Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަތަރު-ދިވެހިރާއްޖެ

ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި

14 ޖުލައި 2026 | އަންގާރަ 05:26

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި ގަތަރުގެ އަމީރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާކުރެއްވިއެވެ. މި ދަތުރުފުޅުން ރާއްޖެއާއި ގަތަރާ ދެމެދު އޮތް ޒަމާނީ އުޚުއްވަތްތެރި ގުޅުމަށް ދިވެހި ސަރުކާރުން ދޭ ޚާއްޞަ އަހަންމިއްޔަތުކަން ހާމަވެގެންދެއެވެ.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 05:26
ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވަނީ

ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވަނީ | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ގަތަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

Advertisement - newsAdvertisement

މި ދަތުރުފުޅުގައި ގަތަރުގެ އަމީރު ވަނީ ރައީސް މުޢިއްޒުއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގުޅުމަށް ދިވެހިރާއްޖެއިން ދޭ ޚާއްޞަ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ގަތަރުގެ ކުރީގެ އަމީރު ވަނީ ރާއްޖެއަށް ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައެވެ. މީގެ ތެރޭގައި، ގަތަރު އެއަރވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެ އެވެ. ގަތަރުގެ އަމީރުކަމުގެ މަޤާމުގައި ހުންނެވިއިރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ، 2005 ވަނަ އަހަރު ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

ދިވެހިރާއްޖެއާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ. 

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުގަތަރުޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީގަތަރު-ދިވެހިރާއްޖެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
13 ޖުލައި 2026

ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި
13 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި

13 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި
13 ޖުލައި 2026

ޤަތަރުގެ ކުރީގެ އަމީރު ޙަމަދުގެ ޖަނާޒާ ބާއްވައިފި، ސަންދޯއްޕުޅު އުފުއްލެވީ ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް

13 ޖުލައި 2026
ޤަތަރުގެ ކުރީގެ އަމީރު ޙަމަދުގެ ޖަނާޒާ ބާއްވައިފި، ސަންދޯއްޕުޅު އުފުއްލެވީ ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް
12 ޖުލައި 2026

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި

12 ޖުލައި 2026
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
12 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ

12 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް