްދޫ ގުޅުވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
08 އޯގަސްޓު 2023

2023 ތަފާތު، ފެނިގެން މިދަނީ ވެރިކަން ބަދަލުކުރަން ކޯލިޝަން ހެދުމުގެ ބަދަލުގައި ވެރިކަމުގައި ތިބި މީހުންނާއެކު ކޯލިޝަން ހެދިތަން

08 އޯގަސްޓު 2023
2023 ތަފާތު، ފެނިގެން މިދަނީ ވެރިކަން ބަދަލުކުރަން ކޯލިޝަން ހެދުމުގެ ބަދަލުގައި ވެރިކަމުގައި ތިބި މީހުންނާއެކު ކޯލިޝަން ހެދިތަން
05 އޯގަސްޓު 2022

މަންމަ މަރާލާނެކަމަށް ބުނި ދަރިއާ ދެކޮޅަށް ހެކި ބަސް ނުދިނުމުން ދަރިފުޅު ސަލާމަތްވެއްޖެ

05 އޯގަސްޓު 2022
މަންމަ މަރާލާނެކަމަށް ބުނި ދަރިއާ ދެކޮޅަށް ހެކި ބަސް ނުދިނުމުން ދަރިފުޅު ސަލާމަތްވެއްޖެ
15 ޖޫން 2022

ގައްދޫ ސިއްޙީ މަރުކަޒުގައި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ޚިދުމަތްދޭން ފަށައިފި

15 ޖޫން 2022
ގައްދޫ ސިއްޙީ މަރުކަޒުގައި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ޚިދުމަތްދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު