Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުގަތަރު އެއާވޭޒް

ގަތަރު އެއާވޭޒްއިން ރާއްޖެއަށް ހަފުތާއަކު 21 ފްލައިޓަށް އިތުރުކޮށްފި

11 ސެޕްޓެމްބަރު 2026 | ހުކުރު 15:56

ވިލާތުގެ ފިނި މޫސުމާ ދިމާކޮށް އޭޝިއާގެ ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ގަތަރު އެއާވޭޒްއިން ނިންމައިފި. މި ބަދަލާއެކު އަންނަ އޮކްޓޫބަރު 25 އިން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތައް ހަފުތާއަކު 21 އަށް އިތުރުވެ، ކޮންމެ ދުވަހަކު ތިން ފްލައިޓް ދޯހާއިން މާލެއަށް ދަތުރުކުރާނެ. މީގެ އިތުރުން ތައިލެންޑް، ވިއެޓްނާމް އަދި މެލޭޝިއާއަށް ކުރާ ދަތުރުތައް ވެސް އިތުރުކުރުމަށް ވަނީ ހަމަޖެހިފައި

ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2026 | ހުކުރު 15:56
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލުމާއެކު އެތައް މަސްތަކެއްގެ މެދުކެނޑުމަކަށްފަހު ރާއްޖެއަށް އައި ފުރަތަމަ ފްލައިޓް 2020 ޖުލައި 15 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަނީ

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލުމާއެކު އެތައް މަސްތަކެއްގެ މެދުކެނޑުމަކަށްފަހު ރާއްޖެއަށް އައި ފުރަތަމަ ފްލައިޓް 2020 ޖުލައި 15 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަނީ | އެލަމީ

ގަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

ވިލާތުގެ ފިނި މޫސުމަށް އަމާޒުކޮށް ގަތަރު އެއާވޭޒްއިން އެންމެ ބޮޑަށް ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވަނީ އޭޝިއާގެ މަގުބޫލު ޗުއްޓީ ހޭދަކުރާ މަންޒިލްތަކަށެވެ. އެގޮތުން އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދޯހާއާއި ތައިލެންޑުގެ ފޫކެޓާ ދެމެދު ކުރާ ދަތުރުތައް ހަފުތާއަކު 14 އިން 21 އަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ދުވާލަކު ތިން ފްލައިޓުގެ ހިދުމަތެވެ.

މީގެ އިތުރުން، ހަމަ އެ ތާރީޚުން ފެށިގެން ގަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް ވެސް ހަފުތާއަކު 12 އިން 21 އަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބަދަލާއެކު ދޯހާއިން މާލެއަށް ދުވާލަކު ތިން ފްލައިޓް ދަތުރުކުރާނެ އެވެ.

ވިއެޓްނާމްގެ ހޯޗީމިން ސިޓީއަށް ކުރާ ދަތުރުތައް އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ހަތަކުން 11 އަށް އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ. މިއީ ދޯހާއާއި ހޯޗީމިން ސިޓީއާ ދެމެދު އަލުން ފަށާ ހަފުތާއަކު ހަތަރު ސީދާ ދަތުރާއެކު ގެނެވޭ ބަދަލެކެވެ. މީގެ އިތުރުން މިހާރުވެސް ކުރިއަށްދާ ދޯހާ-ހޯޗީމިން ސިޓީ-ފްނޮމް ޕެން ދަތުރުތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ އެވެ.

އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މެލޭޝިއާގެ ކުއާލަލަމްޕޫރަށް ގަތަރު އެއާވޭޒްއިން ހަފުތާއަކު 18 ދަތުރު ކުރާނެ އެވެ. މީގެ އިތުރުން 'ވަންވޯލްޑް' ޕާޓްނަރެއް ކަމަށްވާ މެލޭޝިއާ އެއާލައިންސްއިން ކުއާލަލަމްޕޫރާއި ދޯހާއާ ދެމެދު ހަފުތާއަކު ކުރާ 14 ދަތުރުވެސް ކުރިއަށްދާނެ އެވެ.

ގަތަރު އެއަރވޭސްގަތަރު-ދިވެހިރާއްޖެ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ޖުލައި 2026

ގަތަރުގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

22 ޖުލައި 2026
ގަތަރުގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
14 ޖުލައި 2026

ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި

14 ޖުލައި 2026
ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި
13 ޖުލައި 2026

ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި
12 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ

12 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ
12 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

12 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
02 ޖުލައި 2026

ގަތަރަށް ދިވެހިރާއްޖެ އިން ކަނޑައެޅި އައު ސަފީރު އާދަމް ޝަރީފް ފަތްކޮޅު އަރުވައިފި

02 ޖުލައި 2026
ގަތަރަށް ދިވެހިރާއްޖެ އިން ކަނޑައެޅި އައު ސަފީރު އާދަމް ޝަރީފް ފަތްކޮޅު އަރުވައިފި
01 މާރިޗު 2026

މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި
28 ފެބުރުއަރީ 2026

ރާއްޖެ އަށް ދަތުރުކުރަމުންދާ މެދުއިރުމަތީގެ ގިނަ ފްލައިޓްތައް ކެންސަލްވެ އޮޕަރޭޝަނަށް ބުރޫ އަރައިފި، ވީއައިއޭ އިން ބުނީ ތާށިވި ފަތުރުވެރިންގެ އަދަދު ބަލަމުންދާ ކަމަށް

28 ފެބުރުއަރީ 2026
ރާއްޖެ އަށް ދަތުރުކުރަމުންދާ މެދުއިރުމަތީގެ ގިނަ ފްލައިޓްތައް ކެންސަލްވެ އޮޕަރޭޝަނަށް ބުރޫ އަރައިފި، ވީއައިއޭ އިން ބުނީ ތާށިވި ފަތުރުވެރިންގެ އަދަދު ބަލަމުންދާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް