Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލް

އެމްޕީއެލްގައި މަސައްކަތް ކުރާ މުވައްޒަފުން ބައްދަލުވުމަކަށް ގެންގޮސް، ޕީއެންސީއަށް ސޮއިކުރަން އަންގައިފި

14 ސެޕްޓެމްބަރު 2026 | ހޯމަ 13:25

އެމްޕީއެލްގެ ކާގޯ ސެކްޝަނުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން ބައްދަލުވުމަކަށް ގެންގޮސް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ސޮއިކުރުވަން އުޅޭކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މިކަމާ ގުޅިގެން އެ ކުންފުނީގެ ބަހެއް ލިބިފައިނުވާއިރު، ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައިގެން ޕާޓީއަށް މެންބަރުން އިތުރުކުރަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 14 ސެޕްޓެމްބަރު 2026 | ހޯމަ 13:25

އެމްޕީއެލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭއްވި ބައްދަލުވުމެއްގައި ޕީއެންސީއަށް ސޮއިކުރަން އަންގައިފި | ރާއްޖެ އެމްވީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބައްދަލުވުމަކަށް ކިޔައި، އެ ބައްދަލުވުމުގައި ޕީއެންސީއަށް ސޮއިކުރަން އަންގައިފި އެވެ. 

ރާއްޖެއެމްވީއަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތިގައި ސެޕްޓެމްބަރު މަހު 13 ވަނަ ދުވަހު އެމްޕީއެލްއިން ވަނީ އެކުންފުނީގެ ކާގޯގައި މަސައްކަތް ކުރާ ހުރިހާ ދިވެހި މުވައްޒަފުންނަށް "ބަނދަރު މާލަން" ކިޔާ ތަނަކަށް ބައްދަލުވުމަކަށް ކިޔާފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން މި ބައްދަލުވުމަށް މުވައްޒަފުން ގެންގޮސް، އަންގާފައި ވަނީ ޕީއެންސީއަށް ސޮއިކުރުމަށް ކަމަށާއި، އެތަނުގެ ވެރިން ގޮސް ތިބީ ފޯމްތައް ވެސް ހިފައިގެން ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެ އެވެ. 

މިކަމާއި ގުޅޭގޮތުން އެމްޕީއެލްގެ ބަހެއް ހޯދަން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ތެރެއިން ގުޅައި، އެމްޕީއެލްގެ ބަނދަރު މާލަމުގައި ބަދަލުވުމެއް ބާއްވާ އެތަނުގެ ސްޓާފުންނަށް ޕީއެންސީއަށް ވަންނަން އަންގާފައިވާނެތޯ ސުވާލުކުރުމުން ވަނީ މަޑުކުރުމަށް ބުނެ ފޯން ހޯލްޑްއަށް ލާފަ އެވެ. އަދި ވަގުތުތަކަށް ފަހު ޖަވާބުދެމުން އެމްޕީއެލްގެ އިންފޮމޭޝަން އޮފިސަރު ފޯން ނުނަގާ ކަމަށް ބުނެ ފަހުން ގުޅުމަށް އެދިފައިވެ އެވެ. އަދި އެމްޕީއެލްގައި ބަނދަރު މާލަން ކިޔާ ތަނެއް ހުރޭތޯ ސުވާލުކުރުމުން ވަނީ އެ މައުލޫމާތު ވެސް ދެވޭނީ އިންފޮމޭޝަން އޮފިސަރަށް ކަމަށް ބުނެފަ އެވެ. 

އަޅުގަނޑުމެންގެ އިންފޮމޭޝަން އޮފިސަރަށް ތިޔަށް ޖަވާބުދާރީ ވާން އެނގޭނީ. ފަހުން ގުޅާލަދޭން ވީނުންތޯ. މިވަގުތު އަދި ފޯނަށް ޖަވާބުދާރީ ނުދެއްވާ (އިންފޮމޭޝަން އޮފިސަރ).
އެމްޕީއެލް

މީގެ އިތުރުން، ސަރުކާރު އިތުރު ކުންފުނިތަކުން މުވައްޒަފުންނަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ވަންނަން މަޖުބޫރުކުރަމުން ދާކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެގޮތުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯއަށް ގުޅުމުން މުވައްޒަފުންނަށް ޕީއެންސީއަށް ވަންނަން މަޖުބޫރުކުރަމުންދާކަން ފަޅާއެރި އެވެ.

ޕީއެންސީ މެންބަރުންގެ އަދަދު 80،000 އާ ގާތްކޮށްފައިވާއިރު، އެ ޕާޓީއަށް މެންބަރުން ވައްދަމުން ދަނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.  

ވަޒީފާ ބިރު ދެއްކުންމޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް

06 ސެޕްޓެމްބަރު 2026
ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުމަކީ އިންޑިއާގެ ކަންބޮޑުވުން އޮންނާނެ ކަމެއް: ރިޕޯޓް
24 އޯގަސްޓު 2026

އެމްޕީއެލްގައި މަސައްކަތު މީހުންގެ ގޮތުގައި ތިބި އަންހެނުން ތިލަފުއްޓަށް ކައްކަން ގެންދާކަމަށް އެމްޕީއެލްއިން އެއްބަސްވެއްޖެ

24 އޯގަސްޓު 2026
އެމްޕީއެލްގައި މަސައްކަތު މީހުންގެ ގޮތުގައި ތިބި އަންހެނުން ތިލަފުއްޓަށް ކައްކަން ގެންދާކަމަށް އެމްޕީއެލްއިން އެއްބަސްވެއްޖެ
23 އޯގަސްޓު 2026

އެމްޕީއެލްގެ ފޮޅާ ސާފުކުރާ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ބިރު ދައްކައިގެން ތިލަފުއްޓަށް ކައްކަން ގެންދާ މައްސަލައެއް ފެންމަތިވެއްޖެ

23 އޯގަސްޓު 2026
އެމްޕީއެލްގެ ފޮޅާ ސާފުކުރާ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ބިރު ދައްކައިގެން ތިލަފުއްޓަށް ކައްކަން ގެންދާ މައްސަލައެއް ފެންމަތިވެއްޖެ
09 އޯގަސްޓު 2026

ކޮންޓެއިނަރުތައް ހުޅުވާއިރު ހުންނަންޖެހޭ އެމްއެފްޑީއޭގެ މުވައްޒަފުން އެތަނަށް ނުދާ މައްސަލައެއް، ހެލްތު މިނިސްޓްރީގެ ބަހެއް ނުލިބުނު!

09 އޯގަސްޓު 2026
ކޮންޓެއިނަރުތައް ހުޅުވާއިރު ހުންނަންޖެހޭ އެމްއެފްޑީއޭގެ މުވައްޒަފުން އެތަނަށް ނުދާ މައްސަލައެއް، ހެލްތު މިނިސްޓްރީގެ ބަހެއް ނުލިބުނު!
29 ޖުލައި 2026

އެމްޕީއެލްގެ ހިންގުން ދަނީ ހުއްޓެމުން، ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތް: އެމްޑީޕީ

29 ޖުލައި 2026
އެމްޕީއެލްގެ ހިންގުން ދަނީ ހުއްޓެމުން، ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތް: އެމްޑީޕީ
20 ޖުލައި 2026

ވިޔަފާރި ބަނދަރުގެ ކީ-ވޯލްގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

20 ޖުލައި 2026
ވިޔަފާރި ބަނދަރުގެ ކީ-ވޯލްގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
07 ޖުލައި 2026

ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ

07 ޖުލައި 2026
ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ
28 ޖޫން 2026

އެމްޕީއެލްގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު: ފުލުހުން

28 ޖޫން 2026
އެމްޕީއެލްގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު: ފުލުހުން
27 ޖޫން 2026

ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

27 ޖޫން 2026
ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
21 ޖޫން 2026

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި

21 ޖޫން 2026
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް