Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ޓެކްނޮލޮޖީގޫގުލް

ގޫގުލްގެ ޖެމިނައި އޭއައި އަމިއްލައަށް ތިން ކުންފުނި ހެކުކޮށްފި

21 ސެޕްޓެމްބަރު 2026 | ހޯމަ 16:00

ގޫގުލްގެ "ޖެމިނައި" އޭއައި މޮޑެލްއިން އަމިއްލައަށް ތިން ކުންފުންޏެއްގެ ސިސްޓަމް ހެކު ކުރި މައްސަލައާ ގުޅިގެން، މިފަދަ ޓެކްނޮލޮޖީތަކުގެ ރައްކާތެރިކަމާމެދު ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައި. މި ހާދިސާއާއެކު އޭއައި މޮޑެލްތައް ޒިންމާދާރުކޮށް ބޭނުންކުރުމަށް ތަމްރީނުދިނުމުގެ މުހިންމުކަން ހާމަވެފައިވާއިރު، މިކަންކަން ރެގިއުލޭޓްކުރުމާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި މިހާރު ދަނީ މަޝްވަރާކުރެވެމުން

ޖިނާ
ޖިނާ | 21 ސެޕްޓެމްބަރު 2026 | ހޯމަ 16:00
ގޫގުލް ޖެމިނައި - ޑީޕްމައިންޑް - ފޮޓޯ އިލަސްޓްރޭޝަން

ގޫގުލް ޖެމިނައި - ޑީޕްމައިންޑް - ފޮޓޯ އިލަސްޓްރޭޝަން | ގެޓީ އިމޭޖަސް

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް "ޖެމިނައި" ގެ ސައިބަރ ސެކިއުރިޓީ ގާބިލުކަން ދެނެގަތުމަށް ހެދި ޓެސްޓެއްގެ ތެރެއިން، އެއްވެސް އިންސާނެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ތިން ކުންފުންޏެއްގެ ސިސްޓަމްތައް ހެކުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއީ އޭއައި މޮޑެލްއަކުން މިފަދަ އަމަލެއް ހިންގިކަން އެނގުނު ފުރަތަމަ ފަހަރު ކަމަށް ބެލެވެ އެވެ.

ބީބީސީއަށް މައުލޫމާތު ދެއްވަމުން ގޫގުލްގެ އޮފިޝަލަކު ވިދާޅުވީ، އިންޓަނެޓުގައި ހުރި އާންމު މައުލޫމާތުތައް ބޭނުންކޮށްގެން، ޓެސްޓުގެ ބައެއް ކަމަށް ޖެމިނައިއަށް ހީވި ވެބްސައިޓްތަކަކަށް ވަނުމަށް ބޭނުންވާ ކްރެޑެންޝަލްތައް ނުވަތަ ޕާސްވޯޑްތައް އެ މޮޑެލްއިން އަމިއްލައަށް އަންދާޒާކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް އެ މޮޑެލްގެ މަސައްކަތް އަމިއްލައަށް ހުއްޓާލާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިދިޔަ މޭ މަހުގެ ތެރޭގައި ހިނގި މި ހެކުކުރުމުގެ ހާދިސާތަކާ ގުޅިގެން، އޭގެ އަސަރު ފޯރި ކުންފުނިތަކަށް މިހާރު ވަނީ އެކަން އަންގާފަ އެވެ.

މި ހާދިސާ ފެންމަތިވެފައި މިވަނީ، އޭއައި ކުރިއަރަމުންދާ ހަލުވިމިނާ މެދު އާންމުންގެ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ބައެއް ޓެކްނޮލޮޖީ ކުންފުނިތަކުން އިންސާނިއްޔަތަށް ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި އޭއައި ތަރައްގީކުރުން މަޑުޖައްސާލުމަށް ގޮވާލަމުންދާއިރު، ބައެއް ކުންފުނިތަކުގެ މާހިރުން މިކަމަށް އެއްބަހެއްނުވެ އެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން އެންމެ ފުރަތަމަ ރިޕޯޓްކުރި މި ހެކުކުރުމުގެ ހާދިސާތައް ހިނގާފައިވަނީ މޭ މަހުގެ ތެރޭގައި، ސައިބަރ ސެކިއުރިޓީ ވަޒަންކުރާ މިނިވަން ކުންފުންޏެއް ކަމަށްވާ "އިރެގިއުލަރ" އިން ހެދި ޓެސްޓެއްގެ ތެރެއިންނެވެ.

ހޮނިހިރު ދުވަހު ބީބީސީއަށް ދިން ބަޔާނެއްގައި އިރެގިއުލަރ ކުންފުނިން ބުނީ، އެ ކުންފުނިން ހިންގި ތަހުގީގުގެ ބައެއްގެ ގޮތުގައި، މިދިޔަ ޖުލައި މަހު ގޫގުލްއަށާއި މިކަމުގެ އަސަރު ފޯރި ހުރިހާ ފަރާތްތަކަށް އެކަން އަންގާފައިވާ ކަމަށެވެ.

އަދި އެ ކުންފުނިން ވަގުތުން ފިޔަވަޅު އަޅައި، އެ ފަރާތުން ފާހަގަވި ހުރިހާ މައްސަލަތަކެއް މީގެ ހަފުތާތަކެއް ކުރިން ހައްލުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއް ހާދިސާއެއްގައި ޖެމިނައި މޮޑެލްއިން ވަނީ ރައްކާތެރިކޮށްފައިވާ ސިސްޓަމަކަށް ވަދެވެންދެން ތަކުރާރުކޮށް ޕާސްވޯޑްތައް އަންދާޒާކޮށްފަ އެވެ.

ގޫގުލްގެ ސެކިއުރިޓީ އިންޖިނިއަރިންގެ ވައިސް ޕްރެޒިޑެންޓް ހެދަރ އެޑްކިންސް ބީބީސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، މިކަމުގެ އަސަރު ފޯރި ތިން ކުންފުންޏަށް އެކަން އެންގުމަށްފަހު، ޓެސްޓްކުރުމުގެ މަރުހަލާތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ތަމްރީނުދޭ ބައިވެރިންނާއެކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ބާރުގަދަ އޭއައި މޮޑެލްތަކަކީ ޒިންމާދާރުކަމާއެކު މަސައްކަތްކުރާ އެއްޗަކަށް ހެދުމަށް ތަމްރީނު ދިނުމުގެ މުހިންމުކަން މި ހާދިސާތަކުން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ބައެއް އޭއައި ސިސްޓަމްތަކުން ވެސް މިފަދަ ހެކުކުރުމުގެ ހާދިސާތައް ދާދި ފަހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އޯޕަން އޭއައިގެ މޮޑެލްތަކުން އާންމުކޮށް ލިބެން ހުންނަ ބައެއް ޚިދުމަތްތަކަށް ސައިބަރ ހަމަލާތަކެއް ދީފައިވާ ކަމަށް އެ ކުންފުނިން ބުނިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، މިދިޔަ ޖުލައި މަހު އެންތްރޮޕިކް ކުންފުނީގެ "ކްލޯޑް" އޭއައި މޮޑެލް ވެސް ވަނީ ޓެސްޓު މަރުހަލާގެ ތެރެއިން އަމިއްލައަށް ތިން އިދާރާއެއް ހެކްކޮށްފަ އެވެ.

މައިކްރޯސޮފްޓްގެ އޭއައިގެ އިސްވެރިޔާ މުސްތަފާ ސުލައިމާން މި ހަފުތާގައި ވިދާޅުވީ، ވާދަވެރި އެންތްރޮޕިކް ކުންފުނިން އޭއައިއާ މެދު އަމަލުކުރަނީ އިންސާނަކާ މެދު އަމަލުކުރާ ފަދަ ގޮތަކަށް ކަމަށާއި، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިދާނެ ފަދަ ޓެކްނޮލޮޖީއެއް އުފެދުމަށް މަގުފަހިވެދާނެ ނުބައި މިސްރާބެއް ކަމަށެވެ.

މި ޓެކްނޮލޮޖީ ތަރައްގީކުރުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ބަހުސްތައް އިތުރުވަމުންދާއިރު، މިކަން ރެގިއުލޭޓް ކުރުމާ ގުޅޭގޮތުން ވެސް ދަނީ ވާހަކަދެކެވެމުންނެވެ.

އަންނަ ހުކުރު ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ވައިޓް ހައުސްގައި ބާއްވާ ރަސްމީ ފަރިއްކޮޅެއްގައި އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާންގް އަދި އޯޕަން އޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. އަދި އޭގެ ފަހުން އަންނަ ހަފުތާގައި އޮލްޓްމަން އދ. ގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މަސްދަރު: ބީބީސީ

ގޫގުލްޖެމިނައިއެންތްރޮޕިކް

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް މަޑުޖައްސާލަން ޖެހޭ: އެންތްރޮޕިކް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު

12 ސެޕްޓެމްބަރު 2026
އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް މަޑުޖައްސާލަން ޖެހޭ: އެންތްރޮޕިކް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު
11 ސެޕްޓެމްބަރު 2026

އޭއައި ބޭނުންކޮށްގެން ބަޔޮލޮޖިކަލް ހަތިޔާރާގުޅޭ ދިރާސާ ކުރި ކްލޯޑް އެކައުންޓުތަކެއް ބަންދުކޮށްފި

11 ސެޕްޓެމްބަރު 2026
އޭއައި ބޭނުންކޮށްގެން ބަޔޮލޮޖިކަލް ހަތިޔާރާގުޅޭ ދިރާސާ ކުރި ކްލޯޑް އެކައުންޓުތަކެއް ބަންދުކޮށްފި
28 ޖުލައި 2026

އޭއައި، އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައިދާ 'ސިންގިއުލަރިޓީ' އަށް ވަދެފައިވާ ކަމަށް ސޭމް އޯލްޓްމަން އިއުލާނުކުރުން މިއީ ކިހާވެއްގެ ނުރައްކަލެއް؟

28 ޖުލައި 2026
އޭއައި، އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައިދާ 'ސިންގިއުލަރިޓީ' އަށް ވަދެފައިވާ ކަމަށް ސޭމް އޯލްޓްމަން އިއުލާނުކުރުން މިއީ ކިހާވެއްގެ ނުރައްކަލެއް؟
30 ޖޫން 2026

ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

30 ޖޫން 2026
ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
28 ޖޫން 2026

ގޫގުލުން މެޓާއަށް ޖެމިނައި ބޭނުންކުރުމުގެ ހުއްދަ ހަނިކޮށްފި

28 ޖޫން 2026
ގޫގުލުން މެޓާއަށް ޖެމިނައި ބޭނުންކުރުމުގެ ހުއްދަ ހަނިކޮށްފި
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
22 އެޕްރީލު 2024

އިޒްރޭލު ސަރުކާރަށް އަސްކަރީ އެހީދޭ ގޫގްލް މަޝްރޫޢުއާ ދެކޮޅަށް ތެދުވި މުވައްޒަފުން ޖަލަށް... އެ ބުނާ ޑިމޮކްރަސީއަކީ މިއީ؟

22 އެޕްރީލު 2024
އިޒްރޭލު ސަރުކާރަށް އަސްކަރީ އެހީދޭ ގޫގްލް މަޝްރޫޢުއާ ދެކޮޅަށް ތެދުވި މުވައްޒަފުން ޖަލަށް... އެ ބުނާ ޑިމޮކްރަސީއަކީ މިއީ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް