Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީރާން ހަނގުރާމަ

ރާއްޖެ އަށް ދަތުރުކުރަމުންދާ މެދުއިރުމަތީގެ ގިނަ ފްލައިޓްތައް ކެންސަލްވެ އޮޕަރޭޝަނަށް ބުރޫ އަރައިފި، ވީއައިއޭ އިން ބުނީ ތާށިވި ފަތުރުވެރިންގެ އަދަދު ބަލަމުންދާ ކަމަށް

28 ފެބުރުއަރީ 2026 | ހޮނިހިރު 19:02

މެދުއިރުމަތީގެ މަސްރަހު ގޯސްވެ ވައިގެ މަގު ބަންދުކުރުމާ ގުޅިގެން، ގަތަރު އެއާވޭސް އާއި އެމިރޭޓްސް ފަދަ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 28 ފެބުރުއަރީ 2026 | ހޮނިހިރު 19:02
އެއާޕޯޓުގެ ބައެއް މަންޒަރުތައް

އެއާޕޯޓުގެ ބައެއް މަންޒަރުތައް | ސޯޝަލް މީޑިއާ

އިޒްރޭލް އާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ނުރައްކަލަށް ވެއްޓިފައި ވާތީ، ރާއްޖެއަށް ދަތުރުކުރާ ބައެއް ބޮޑެތި އެއާލައިންތަކުގެ ފްލައިޓްތައް ކެންސަލްވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އޮޕަރޭޝަންތަކަށް ބުރޫ އަރައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ ހޮނިހިރު ދުވަހުގެ މެންދުރު، ރާއްޖެ އަށް ޖައްސަން ހަމަޖެހިފައި އޮތް މެދުއިރުމަތީގެ ފްލައިޓްތައް ކެންސަލްވި ހިސާބުން ފެށިގެން ވީއައިއޭގެ އޮޮޕަރޭޝަނަށް ބުރޫ އަރާފައިވާ ކަމަށެވެ. މި މައްސަލަ ދިމާވެފައި ވަނީ އީރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާއި ގުޅިގެން އެ ސަރަހައްދުގެ ވައިގެ މަގު ބަންދުކުރުމުންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ވީއައިއޭގެ އޮޕަރޭޝަން ޝެޑިއުލް އާއި އެއްގޮތަށް ކުރިއަށް ނުގެންދެވި އެތައް ފަތުރުވެރިންނެއް އެއާޕޯޓުގައި ވަނީ ތާށިވެފަ އެވެ. ވީއައިއޭގެ މީޑިއާ އިން ރާއްޖެއެމްވީ އަށް ބުނީ މެދުއިރުމަތިގެ ގިނަ ފްލައިޓްތައް ކެންސަލް ވަމުންދާ ކަމަށެވެ. ކެންސަލްވި ފްލައިޓްތަކާއި އެކަމުގެ ސަބަބުން އެއާޕޯޓުގައި ނުފުރި ތާށިވި ފަތުރުވެރިންގެ ތަފްސީލް ބަލަމުންދާ ކަމަށާއި އެ މައުލޫމާތު ލިބުނުހާ އަވަހަކަށް ހާމަކުރާނެ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފަ އެވެ.

ކެންސަލްވި ފްލައިޓްތަކުގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ ގަތަރު އެއާވެސް އާއި އެމިރޭޓްސް އެއާލައިން ހިމެނެ އެވެ. އެ އެއާލައިންތަކުން ދަތުރުތައް މެދުކަނޑާލީ ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް އެއާލައިންތަކުން އިއުލާންކޮށްފައިވެ އެވެ. ހޮނިހިރު ދުވަހު މާލެ އިން ދުބާއި އަށް ދަތުރުކުރި ފްލައިޓް ދުބާއީގައި ނުޖެއްސުމުން އަނބުރާ ރާއްޖެ އައިސްފައި ވެ އެވެ. 

ބައެއް ނުރަސްމީ މަސްދަރުތަކުން ފެންނަ ގޮތުގައި އެއާޕޯޓުގައި އެތައް ސަތޭކަ ފަތުރުވެރިންނެއް ވަނީ ނުފުރި ތާށީވެފަ އެވެ. އެ ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ޓްރެވެލް އެޖެންސީތަކާއި ރިސޯޓްތަކުން ވެސް ދަނީ ފޯރުކޮށްދެމުންނެވެ.

އިސްރާއީލް-ފްރާންސްއެމެރިކާސަނާ އިންޓަނޭޝަނަލް އެއާޕޯޓުގަތަރު އެއަރވޭސްއެމިރޭޓްސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި

28 ފެބުރުއަރީ 2026
ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި
28 ފެބުރުއަރީ 2026

އިޒްރޭލުގެ ހަމަލާގައި އީރާނުގެ ޑިފެންސް މިނިސްޓަރު އަވަހާރަވެއްޖެ ކަމަށް ބުނެފި

28 ފެބުރުއަރީ 2026
އިޒްރޭލުގެ ހަމަލާގައި އީރާނުގެ ޑިފެންސް މިނިސްޓަރު އަވަހާރަވެއްޖެ ކަމަށް ބުނެފި
28 ފެބުރުއަރީ 2026

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ޓާގެޓަކީ އީރާނުގެ ލީޑަރު

28 ފެބުރުއަރީ 2026
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ޓާގެޓަކީ އީރާނުގެ ލީޑަރު
28 ފެބުރުއަރީ 2026

އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!

28 ފެބުރުއަރީ 2026
އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!
28 ފެބުރުއަރީ 2026

އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
28 ފެބުރުއަރީ 2026

ޠާލިބާނުންގެ ހަމަލާ ތަކުން ދިފާއުވުމުގެ ޙައްގު ޕާކިސްތާނަށް އޮންނާނެ: އެމެރިކާ

28 ފެބުރުއަރީ 2026
ޠާލިބާނުންގެ ހަމަލާ ތަކުން ދިފާއުވުމުގެ ޙައްގު ޕާކިސްތާނަށް އޮންނާނެ: އެމެރިކާ
26 ފެބުރުއަރީ 2026

ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

26 ފެބުރުއަރީ 2026
ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް
22 ފެބުރުއަރީ 2026

ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި

22 ފެބުރުއަރީ 2026
ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި
18 ފެބުރުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

18 ފެބުރުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ
17 ފެބުރުއަރީ 2026

އެމެރިކާގެ މަދަނީ ޙައްޤުތަކަށް މަސައްކަތްކުރެއްވި ލީޑަރު ޖެސީ ޖެކްސަން އަވަހާރަވެއްޖެ

17 ފެބުރުއަރީ 2026
އެމެރިކާގެ މަދަނީ ޙައްޤުތަކަށް މަސައްކަތްކުރެއްވި ލީޑަރު ޖެސީ ޖެކްސަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް