Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ގާނޫން

ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ

ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތަށް ހުއްޓާލުމަށް އަންގާފައިވާ ގާނޫނީ ހަމަ އަކީ ކޮބައޮތޯ އެނގެން ޖެހޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 14:17
ގދ. ގައްދޫ ކައުންސިލްގެ އިދާރާ

ގދ. ގައްދޫ ކައުންސިލްގެ އިދާރާ

ދިވެހިރާއްޖޭގެ ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ވަކިގޮތެއް އަންގަން ދެން ހުއްޓާލުމަށް އަންގާފައި ވަނީ ގާނޫނީ ކޮން ހަމައަކުންތޯ ސާފުކުރުމަށް ގދ. ގައްދޫ ކައުންސިލުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި އެދިއްޖެ އެވެ.

ގައްދޫ ކައުންސިލުން މިގޮތަށް އެލްޖީއޭގައި އެދިފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުމަށް އަންގާ އެލްޖީއޭ އިން އެ ކައުންސިލަށް ފޮނުވި ސިޓީގަ ޖަވާބުގަ އެވެ.

Advertisement - newsAdvertisement

ގައްދޫ ކައުންސިލުން އެލްޖީއޭ އަށް ފޮނުވި ސިޓީގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން މި ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫން ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަަމަށް އެގެން އޮންނަ ކަމަށެވެ. އެހެން ނަމަވެސް އެލްޖީއޭގެ އެންގުމުގައި ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް އެލްޖީއޭ އިން ވަކިގޮތެއް އަންގަން ދެން ހުއްޓާލުމަށް އަންގާފައިވަނީ ގާނޫނީ ކޮން ހަމައަކުންކަން އެނގެން ބޭނުންވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން މި ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫން ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަަމަށް އެގެން އޮންނަ ކަމަށެވެ. އެހެން ނަމަވެސް އެލްޖީއޭގެ އެންގުމުގައި ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް އޮތޯރިޓީން ވަކިގޮތެއް އަންގަން ދެން ހުއްޓާލުމަށް އަންގާފައިވަނީ ގާނޫނީ ކޮން ހަމައަކުންކަން އެނގެން ބޭނުންވެ އެވެ.
ގައްދޫ ކައުންސިލްގެ އިދާރާ

އެހެން ކަމުން ކައުންސިލްގެ ހިނގަމުންދާ ކޮންމެ މާލީ އަހަރެއްގައި ކައުންސިލް ހިންގުމުގެ އިދާރީ ޚަރަދާއި އަދި އެ ރަށުގެ ތަރައްގީގެ ޕްލޭންގައި ހިނގަމުންދާ އަހަރުގެ ވޯކްޕްލޭންގެ އެކްޓިވިޓީ ތަކަށް ހިނގާ ޙަރަދުތައް ހަމަޖައްސަނީ، ސަރުކާރުން އެ އަހަރަކަށް ކަނޑައަޅާ ބްލޮކް ގްރާންޓްގެ ފަންޑާއި ކައުންސިލްތަކުން ހިންގާ އާމްދަނީ ހަރަކާތްތަކުގެ ފަނަޑަށް ބިނާކޮށް ގާނޫނާއި ގަވައިދާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ފާސްކޮށް، ކަމާއި ގުޅުންހުރި އިދާރާތަކާއި ހިއްސާކުރާ ބަޖެޓާއި ވޯކްޕްލޭނުގެ ތެރެއިން ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

އަދި މި އުސޫލުގެ ބޭރުން ސަޕްލިމެންޓްރީ ބަޖެޓަކުން މާލީ ކަންކަން ނުބަލަހައްޓާ ކަމަށް ގައްދޫ ކައުންސިލުން އެލްޖީއޭ އަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

އަދި ހާއްސަ ހާލަތެއް މެދުވެރިނުވެ ހިނގަހިނގާހުރި ގާނޫނަކަށް ކުއްލި ގޮތަކަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ކައުންސިލްގެ އުމުރުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ގާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު އިންތިޚާބީ މުއްދަތުގައި ކުރުމަށް ހުރަސް އެޅޭނޭ ކަމެއް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ސިޓީގައި ބުނެފައިވަނީ އެ އިސްލާހު އާއި އެކު މުޅި ނިޒާމް އޭގެ މައްޗަށް ގާއިމުވެފައިވާ ކައުންސިލްގެ ގާނޫނީ އިމުގެ ތެރޭގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގެ ގާނޫނުގެ 230 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގްސަދާއި އެއްގޮތަށް މަސައްކަތް ކުރުމުގެ ދޮރު ބަންދުވެގެންދާ ކަމަށެވެ.

އަދި މި އިސްލާހަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް ޣައިރު ތުސްތޫރީ ހިންގުމުގެ އަމަލެއްކަމުގައި ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

ގައްދޫ ކައުންސިލުން އެލްޖީއޭ އަށް ފޮނުވި ސިޓީގައި ބުނީ ގާނޫނީ ގޮތުން ހިންގަހިގައި އޮތް ކައުންސިލަކުން ހުދުމުހުތާރު ސަރުކާރަކަށް ކުޑަ ސިޓީ ފޮނުވައިގެން ރައްޔިތުންގެ ކަންކަމުގައި ހުއްދަ ހޯދަން ޖެހޭ ސަބަބު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ ގައްދޫ ރައްވެހިތަރައްގީގެ ހަރަކާތްތައް ހިންގުމަށް ކައުންސިލުގެ އޮނިގަނޑުގައި ހިމަނާފައިވާ އެކި ފަންތީގެ މަގާމުތަކާއި އެ މަގާމުތަކުގެ ފައިސާ ބަޖެޓުގައި ހިމަނާފައި އޮވެމެ އެ މުވައްޒަފުން ނެގުމުގެ ހުއްދަ ސަރުކާރުން ހޯދާނެ ގޮތް ރައްޔިތުންނަށް އެނގެން ބޭނުންވާތީ އެކަން ގާނޫނީ އިމުގެ ތެރެއިން ދެންނެވުނު ހުރިހާ ކަމެއްގެ ގާނޫނީ ޖަވާބާއި އަދި ޣައިރު ތުސްތޫރީ މި ގާނޫނުގެ 16 ވަނަ އިސްލާހަސް އަމަލު ނުކޮށްފި ނަމަ އެލްޖީއޭ އާއި ސަރުކާރުން އެ ކައުންސިލަށް އަޅާނެ ފިޔަވަޅުގެ ގާނޫނީ ހަވާލާދިނުންވެސް އަންގާދެއްވުުމަށް އެދޭ ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައްދޫ ކައުންސިލްގދ. ގައްދޫލޯކަލް ގަވަމަންޓް އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު