Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެސިޓީ ކައުންސިލް

ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކަށް ކުރެވޭ ވަރުވެސް ސަރުކާރަށް ނުކޮށްދެވޭ: އާޒިމް

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:05

ސަރުކާރުން ބޭކާރު ޚަރަދުތައް ކުރަމުންދާއިރު، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ މާލޭގެ މޭޔަރު އާދަމް އާޒިމް ފާޑުވިދާޅުވެއްޖެ. ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން ބިކަވަމުންދާ ކަމަށްވެސް އާޒިމް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:05
މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް | ރާއްޖެ އެމްވީ

މިހާރުގެ ސަރުކާރަށް ބަޖެޓުގެ 95 އިންސައްތަ ލިބޭއިރު، ކައުންސިލުތަކަށް ލިބޭ 5 އިންސައްތައިން ކުރެވޭ ވަރުގެ މަސައްކަތްވެސް ނުކުރެވޭ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މި ސަރުކާރަށް އެއްވެސް ކަމެއް ނުކޮށްދެވޭ ކަމަށާއި، އަދި ނުކޮށްދެވޭއިރު އަބަދުވެސް ކޮންމެވެސް ބައެއްގެ ބޮލުގައި އެ ބަދުނާމު އެޅުވުން ނޫން ކަމެއް ސަރުކާރުން ނުކުރާ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މިއަދު ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ނެތް ކަމަށާއި، ހިނގާ ކުދިކުދި މަޝްރޫއުތަކަކީ ވެސް ކައުންސިލުތަކަށް ލިބޭ 5 އިންސައްތައިގެ ބަޖެޓުން ހިންގާ މަޝްރޫއުތައް ކަމަށެވެ. ވީއިރު ސަރުކާރަށް ބަޖެޓުގެ ބާކީ 95 އިންސައްތަ ލިބި މަސައްކަތެއް ނުކުރެވުމަކީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޔަރު އާޒިމް ފާހަގަކުރެއްވީ މިއަދު މާލޭ ސިޓީން އެކަނި ވެސް ކައުންސިލަށް ލިބޭ ބަޖެޓުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ހަގީގަތުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ކުރާހާވެސް ކަމަކީ ބޭކާރު ޚަރަދު ކުރުން ކަމަށާއި، އަދި އެކަމުގެ ހުރިހާ ގެއްލުމެއް ވަނީ އާންމު ދިވެހި ރައްޔިތުންނާއި ދިވެހި ވިޔަފާރިތަކަށް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާއަކީ ރައްޔިތުން އިތުރަށް ބިކަވެގެން ދިއުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރާހާ ވެސް ކަމަކީ ކުއްލިއަކަށް އައު ސިޔާސަތުތައް އެކުލަވާލައިގެން ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށެވެ.

ސަރުކާރުން ބުނަމުންދަނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށާއި، ރައްޔިތުންގެ ބޭނުންތަކަށް ބަޖެޓް ޚަރަދުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތަކާ ދެކޮޅަށް ވަރަށް ގިނަ ފަރާތްތަކުން ފާޑުކިޔަމުން އަންނައިރު، ރަށްރަށުގައި ހުރި އެތައް މަޝްރޫއެއް މިއަދު ހުއްޓިފައިވާތީ އެ ރަށްރަށުގެ ރައްޔިތުންވެސް ގެންދަނީ ފާޑުކިޔަމުންނެވެ.

މާލޭ ސިޓީ ކައުންސިލްއާދަމް އާޒިމް

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

4

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

5

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅުގައި އަޅާފައި އޮތް 11 އުޅަނދަކަށް ސިޓީ ކައުންސިލުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި

15 ސެޕްޓެމްބަރު 2026
ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅުގައި އަޅާފައި އޮތް 11 އުޅަނދަކަށް ސިޓީ ކައުންސިލުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި
14 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
08 ސެޕްޓެމްބަރު 2026

ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް

08 ސެޕްޓެމްބަރު 2026
ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް
03 ސެޕްޓެމްބަރު 2026

ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް

03 ސެޕްޓެމްބަރު 2026
ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް
01 ސެޕްޓެމްބަރު 2026

ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

01 ސެޕްޓެމްބަރު 2026
ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
21 އޯގަސްޓު 2026

ވިލިމާލޭގައި ސަތަރި އަޅައިގެން ނުތާހިރުކޮށް މަސް ހިއްކި މައްސަލައެއް

21 އޯގަސްޓު 2026
ވިލިމާލޭގައި ސަތަރި އަޅައިގެން ނުތާހިރުކޮށް މަސް ހިއްކި މައްސަލައެއް
19 އޯގަސްޓު 2026

ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ކާފަ އާއި މާމަމެންގެ އާދޭސް: މިސަރަހައްދުގައި އޮތް ހަމައެކަނި ހުސް ބިމުގައި ކުޅިވަރު ކުޅޭ ދަނޑެއް ނާޅާ، ހިތްފަސޭހަ ޕާކެއް ހަދައިދީ!

19 އޯގަސްޓު 2026
ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ކާފަ އާއި މާމަމެންގެ އާދޭސް: މިސަރަހައްދުގައި އޮތް ހަމައެކަނި ހުސް ބިމުގައި ކުޅިވަރު ކުޅޭ ދަނޑެއް ނާޅާ، ހިތްފަސޭހަ ޕާކެއް ހަދައިދީ!
18 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް

18 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް
13 އޯގަސްޓު 2026

މީގެ 20 އަހަރު ކުރީގެ ބިލްތަކަށް 168.8 މިލިއަން ރުފިޔާ ހޯދަން ސެންޓަރ އެންޓަޕްރައިސަސް އިން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ކުރި ދައުވާ ސާބިތެއް ނުވި!

13 އޯގަސްޓު 2026
މީގެ 20 އަހަރު ކުރީގެ ބިލްތަކަށް 168.8 މިލިއަން ރުފިޔާ ހޯދަން ސެންޓަރ އެންޓަޕްރައިސަސް އިން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ކުރި ދައުވާ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް