Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ މައްސަލަ

ހޯމް މިނިސްޓަރު: ބިދޭސީން ކަންމަތީ ފިހާރަ ހިންގަނީ ޑޮލަރުގެ ކަޅުބާޒާރު ހިންގަން

14 ސެޕްޓެމްބަރު 2026 | ހޯމަ 13:42

ގަވާއިދާ ހިލާފަށް ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ 12 ބިދޭސީއެއްގެ މައްސަލަ ބަލަމުންދާއިރު، މީގެ ތެރެއިން 9 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި. މިފަދަ ކުށްތަކުގައި ބައިވެރިވާ ދިވެހިންނަށް ހޯމް މިނިސްޓަރު އިންޒާރު ދެއްވާފައިވާއިރު، ބޭރު ފައިސާގެ ގަވާއިދަށް ގެނައި އިސްލާހުތަކާއެކު ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތައް ބޮޑު އަދަދުން ޖޫރިމަނާ ކުރެވޭނެ

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 14 ސެޕްޓެމްބަރު 2026 | ހޯމަ 13:42
ހޯމް މިނިސަޓަރު އަލީ އިހުސާނު ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަނީ

ހޯމް މިނިސަޓަރު އަލީ އިހުސާނު ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ބިދޭސީ މަސައްކަތްތެރިން ކަންމަތީ ފިހާރަތައް ހިންގަމުންދަނީ ގަވާއިދާ ހިލާފަށް ކަޅުބާޒާރުގައި ޑޮލަރު ވިއްކަން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް ޑޮލަރު ވިއްކުން ހުއްޓުވުމަށް ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން، ހޯމަ ދުވަހުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ކަޅުބާޒާރުގައި ބޮޑު ފެންވަރެއްގައި ޑޮލަރު ގަނެ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ 12 ބިދޭސީ މަސައްކަތްތެރިއެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެގޮތުން ހޮޓްލައިން މެދުވެރިކޮށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ތަހުގީގު ކުރިއަށްދާ ކަމަށާއި، ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން 9 ބިދޭސީއަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ބައެއް ބިދޭސީ މަސައްކަތްތެރިން، ދިވެހިންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ބޭންކް އެކައުންޓްތަކަށް މުސާރަ ޖަމާކުރުމަށްފަހު، ކޮންމެ ދުވަހަކު ވެސް ޑޮލަރަށް ބަދަލު ކުރަމުންދާ ކަމަށެވެ. އަދި ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ޑޮލަރު ފޮނުވަން އުޅެނިކޮށް ބޯޑަރުން ހިފަހައްޓާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީ ފަރާތްތައް ކޯނަރ ފިހާރަތައް ހުޅުވައި، ޑޮލަރު ވިއްކާ ތަންތަނެއްގެ ގޮތުގައި ހިންގަމުންދާތަން ފެނިފައިވޭ. ދިވެހިންގެ ނަމުގައި ހުޅުވާފައިވާ ވިޔަފާރި އެކައުންޓްތަކަށް ސެލަރީ ޖަމާކުރުމަށްފަހު، ކޮންމެ ދުވަހަކު ވެސް ޑޮލަރަށް ބަދަލުކޮށް، ބޯޑަރުން ފިލުވައިގެން ގެންދަން އުޅެނިކޮށް ހިފަހައްޓާފައި ވެސް ވޭ
އަލީ އިހުސާން

މިނިސްޓަރު އިތުރަށް ވިދާޅުވީ، ތަފާތު ވިޔަފާރިތަކަކާއި ބިދޭސީ ފަރާތްތަކެއް، ޓީޓީ ހިދުމަތް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ޑޮލަރު ފޮނުވި ކަމަށް ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި ދިވެހީން ވެސް މިފަދަ ކުށްތަކުގައި ބައިވެރިވުމާ ދެކޮޅަށް، މިނިސްޓަރު ވަރުގަދަ އިންޒާރެއް ދެއްވި އެވެ. އެގޮތުން ހައްޔަރު ކުރެވިފައިވާ ބިދޭސީ ފަރާތްތައް ގޭގައި ކައްކާ ނުވަތަ ޑްރައިވަރެއްގެ ގޮތުގައި ވަޒީފާ ދީފައިވާ ކަމަށް ބުނެ ދައުވާކޮށްގެން ދޫކުރުވަން ބައެއް ދިވެހީން މަސައްކަތް ކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ބޭރު ފައިސާގެ ގާނޫނަށް ފަހުން ގެނެވުނު އިސްލާހުތަކުގެ ދަށުން، އެމްއެމްއޭ އިން ރަސްމީކޮށް ކަނޑައަޅާ ރޭޓަށް ވުރެ މަތިން ބޭރު ފައިސާ ގަނެ ވިއްކުން އިސްތިހާރު ކުރުމާއި ކުރިއެރުވުން ވަނީ މަނާކޮށްފަ އެވެ.  އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ނުވަތަ އެހެން ވެސް ވަސީލަތެއް ބޭނުންކޮށްގެން ކަޅު ބާޒާރުގެ އަގު ހާމަކުރުމާއި ފަތުރައި ނުވަތަ ޝާއިއުކުރުމަކީ ވެސް ކުށެއް ކަމަށްވާ އިރު، ފަރުދެއްނަމަ 500،000 ރުފިޔާއާ ހަމައަށް އަދި ގާނޫނީ ފަރާތްތަކާއި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް 5 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، ޑޮލަރު ލިބޭ ފަތުރުވެރިކަމާ ނުގުޅޭ ވިޔަފާރިތަކަށް ބޭރު ފައިސާ މާރުކުރަން ލާޒިމު ލކުރެވޭ އަހަރީ ތަންފީޒީ އަދަދު، 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. މިފަދަ ވިޔަފާރިތަކުން ކޮންމެ މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ލާޒިމުވާ ނަމަވެސް، 100 އިންސައްތަ ދިވެހި ހިއްސާދާރުންގެ ތެރެއިން ހިންގާ ވިޔަފާރިއެއް ނަމަ، މާރުކުރަން ޖެހޭ ނިސްބަތް 7 އިންސައްތައަށް ވަނީ ކުޑަކޮށްފަ އެވެ.

ކެޓަގަރީ އޭގެ ތަންތަން ކަމަށްވާ ރިސޯޓްތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓްތަކާއި ޕްރައިވެޓް އައިލެންޑްތަކުން، ކޮންމެ މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ލާޒިމުވާއިރު، ކެޓަގަރީ ބީގެ ތަންތަން ކަމަށްވާ ގެސްޓްހައުސްތަކާއި ހޮޓެލްތަކާއި ލިވްއަބޯޑްތަކުން ކޮންމެ މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ ނުވަތަ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަން ލާޒިމުވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި، މި އިސްލާހުތައް ގެނެވުނީ ރާއްޖޭގައި ހިނގާ ވިޔަފާރިތަކުން ލިބޭ ޑޮލަރު ރާއްޖޭގެ ދާހިލީ އިގުތިސާދުގެ ތެރޭގައި ދެމެހެއްޓުމުގެ ބޭނުމުގަ އެވެ.

އަލީ އިޙްސާންހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީކަޅު ބާޒާރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

ހައުސިންގ މިނިސްޓްރީ އަންދާލިކަމަށް ރައީސް ޔާމީން ވިދާޅުވުމުން މައްސަލަ ގޯސްވެއްޖެ

07 ސެޕްޓެމްބަރު 2026
ހައުސިންގ މިނިސްޓްރީ އަންދާލިކަމަށް ރައީސް ޔާމީން ވިދާޅުވުމުން މައްސަލަ ގޯސްވެއްޖެ
31 އޯގަސްޓު 2026

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހައްޔަރަށް: 3 އަހަރުތެރޭ 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރުކޮށްފައިވޭ!

31 އޯގަސްޓު 2026
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހައްޔަރަށް: 3 އަހަރުތެރޭ 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރުކޮށްފައިވޭ!
31 އޯގަސްޓު 2026

މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު

31 އޯގަސްޓު 2026
މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު
26 އޯގަސްޓު 2026

އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!

26 އޯގަސްޓު 2026
އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!
24 އޯގަސްޓު 2026

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

24 އޯގަސްޓު 2026
ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ
20 އޯގަސްޓު 2026

ކަޅު ބާޒާރުގައި ބުރާސްފަތި ދުވަހު ވެސް ޑޮލަރުގެ އަގު ހުރީ 22.85 ގައި!

20 އޯގަސްޓު 2026
ކަޅު ބާޒާރުގައި ބުރާސްފަތި ދުވަހު ވެސް ޑޮލަރުގެ އަގު ހުރީ 22.85 ގައި!
19 އޯގަސްޓު 2026

ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން

19 އޯގަސްޓު 2026
ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން
19 އޯގަސްޓު 2026

ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރުފިޔާއަށް ވުރެ މައްޗަށް!

19 އޯގަސްޓު 2026
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރުފިޔާއަށް ވުރެ މައްޗަށް!
15 އޯގަސްޓު 2026

ރިސޯޓުތަކަށް މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ އުސޫލާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް ގޯސްވާނެ: އަމީރު

15 އޯގަސްޓު 2026
ރިސޯޓުތަކަށް މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ އުސޫލާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް ގޯސްވާނެ: އަމީރު
13 އޯގަސްޓު 2026

ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުން ފައިރޫޝް އިސްތިއުފާ ދެއްވައިފި

13 އޯގަސްޓު 2026
ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުން ފައިރޫޝް އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް