Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭ ގޮތަށް އެއްގަމު ދަތުުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

26 އޯގަސްޓު 2026 | ބުދަ 12:47

އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކުރިއިރު، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ވަކި އޮފީހަކާއި ފަންޑެއް އުފެއްދުމަށް ވަނީ ލާޒިމުކޮށްފައި. މި ބިލުގެ ދަށުން އުޅަނދުތަކުގެ ފީ ބޮޑުކުރުމާއި 20 އަހަރުވީ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ އިތުރުން ގަވާއިދާ ހިލާފަށް މަގު ހުރަސްކުރާ މީހުން ޖޫރިމަނާކުރުން ފަދަ އިސްލާހުތަކެއް ވަނީ ގެނެސްފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 26 އޯގަސްޓު 2026 | ބުދަ 12:47
ދަތުރުފަތުރުގެ ގާނޫނު އަލުން އެކުލަވާލުމަށް ހުށަހެޅުއްވި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު

ދަތުރުފަތުރުގެ ގާނޫނު އަލުން އެކުލަވާލުމަށް ހުށަހެޅުއްވި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު | ރައްޔިތުންގެ މަޖިލިސް

މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭ ގޮތަށް އެއްގަމު ދަތުުރުފަތުރުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު ހުށަހެޅުއްވާފައިވާ އެ ބިލު ދިރާސާ ކޮށްފައިވަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީންނެވެ. ކޮމިޓީ އިން އެ ބިލު ފާސްކޮށްފައި ވަނީ ބައެއް އިސްލާހުތަކާ އެކުގަ އެވެ.  

Advertisement - newsAdvertisement

އެގޮތުން މި ބިލަށް ކޮމިޓީ މަރުހަލާގައި، މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެހާ ކަންކަން ރާވައި ހިންގުމަށް ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހެއް އުފައްދަން ލާޒިމުކުރުމާއި، މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ރާވައި ހިންގުމަށްޓަކައި 'ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު' ގެ ނަމުގައި ފަންޑެއް އުފައްދުން ފަދަ ކަންކަން ހިމަނާފައިވެ އެވެ. 

ހަމައެއާއެކު، އަމިއްލަ ފަރުދެއްގެ ނަމުގައި ނުވަތަ ރަޖިސްޓްރީކޮށްފައިވާ ގާނޫނީ ޝަހުސެއްގެ ނަމުގައި ރަޖިސްޓަރީކުރާ އެއްގަމު އިންޖީނުލީ އުޅަނދު ނުވަތަ އެއް ބާވަތެއްގެ އުޅަނދުގެ ޖުމްލަ އަދަދު 2 އަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ކޮންމެ އުޅަނދެއްގެ ރަޖިސްޓަރީ ދެމެހެއްޓުމަށްޓަކާ މަލްޓިޕަލް އޯނާޝިޕް ފީއެއް ނެގުމާއި، އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދަށް 20 އަހަރުވުމުން ރަޖިސްޓްރީ ބާތިލުވާގޮތަށް އިސްލާހު ހުށަހަޅާފައިވެ އެވެ. 

މި ބިލުގައި ބައެއް އުޅަނދުތަކުގެ އަހަރީ ފީތައް ބޮޑުކުރުމާއި، އުޅަނދުގައި އަމިއްލަ ނަންބަރު ޖަހާނަމަ ބޮޑު ފީއެއް ނެގުމުގެ އިތުރުން އިންޝުއަރނުކޮށް ދުއްވުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައި ޖޫރިމަނާގެ އަދަބުތަކެއް ވެސް ހިމަނާފައިވެ އެވެ. އަދި މަގުމަތީގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާ ހިލާފުވާ އެކަމަކު ގާނޫނުގައި ވަކި އަދަބެއް ކަނޑައެޅިފައިނުވާ މީހުންނަށް ދެވޭނެ ޖޫރިމަނާގެ އަދަބުތަކެއް ކަނޑައެޅުން ހިމެނާފައިވެ އެވެ. އެގޮތުން ގަވާއިދާ ހިލާފަށް މަގު ހުރަސްކޮށްފި ނަމަ، އެ މީހަކު 100 ރުފިޔާ އިން ޖޫރިމަނާ ކުރުން ހިމެނެ އެވެ.

މީގެ އިތުރުުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރަދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން އެއްގަމު ދަތުރުފަތުރުގެ ޤައުމީ ސްޓްރެޓެޖީއެއް އެކުލަވާލަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި މި ނިޒާމު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ، ދަތުރުފަތުރާ ގުޅުންހުރި ވުޒާރާއަކުން ކަމަށާއި ވުޒާރާއަށް ލަފާދިނުމަށް ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ކަނޑައަޅައި، އެ ނިޒާމު ހިންގުމާ ބެހޭ ކަންކަމަށް ގިނަ ބަދަލުތަކެއް ގެނެސް ހުށަހަޅާފައިވާ މި ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 47 މެންބަރުންގެ ވޯޓުންނެވެ. އަދި މި ބިލާއި ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވި އެވެ. 

މި ބިލު ކޮމިޓީ މަރުހަލާގައި އޮތް އިރު، ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހެއް އުފައްދަން ހުށަހަޅާފައިވަނީ މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.

ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް20 ވަނަ ރައްޔިތުންގެ މަޖިލީސްއެއްގަމު ދަތުރުފަތުރުގެ ގާނޫނު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި

26 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
24 އޯގަސްޓު 2026

ރިސޯޓުތަކުން މީހުން އުޅޭ ރަށްރަށަށް ކުނި ގެންދިއުމަށް އޮތް ގާނޫނީ ހުރަސް ނައްތާލައިފި، ހުއްދަ އޮވެގެން ރާއްޖޭގައި ނުރައްކާތެރި ކުނި ވިއްކޭނެ މަގު ތަނަވަސްކޮށްދީފި

24 އޯގަސްޓު 2026
ރިސޯޓުތަކުން މީހުން އުޅޭ ރަށްރަށަށް ކުނި ގެންދިއުމަށް އޮތް ގާނޫނީ ހުރަސް ނައްތާލައިފި، ހުއްދަ އޮވެގެން ރާއްޖޭގައި ނުރައްކާތެރި ކުނި ވިއްކޭނެ މަގު ތަނަވަސްކޮށްދީފި
23 އޯގަސްޓު 2026

ޕްލާސްޓިކް ކޮތަޅަކުން ނަގާ 2 ރުފިޔާ، ކޮތަޅު ބޮނޑިއެއް ގަންނަނަމަ ނުނަގާ ގޮތައް ގާނޫނު ބަދަލުކޮށްފި

23 އޯގަސްޓު 2026
ޕްލާސްޓިކް ކޮތަޅަކުން ނަގާ 2 ރުފިޔާ، ކޮތަޅު ބޮނޑިއެއް ގަންނަނަމަ ނުނަގާ ގޮތައް ގާނޫނު ބަދަލުކޮށްފި
23 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން ދިނީ 6 ގަޑިއިރު، އެވެސް ބަންދު ވަގުތުގައި

23 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން ދިނީ 6 ގަޑިއިރު، އެވެސް ބަންދު ވަގުތުގައި
23 އޯގަސްޓު 2026

ރާއްޖެއަށް އަންނަ ފަތުރުވެރިން އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތައް ހޯދުމަށް މެންބަރު ޣަފޫރު ގޮވާލައްވައިފި

23 އޯގަސްޓު 2026
ރާއްޖެއަށް އަންނަ ފަތުރުވެރިން އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތައް ހޯދުމަށް މެންބަރު ޣަފޫރު ގޮވާލައްވައިފި
23 އޯގަސްޓު 2026

ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

23 އޯގަސްޓު 2026
ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ
23 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު

23 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު
23 އޯގަސްޓު 2026

ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު އަބްދުއްރަހީމް ދިފާއު ކުރައްވައިފި

23 އޯގަސްޓު 2026
ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު އަބްދުއްރަހީމް ދިފާއު ކުރައްވައިފި
23 އޯގަސްޓު 2026

ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު: މެންބަރު މީކާއިލް

23 އޯގަސްޓު 2026
ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު: މެންބަރު މީކާއިލް
20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް