Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ-ގަތަރު

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

12 ޖުލައި 2026 | އާދީއްތަ 13:15

ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އައްޘާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޢާއިލާއަށާއި ޤަޠަރުގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި. ޝައިޚް ޙަމަދަކީ ގަތަރުގެ ތަރައްޤީގެ ބާނީގެ ގޮތުގައި ފާހަގަކުރެވޭ، އެ ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ލީޑަރެއް. އުމުރުފުޅުން 74 އަހަރުގައި އެމަނިކުފާނު އަވަހާރަވީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ޖުލައި 2026 | އާދީއްތަ 13:15
ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ: އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އަމީރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފަ

ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ: އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އަމީރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފަ | ރޮއިޓާސް

ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އައްޘާނީ އަވަހާރަވުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އަމީރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ހިތާމަވެރި ޚަބަރާ ގުޅިގެން ތައުޒިޔާ ފޮނުއްވާފައިވަނީ މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އައްޘާނީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އެމަނިކުފާނަކީ ގަތަރުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ދުރުވިސްނޭ ސިޔާސަތުތަކެއް ގެންގުޅުއްވައި، އެ ޤައުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ލީޑަރެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ގަތަރުގެ މިހާރުގެ އަމީރު  ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށާއި، އެ ޤައުމުގެ ޝާހީ އާއިލާއަށާއި، ސަރުކާރަށް އަދި އަޚުވަންތަ ގަތަރުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފަ އެވެ.

ރައީސްގެ މެސެޖުގައި ވަނީ އަވަހާރަވި ޝައިޚް ޙަމަދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، އެމަނިކުފާނަށް ރަޙުމަތާއި ފާފަފުއްސެވުން ދެއްވުން އެދި ދުޢާކުރައްވާފަ އެވެ.

ގަތަރުގެ ކުރީގެ އަމީރު، އަމީރު ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ އަމީރީ ދީވާނުން ހާމަކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، އަމީރީ ދީވާނުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމަށް ލިބުނު މި ބޮޑު ހިތާމައިގައި އެ އިދާރާއިން ބައިވެރިވާ ކަމަށެވެ. އަދި މަރުހޫމްގެ ފުރާނައަށް ރަހުމަތް ލެއްވުން އެދި އެ ބަޔާނުގައި ދުއާކޮށްފައިވެ އެވެ.

1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ގަތަރުގެ ވެރިކަން ކުރެއްވި ޝައިޚް ހަމަދަކީ، ހަކަތައިގެ ގޮތުން މުއްސަނދި އެ ގައުމުން ގެންގުޅުނު އާދަޔާޚިލާފު ތަރައްގީގެ ތަސައްވުރުގެ މައިގަނޑު ބާނީ އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ގަތަރަށް އައި އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ކުރިއެރުންތަކާއެކު، ބައިނަލްއަގުވާމީ މުޖުތަމައުގައި އެ ގައުމުގެ ގަދަރު ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފަ އެވެ.

ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮންނަނީ ގާތް އަދި ރަޙުމަތްތެރި ގުޅުމެކެވެ. އެގޮތުން އެކި ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ.

ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީގަތަރުޑރ. މުޙައްމަދު މުޢިއްޒުގަތަރު-ދިވެހިރާއްޖެ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި

12 ޖުލައި 2026
އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި
12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
12 ޖުލައި 2026

ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީ - ޒަމާނީ ގަތަރުގެ މޭސްތެރިޔާ

12 ޖުލައި 2026
ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީ - ޒަމާނީ ގަތަރުގެ މޭސްތެރިޔާ
12 ޖުލައި 2026

ޤަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވެއްޖެ

12 ޖުލައި 2026
ޤަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވެއްޖެ
11 ޖުލައި 2026

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

11 ޖުލައި 2026
އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް
11 ޖުލައި 2026

އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮތުން ލުއިކޮށްދެވޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

11 ޖުލައި 2026
އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮތުން ލުއިކޮށްދެވޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
11 ޖުލައި 2026

ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟

11 ޖުލައި 2026
ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟
10 ޖުލައި 2026

އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ

10 ޖުލައި 2026
އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ
10 ޖުލައި 2026

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

10 ޖުލައި 2026
ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ
10 ޖުލައި 2026

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

10 ޖުލައި 2026
ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް