Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހާބަރު ފުޑްކޯޓު

ހާބަރު ފުޑްކޯޓުތައް ހުސްކުރަން އެސްޓީއޯ އިން އެންގުމުން، ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް މޭޔަރަށް ޕެޓިޝަނެއް!

21 ސެޕްޓެމްބަރު 2026 | ހޯމަ 05:18

މާލޭ ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތައް ހުސްކުރަން އެސްޓީއޯ އިން އެންގުމާ ގުޅިގެން، އެ ތަންތަން ހިންގާ ވިޔަފާރިވެރިން މާލޭގެ މޭޔަރާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފި. މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާތީ އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ސެޕްޓެމްބަރު 2026 | ހޯމަ 05:18
ފުޑްކޯޓުތައް ހުސްކުރުމަށް އެސްޓީއޯ އިން އެންގުމާ ގުޅިގެން، އެ ތަންތަން ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ބައްދަލުކުރުން

ފުޑްކޯޓުތައް ހުސްކުރުމަށް އެސްޓީއޯ އިން އެންގުމާ ގުޅިގެން، އެ ތަންތަން ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ބައްދަލުކުރުން | މާލެ ސިޓީ ކައުންސިލް

މާލޭ ހުޅަނގުފަރާތު ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންގުމާ ގުޅިގެން، އެތަންތަން ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ބައްދަލުކޮށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ފުޑްކޯޓުތައް ހިންގަމުންދާ ވިޔަފާރިވެރިން އާޒިމްއާ ބައްދަލުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު މާލެ ސިޓީ ކައުންސިލްގެ އިދާރާގަ އެވެ.

Advertisement - newsAdvertisement

މިކަމުގެ މައުލޫމާތު ހިއްސާކޮށް ސިޓީ ކައުންސިލުން ބުނީ އެސްޓީއޯ އިން މި ފުޑްކޯޓުތައް ހިންގާ ފަރާތްތަކަށް ތަން ހުސްކުރުމަށް 90 ދުވަހުގެ ނޯޓިސްއެއް ދީފައި ވަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. ނަމަވެސް، ކުއްލިއަކަށް ތަން ހުސްކުރަން އެންގުމުގެ ސަބަބުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ވިޔަފާރިތަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ވިޔަފާރިވެރިން ފާހަގަކުރި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. 

އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ، ފުޑްކޯޓުތައް ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކަށް ބޮޑު ގެއްލުމެއް ނުލިބޭނެ ފަދަ އިންސާފުވެރި ހައްލެއް މި މައްސަލައިގައި ހޯދައިދިނުމަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މޭޔަރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ މި ވިޔަފާރިތަކުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ވަރަށް ގާތުން ބަލައި އިހުސާސްކުރާ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ގެއްލުން ކުޑަވާނެ ގޮތަކަށް، މިކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް އާޒިމް ވަނީ ދެއްވާފަ އެވެ.

މާލޭ ސިޓީ ކައުންސިލްހާބަރ ފުޑް ކޯޓު

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް

20 ސެޕްޓެމްބަރު 2026
މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް
19 ސެޕްޓެމްބަރު 2026

ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކަމަށް ބުނެ، ހާބަރު ފުޑް ކޯޓުތައް ހުސްކުރަން އަންގައިފި

19 ސެޕްޓެމްބަރު 2026
ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކަމަށް ބުނެ، ހާބަރު ފުޑް ކޯޓުތައް ހުސްކުރަން އަންގައިފި
17 ސެޕްޓެމްބަރު 2026

ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކަށް ކުރެވޭ ވަރުވެސް ސަރުކާރަށް ނުކޮށްދެވޭ: އާޒިމް

17 ސެޕްޓެމްބަރު 2026
ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކަށް ކުރެވޭ ވަރުވެސް ސަރުކާރަށް ނުކޮށްދެވޭ: އާޒިމް
15 ސެޕްޓެމްބަރު 2026

ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅުގައި އަޅާފައި އޮތް 11 އުޅަނދަކަށް ސިޓީ ކައުންސިލުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި

15 ސެޕްޓެމްބަރު 2026
ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅުގައި އަޅާފައި އޮތް 11 އުޅަނދަކަށް ސިޓީ ކައުންސިލުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި
14 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
08 ސެޕްޓެމްބަރު 2026

ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް

08 ސެޕްޓެމްބަރު 2026
ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް
01 ސެޕްޓެމްބަރު 2026

ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

01 ސެޕްޓެމްބަރު 2026
ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
21 އޯގަސްޓު 2026

ވިލިމާލޭގައި ސަތަރި އަޅައިގެން ނުތާހިރުކޮށް މަސް ހިއްކި މައްސަލައެއް

21 އޯގަސްޓު 2026
ވިލިމާލޭގައި ސަތަރި އަޅައިގެން ނުތާހިރުކޮށް މަސް ހިއްކި މައްސަލައެއް
19 އޯގަސްޓު 2026

ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ކާފަ އާއި މާމަމެންގެ އާދޭސް: މިސަރަހައްދުގައި އޮތް ހަމައެކަނި ހުސް ބިމުގައި ކުޅިވަރު ކުޅޭ ދަނޑެއް ނާޅާ، ހިތްފަސޭހަ ޕާކެއް ހަދައިދީ!

19 އޯގަސްޓު 2026
ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ކާފަ އާއި މާމަމެންގެ އާދޭސް: މިސަރަހައްދުގައި އޮތް ހަމައެކަނި ހުސް ބިމުގައި ކުޅިވަރު ކުޅޭ ދަނޑެއް ނާޅާ، ހިތްފަސޭހަ ޕާކެއް ހަދައިދީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް