Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުދީ-ރާއްޖެ

މައްކާއަށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

16 ސެޕްޓެމްބަރު 2026 | ބުދަ 16:41

މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާއަކީ މުޅި އިސްލާމީ އުންމަތުގެ ކަރާމާތަށް ދިން ފުރައްސާރައެއްގެ ގޮތުގައި ސިފަކުރައްވައި، އެ އަމަލު ރައީސް ޑރ. މުއިއްޒު ކުށްވެރިކުރައްވައިފި. މި ނާޒުކު ދަނޑިވަޅުގައި ރާއްޖެ އޮތީ ސައުދީ އަރަބިއްޔާއާ އެކުކަން ހާމަކުރައްވައި، ސައުދީގެ ދިފާއީ ބާރުތަކުން ދެއްކެވި ހުށިޔާރުކަމަށް ރައީސް ވަނީ ތައުރީފުކުރައްވާފައި. އަދި ސަރަހައްދީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 16 ސެޕްޓެމްބަރު 2026 | ބުދަ 16:41
ރައީސް މުއިއްޒު ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވަނީ- ޖޫން 2025

ރައީސް މުއިއްޒު ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވަނީ- ޖޫން 2025 | ރައީސް އޮފީސް

މައްކާ އަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ނުރައްކާތެރި ޑްރޯން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.

ރައީސް މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، އިސްލާމްދީނުގެ އެންމެ މާތްވެގެންވާ މުގައްދަސް ބިމުގެ ހުރުމަތް ކެނޑުމަށާއި އަމަންއަމާންކަން ނަގާލުމަށް ހިންގާ މިފަދަ ފިނޑި އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ މުޅި އިސްލާމީ އުންމަތުގެ ކަރާމާތަށް ކުރިމަތިކުރެވޭ ވަރަށް ބޮޑު ގޮންޖެހުމަކާއި ފުރައްސާރައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި ނާޒުކު ދަނޑިވަޅުގައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނާ އެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައިކަން ރައީސް މުއިއްޒު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މީގެއިތުރުން، މާތްވެގެންވާ ހަރަމްފުޅާއި، އެ ސިޓީގެ ރައްޔިތުންގެ އިތުރުން އަޅުކަމަށް ގޮސްއުޅޭ ހައްޖުވެރިންނާއި އުމްރާވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރޯޔަލް ސައުދީ އެއަރ ޑިފެންސް ފޯސަސްއިން ދެއްކެވި ހުށިޔާރުކަމަށާއި އެޅުއްވި ހަލުވި އަދި ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ ތައުރީފުކުރައްވާފަ އެވެ.

ރައީސް މުއިއްޒުގެ މެސެޖު ނިންމަވާލައްވަމުން، މިފަދަ ޣައިރު ޤާނޫނީ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވަނީ ގޮވާލައްވާފަ އެވެ. އަދި ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވިޔަނުދީ، ކަމާގުޅުންހުރި އެންމެހައި ފަރާތްތަކުން ސުލްހަވެރިކަމާއި މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް ވެސް ރައީސް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.

ދިވެހިރާއްޖެ-ސައުދީ އަރަބިއްޔާޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

15 ސެޕްޓެމްބަރު 2026
ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް
14 ސެޕްޓެމްބަރު 2026

ޚަރަދު ކުޑަކުރަން ކަމަށް ބުނެ ކުންފުނިތަކެއް އުވާލުމަށްފަހު، އަނެއްކާ އެ އުފެއްދެވީ އައު ކުންފުންޏެއް!

14 ސެޕްޓެމްބަރު 2026
ޚަރަދު ކުޑަކުރަން ކަމަށް ބުނެ ކުންފުނިތަކެއް އުވާލުމަށްފަހު، އަނެއްކާ އެ އުފެއްދެވީ އައު ކުންފުންޏެއް!
13 ސެޕްޓެމްބަރު 2026

"އެ ވެރިން އެ ވެރިންނަށް" ހީނ ހީނ ހަލާކު!

13 ސެޕްޓެމްބަރު 2026
"އެ ވެރިން އެ ވެރިންނަށް" ހީނ ހީނ ހަލާކު!
12 ސެޕްޓެމްބަރު 2026

ފުޅަދޫގައި ޕޮލިސް ސްޓޭޝަން އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް: މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް ތަން އޮތީ ޖަންގައްޔެއްހެން!

12 ސެޕްޓެމްބަރު 2026
ފުޅަދޫގައި ޕޮލިސް ސްޓޭޝަން އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް: މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް ތަން އޮތީ ޖަންގައްޔެއްހެން!
11 ސެޕްޓެމްބަރު 2026

އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"

11 ސެޕްޓެމްބަރު 2026
އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"
10 ސެޕްޓެމްބަރު 2026

ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟

10 ސެޕްޓެމްބަރު 2026
ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟
10 ސެޕްޓެމްބަރު 2026

ގަނެގެން ހޯދި ވަޒީރުންތަކާހުރެ ވެރިކަން ހޯދައިދިން މީހުން ފެޔަށް

10 ސެޕްޓެމްބަރު 2026
ގަނެގެން ހޯދި ވަޒީރުންތަކާހުރެ ވެރިކަން ހޯދައިދިން މީހުން ފެޔަށް
09 ސެޕްޓެމްބަރު 2026

ނުކުރާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ފާޅުގައި ކޮށްފި، ވެރިކަމަށް ތިން އަހަރުވީއިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދެވޭ: އީސަ

09 ސެޕްޓެމްބަރު 2026
ނުކުރާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ފާޅުގައި ކޮށްފި، ވެރިކަމަށް ތިން އަހަރުވީއިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދެވޭ: އީސަ
08 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

08 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!
08 ސެޕްޓެމްބަރު 2026

އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން

08 ސެޕްޓެމްބަރު 2026
އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް