Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ޚަރަދު ކުޑަކުރަން ކަމަށް ބުނެ ކުންފުނިތަކެއް އުވާލުމަށްފަހު، އަނެއްކާ އެ އުފެއްދެވީ އައު ކުންފުންޏެއް!

14 ސެޕްޓެމްބަރު 2026 | ހޯމަ 10:21

ޚަރަދު ކުޑަކުރުމުގެ ނަމުގައި ކުންފުނިތަކެއް އުވާލާ ވާހަކަ އިއުލާނު ކުރުމަށް ފަހު، ޖެހިގެން އެ އިއުލާނު ކުރެއްވީ އަނެއް ކުންފުނި އުފެއްދި ވާހަކަ. މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، މިސްކިތްތައް މަރާމާތު ކުރުމުގެ ކަންކަން ބަލަހައްޓަން ރައީސް މުއިއްޒު ވަނީ އައު ކުންފުންޏެއް އުފެއްދަވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2026 | ހޯމަ 10:21
ޖާމިޢުއްސުލްޠާން މުހައްމަދު ބިން ޢަބްދުﷲ" މިސްކިތް އަދި އިސްލާމީ ޙަޟާރަތާބެހޭ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުން

ޖާމިޢުއްސުލްޠާން މުހައްމަދު ބިން ޢަބްދުﷲ" މިސްކިތް އަދި އިސްލާމީ ޙަޟާރަތާބެހޭ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުން | ރައީސް އޮފީސް

ފެނަކަ ކޯޕަރޭޝަން އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލަން ސަރުކާރުން ނިންމީ ޚަރަދު ކުޑަކުރުމުގެ މަޤުސަދުގަ އެވެ. ފެނަކައިގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް، އަދި އާރުޑީސީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކުރަން ނިންމީ، ވަރަށް ގިނަ މަޝްވަރާތައް ކުރުމަށް ފަހު އެވެ. ކުންފުނިތައް ހިންގުމަށް ކުރަމުން އަންނަ ޚަރަދުތައް މަދު ކުރުމާއި ކުންފުނިތަކުގައި ތިބޭ މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ސަރުކާރުގެ މަގުސަދު ކަމަށް އިއުލާނުކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރަނގަޅެވެ. ކުންފުނިތައް އުވާލައިގެން ޚަރަދު ކުޑަކުރާ ނަމަ، އެކަން ކިތަންމެހާ ވެސް ރަނގަޅެވެ. ކުންފުނިތަކުގައި މުވައްޒަފުން ތިބޭ އަދަދު މަދުވެ، އެކަށީގެންވާ މިންވަރަކަށް މުވައްޒަފުން ލައިގެން ކުންފުނިތައް ހިންގަން އުޅޭ ނަމަ، އެކަން ވެސް ރަނގަޅެވެ. ކޮންމެ ކަމެއްގައި ވެސް ބޭނުންވަނީ އިޚުލާސްތެރި ހެޔޮ ނިޔަތާއި ރަނގަޅު ގޮތެވެ. ސުވާލަކީ، ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން އެކަން ހާސިލުވާނެ ހެއްޔެވެ؟ 

ޚަރަދު ކުޑަކުރުމުގެ ނަމުގައި ކުންފުނިތަކެއް އުވާލާ ވާހަކަ އިއުލާނުކުރުމަށް ފަހު، ޖެހިގެން އެ އިއުލާނުކުރެއްވީ އަނެއް ކުންފުނި އުފެއްދި ވާހަކަ އެވެ. މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، މިސްކިތްތައް މަރާމާތު ކުރުމުގެ ކަންކަން ބަލަހައްޓަން ރައީސް މުއިއްޒު ކުންފުންޏެއް އުފެއްދެވީ އެވެ. މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ހުރި މިސްކިތްތަކަކީ މިވީހާ ޒަމާނެއްގައި އެ ރަށެއްގެ ކައުންސިލުން ބަލަހައްޓަމުން އަންނަ މިސްކިތްތަކެކެވެ. 

ނަމަވެސް، މިސްކިތްތައް ބެލެހެއްޓުމަށް ބޭނުންވާ ބަޖެޓު ހޯދުމާއި މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކުންފުންޏެއް އުފެއްދުމާ އެކު، އަނެއްކާ ވެސް ބޮޑު ވާނީ ޚަރަދު ނޫން ހެއްޔެވެ؟ އެ ކުންފުންޏަށް ވެރިންތަކެއް ހަމަޖައްސައި، ވާޒިފާތަކަށް މުވައްޒަފުންތަކެއް ނެގުމަކީ، ދައުލަތުން އިތުރަށް ކުރަން ޖެހޭ ޚަރަދެއް ނޫން ހެއްޔެވެ؟ އަނެއްކާ ވެސް އިތުރު ބަޔަކަށް ވަޒީފާތައް ދިނުމާއި ސަރުކާރު ޕާޓީގެ މެންބަރުންނަށް ވަޒީފާ ދިނުމަށް ބޭނުން ކުރާނީ މި ކުންފުނި ނޫން ހެއްޔެވެ؟ 

އެއްކޮޅުން ޚަރަދު ކުޑަކުރާ ވާހަކަ ދައްކަމުން، ކުންފުނިތައް އުވާލަަމުން، އަނެއްކޮޅުން އައު ނަން ނަމުގައި އެކިއެކި ކުންފުނިތައް އުފެއްދުން އެއީ ޚަރަދު ކުޑަ ކުރުން ހެއްޔެވެ؟ ރައްޔިތުން ގާތު ބުނާ ވާާހަކަ އާއިި، ރައްޔިތުންނަށް ދައްކަމުން އަންނަ މަންޒަރާ އަމަލު ދިމަލެއް ނުވެ އެވެ. ޚަރަދު ކުޑަ ކުރުމުގެ އިޚުލްސްތެރި އެއްވެސް ނިޔަތެއް ނެތެއް ނޫން ހެއްޔެވެ؟ މިއަދު މިސްކިތްތައް ބަލަހައްޓަން ކުންފުންޏެކެވެ. މާދަމާ ކޮން ކަމަކަށް، ކޮން ކުންފުންޏެއް ހެއްޔެވެ؟

އަނެއްކޮޅުން ކައުންސިލްތަކުން ކުރަމުން އައި ކަމެއް ސަރުކާރުގެ ކުންފުންޏެއްގެ ދަށަށް ބަދަލު ކުރުމަކީ، ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކަން ކުރުން ހެއްޔެވެ؟ މިވަރުން ދަންޏާ ވިހައި މަރުވާ ބަލަހައްޓަން ވެސް ކުންފުންޏެއް ހަދަންވީ ހެއްޔެވެ؟ ނަން ފާސް ކުރުމަށް ވެސް ކުންފުންޏެއް ހެއްޔެވެ؟ ނޫނީ ސިޓީ ކައުންސިލް އާއި ކައުންސިލްތަކުން ކުރަމުން އަންނަ އެހެން ކަމެއް ކުރުމަށް، ސަރުކާރުން ކުންފުންޏެއް ހަދަންވީ ހެއްޔެވެ؟

މަގޭ ރިޕޯޓްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

"އެ ވެރިން އެ ވެރިންނަށް" ހީނ ހީނ ހަލާކު!

13 ސެޕްޓެމްބަރު 2026
"އެ ވެރިން އެ ވެރިންނަށް" ހީނ ހީނ ހަލާކު!
12 ސެޕްޓެމްބަރު 2026

ފުޅަދޫގައި ޕޮލިސް ސްޓޭޝަން އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް: މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް ތަން އޮތީ ޖަންގައްޔެއްހެން!

12 ސެޕްޓެމްބަރު 2026
ފުޅަދޫގައި ޕޮލިސް ސްޓޭޝަން އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް: މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް ތަން އޮތީ ޖަންގައްޔެއްހެން!
11 ސެޕްޓެމްބަރު 2026

އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"

11 ސެޕްޓެމްބަރު 2026
އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"
10 ސެޕްޓެމްބަރު 2026

ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟

10 ސެޕްޓެމްބަރު 2026
ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟
10 ސެޕްޓެމްބަރު 2026

ގަނެގެން ހޯދި ވަޒީރުންތަކާހުރެ ވެރިކަން ހޯދައިދިން މީހުން ފެޔަށް

10 ސެޕްޓެމްބަރު 2026
ގަނެގެން ހޯދި ވަޒީރުންތަކާހުރެ ވެރިކަން ހޯދައިދިން މީހުން ފެޔަށް
09 ސެޕްޓެމްބަރު 2026

ނުކުރާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ފާޅުގައި ކޮށްފި، ވެރިކަމަށް ތިން އަހަރުވީއިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދެވޭ: އީސަ

09 ސެޕްޓެމްބަރު 2026
ނުކުރާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ފާޅުގައި ކޮށްފި، ވެރިކަމަށް ތިން އަހަރުވީއިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދެވޭ: އީސަ
08 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

08 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!
08 ސެޕްޓެމްބަރު 2026

އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން

08 ސެޕްޓެމްބަރު 2026
އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން
05 ސެޕްޓެމްބަރު 2026

ކުރަންވީ ކަމަކީ ރައްޔިތުންނަށް އިިޚުލާސްތެރިވުން!

05 ސެޕްޓެމްބަރު 2026
ކުރަންވީ ކަމަކީ ރައްޔިތުންނަށް އިިޚުލާސްތެރިވުން!
01 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުއަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން، ވެރިކަން ދިގު ދެންމޭނަމަ އެކަން ކުރައްވަން ވެސް ބޭނުންފުޅު ވާނެ: ރާއީ

01 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުއަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން، ވެރިކަން ދިގު ދެންމޭނަމަ އެކަން ކުރައްވަން ވެސް ބޭނުންފުޅު ވާނެ: ރާއީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް