Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖެ-ގަތަރު

ގަތަރުގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ގަތަރުގެ އައު ސަފީރު ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާ ބައްދަލުކުރައްވައި އިޤްތިޞާދީ، ފަތުރުވެރިކަން އަދި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ދެއްވި.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 09:00
ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި | ރައީސް އޮފީސް

ގަތަރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލަންސީ ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ގަތަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ޢުމްރާނީ ތަރައްޤީއާއި، މާލީ އެހީތެރިކަމާއި ވުނަކުރުން ހިމެނޭހެން ދެ ޤައުމުގެ މަސްލަހަތު ހިއްސާކުރާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ޤަޠަރަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި އުޚުއްވަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވެސް ކަށަވަރުކޮށްދެއްވިއެވެ.

ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުގައެވެ.

މަސްދަރު: ރައީސް އޮފީސް

ގަތަރުޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީޑރ. މުޙައްމަދު މުޢިއްޒުގަތަރު-ދިވެހިރާއްޖެ

އިތުރަށް ކިޔާލަން

22 ޖުލައި 2026

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
22 ޖުލައި 2026

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
22 ޖުލައި 2026

ނެމީބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރ، ރައީސްއަށް ފަތްކޮޅު އަރުވައިފި

22 ޖުލައި 2026
ނެމީބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރ، ރައީސްއަށް ފަތްކޮޅު އަރުވައިފި
22 ޖުލައި 2026

ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
21 ޖުލައި 2026

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަނު ކުރައްވައިފި

21 ޖުލައި 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަނު ކުރައްވައިފި
21 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އުފާފާޅުކުރުން ފުލުހުން ލައްވައި މާކުރިން ކޮންޓްރޯލު ކުރުމަށްފަހު ސްޕެއިންގެ ކާމިޔާބީ މުޅި ރާއްޖޭގައި ވަނީ ވަރަށް އުފަލާއެކު ފާހަގަކޮށްފައި ކަމަށް އެ ގައުމުގެ ވެރިންނަށް ފޮނުވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ

20 ޖުލައި 2026

މަސްރަހު ފިނިކުރަން މެދުވެރިންގެ ފަރާތުން ހުށަހެޅުމެއް ވަނީ ލިބިފައި، އެމެރިކާގެ ޖަރީމާތަކަށް ބަދަލުހިފަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: އީރާން

20 ޖުލައި 2026
މަސްރަހު ފިނިކުރަން މެދުވެރިންގެ ފަރާތުން ހުށަހެޅުމެއް ވަނީ ލިބިފައި، އެމެރިކާގެ ޖަރީމާތަކަށް ބަދަލުހިފަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: އީރާން
20 ޖުލައި 2026

ވެރިކަމާ ހަވާލުވެވަޑައިގަތީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ވައުދާއެކު، ނަމަވެސް ޒުވާނުން ވީ އިތުރަށް ބިކަ!

20 ޖުލައި 2026
ވެރިކަމާ ހަވާލުވެވަޑައިގަތީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ވައުދާއެކު، ނަމަވެސް ޒުވާނުން ވީ އިތުރަށް ބިކަ!
20 ޖުލައި 2026

ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 3 ހަފުތާ

20 ޖުލައި 2026
ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 3 ހަފުތާ
19 ޖުލައި 2026

ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް

19 ޖުލައި 2026
ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު