Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް

20 ސެޕްޓެމްބަރު 2026 | އާދީއްތަ 06:26

މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ކައުންސިލުން ކުރާ ބުރަ މަސައްކަތްތަކަށް ބޮޑު ހޭދައެއް ހިނގާއިރު، ކައުންސިލުން ދުވާލަކު 25 ޓަނުގެ ކުނި ނަގަންޖެހޭކަން މޭޔަރު އާޒިމް ފާހަގަކުރެއްވި. ރައްޔިތުން ކުނި އުފައްދާ މިންވަރު މަދުކޮށް ސާފުތާހިރުކަމަށް އިސްކަންދީފިނަމަ، ސިޓީގެ ތަރައްގީގެ އެހެން ކަންކަމަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 20 ސެޕްޓެމްބަރު 2026 | އާދީއްތަ 06:26
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަގުވާމީ ސާފުކުރުމުގެ ދުވަހާ ގުޅިގެން މާލެސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޚާއްސަ ހަރަކާތުގެ ތެރެއިން

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަގުވާމީ ސާފުކުރުމުގެ ދުވަހާ ގުޅިގެން މާލެސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޚާއްސަ ހަރަކާތުގެ ތެރެއިން | މާލެ ސިޓީ ކައުންސިލް

މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ، 

އާޒިމް މިހެން ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަގުވާމީ ސާފުކުރުމުގެ ދުވަހާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޚާއްސަ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. 

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ، މާލެސިޓީ ކައުންސިލުން އެންމެ ބުރަ އަދި ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރާ އެއް މަސައްކަތަކީ މާލެ ސާފުކުރުމާއި ކުނި ނެގުމުގެ މަސައްކަތް ކަމަށެވެ. 

އާޒިމް ވިދާޅުވީ ވެމްކޯއިން 800 ޓަނުގެ ކުނި ނަގާއިރު، ކައުންސިލުން ދުވާލެއްގެ މައްޗަށް 25 ޓަނުގެ ކުނި ނަގާ ކަމަށެވެ. އަދި  މާލޭސިޓީ ކައުންސިލުން އުކާލަން ގެންދާ ކުންޏަށް ވެމްކޯއިން 10 އިންސައްތަ އިތުރަށް ފައިސާ ނަގާ ކަމަށެވެ. އެގޮތުން އާންމުން ކުނި އުކާލަން ގެންދާއިރު ވެމްކޯއިން 1،000 ރުފިޔާ ނަގާކަމުގައި ވަންޏާ، ކައުންސިލުގެ އަތުން 10،000 ރުފިޔާ ނަގާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. 

މާލެތެރެއަށް ކުނި އަޅަނީ މާލޭގައި ދިރިއުޅޭ ރައްޔިތުން. އެއީ ވަކި ބަޔަކު އައިސްފައި ކުރާ ކަމެއް ނޫން. އެހެންވީމަ ބޭރު މީހުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނާ އެންމެން ކުނި އުފައްދަނީ. އެހެންވީމަ އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެގެން މަސައްކަތް ފަށައިފި ކަމަށްވަންޏާ ހަމަގައިމު ވެސް މާލޭސިޓީގައި މަހަކު 3 މިލިއަން، 4 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. މާލޭގެ ރައްޔިތުންނަށް އެހެނިހެން ކަންތައްތައް ކޮށްދޭން ވެސް. މިއީ އަހަރަކަށް ބަލާފިއްޔާ 40 މިލިއަން ރުފިޔާ އެބަ ސަލާމަތް ކުރެވޭ. ފަރުވާ ތެރިކަމާއެކު ސާފުތާހިރުކޮށް އުޅެން ފަށާފިއްޔާ ވެސް
އާދަމް އާޒިމް

މީގެ އިތުރުން އާޒިމް ވިދާޅުވީ، މާލެ ސިޓީއަކީ ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކީ ވެސް ނުހަނު މުހިންމު ކަމެއް ކަމަށާއި، މި ސިޓީ ސާފުކޮށް ބޭއްވުމުގެ ޒިންމާ އެންމެން ނަގަން ޖެހޭ ކަމަށެވެ. އަދި ސާފުތާހިރުކަން ފެށިގެން އަންނަނީ ދުވަހުން ދުވަހަށް އަށަގަންނުވާ އާދަކާދަތަކުގެ ތެރެއިން ކަމަށާއި ކުނި އަޅާ މީހުންނަށް ކުނި ނަގަން ހަނދާން ކޮށްދޭން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ. 

މީގެއިތުރުން، ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި ޒިންމާދާރުކަމާއެކު ކުނި އުކާލުމުގެ މުހިންމުކަން އާޒިމް ފާހަގަކުރެއްވި އެވެ. 

މާލޭ ސިޓީ ކައުންސިލްއާދަމް އާޒިމްވެމްކޯ

އެންމެ ހިނގާ

1

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

ޑަޔާނާގެ މަތިން "މާ ގިނަ ދުވަސްތަކެއް ނުވެ ހަނދާން ނެތިދާނެ" ކަމަށް، އެކަމާނާ އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަސްގެފާނު ޗާލްސް ވިދާޅުވި: ޑަޔާނާގެ ކޮއްކޯފުޅު

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކަށް ކުރެވޭ ވަރުވެސް ސަރުކާރަށް ނުކޮށްދެވޭ: އާޒިމް

17 ސެޕްޓެމްބަރު 2026
ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކަށް ކުރެވޭ ވަރުވެސް ސަރުކާރަށް ނުކޮށްދެވޭ: އާޒިމް
15 ސެޕްޓެމްބަރު 2026

ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅުގައި އަޅާފައި އޮތް 11 އުޅަނދަކަށް ސިޓީ ކައުންސިލުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި

15 ސެޕްޓެމްބަރު 2026
ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅުގައި އަޅާފައި އޮތް 11 އުޅަނދަކަށް ސިޓީ ކައުންސިލުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި
14 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
08 ސެޕްޓެމްބަރު 2026

ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް

08 ސެޕްޓެމްބަރު 2026
ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް
07 ސެޕްޓެމްބަރު 2026

ހުޅުދެލި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެމްކޯއާ ހަވާލުކުރިތާ ދޮޅު އަހަރު، މިއަދާ ހަމައަށް އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ!

07 ސެޕްޓެމްބަރު 2026
ހުޅުދެލި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެމްކޯއާ ހަވާލުކުރިތާ ދޮޅު އަހަރު، މިއަދާ ހަމައަށް އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ!
07 ސެޕްޓެމްބަރު 2026

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މި މަހުގެ މުސާރަ އަދިވެސް ނުލިބޭ!

07 ސެޕްޓެމްބަރު 2026
ވެމްކޯގެ ބައެއް މުވައްޒަފުންނަށް މި މަހުގެ މުސާރަ އަދިވެސް ނުލިބޭ!
04 ސެޕްޓެމްބަރު 2026

ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!

04 ސެޕްޓެމްބަރު 2026
ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!
03 ސެޕްޓެމްބަރު 2026

ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް

03 ސެޕްޓެމްބަރު 2026
ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް
01 ސެޕްޓެމްބަރު 2026

ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

01 ސެޕްޓެމްބަރު 2026
ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް