Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

"ހުރިހާ ދިވެހިންނަކީ ރިސޯޓު ޝެއާހޯލްޑަރުންނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރުގައި ފެށޭނެ، މަޝްރޫއު ނިމުމުން ކޮންމެ މީހެއްގެ އެކައުންޓަށް ފައިސާ ވަންނާނީ ޑޮލަރުން"

8 ސެޕްޓެމްބަރު 2026 | އަންގާރަ 08:04

ދިވެހި ކޮންމެ ރައްޔިތަކީ ރިސޯޓު ހިއްސާދާރަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، 10 ރިސޯޓެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ސީދާ ޑޮލަރުން ފައިދާ ލިބޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ. ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މި ރިސޯޓުތައް އޮޕަރޭޝަނަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވިދާޅުވިނަމަވެސް، ސަރުކާރަށް އިގުތިސާދު މެނޭޖު ނުކުރެވޭތީ ގިނަ ބައެއްގެ އިތުބާރު ވަނީ ގެއްލިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ސެޕްޓެމްބަރު 2026 | އަންގާރަ 08:04

ހުރިހާ ދިވެހިންނަކީ ރިސޯޓު ޝެއާހޯލްޑަރުންނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރުގައި ފެށޭނެ، މަޝްރޫއު ނިމުމުން ކޮންމެ މީހެއްގެ އެކައުންޓަށް ފައިސާ ވަންނާނީ ޑޮލަރުން | ރާއްޖެ ޓީވީ

ހުރިހާ ދިވެހި ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި މަޝްރޫއު ނިމުމުން ކޮންމެ ދިވެހި ރައްޔިތެއްގެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ޓޫރިޒަމް ސެކްޓަރަކީ ވަކި ބައެއްގެ އަތްމަތީ އޮންނަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން ދިހަ ރިސޯޓެއް ތަރައްގީކޮށް އެ ރިސޯޓުތަކުގެ ހިއްސާދާރުންނަކީ ހުރިހާ ދިވެހި ރައްޔިތުން ކަމުގައި ކަނޑައަޅައި ޑޮލަރު ލިބޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވާފައިވާ ވާހަކައެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން ދިހަ ރިސޯޓު ގާއިމުކުރުމަށް މާލެ އަތޮޅާއި އެކި އަތޮޅުތަކުން ބިންތަކާއި ފަޅުތަކާއި ރަށްތައް ކަނޑައަޅައި، މި ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ ބައެއް މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ތިން އަހަރުގެ ތެރޭގައި މި ރިސޯޓުތައް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ނަތީޖާއަކަށް ވާނީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް ރިސޯޓު ހިއްސާދާރަކަށްވުމެވެ. އަދި ރިސޯޓުތައް ހުޅުވިގެން ދިޔައީމާ ކޮންމެ މީހެއްގެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވިނަމަވެސް، ސަރުކާރުން އިގުތިސާދު މެނޭޖުކުރުމުގައި ފެއިލްވެފައިވާކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ރައީސްގެ މި ވާހަކަފުޅަށް ޖޯކު ޖަހަމުންނެވެ. އެގޮތުން މީސްމީޑިއާގައި ވެސް އެތައް ބަޔަކު މި ވާހަކަތަކަށް އިތުބާރު ނުކުރާކަން ހާމަކޮށް ޕޯސްޓު ކޮށްފައިވާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. 

ޑރ. މުހައްމަދު މުއިއްޒުރިސޯޓު ހިއްސާދާރުކަންފަތުރުވެރިކަމުގެ ޞިނާޢަތް

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

07 ސެޕްޓެމްބަރު 2026
8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
07 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން

07 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން
06 ސެޕްޓެމްބަރު 2026

އެއްވެސް ބެލުމެއްނެތި ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރި ދުންފަތުގެ ސިޔާސަތުގެ ނުބައި ނަތީޖާއިން އެހެން ގައުމުތަކުން ފިލާވަޅު ހޯދަނީ

06 ސެޕްޓެމްބަރު 2026
އެއްވެސް ބެލުމެއްނެތި ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރި ދުންފަތުގެ ސިޔާސަތުގެ ނުބައި ނަތީޖާއިން އެހެން ގައުމުތަކުން ފިލާވަޅު ހޯދަނީ
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
06 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟

06 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު
05 ސެޕްޓެމްބަރު 2026

މިއަހަރު ސިއްހީ ދާއިރާއަށް އިތުރު 2000 އެއްހާ މުވައްޒަފުން ނަގާނަން: ރައީސް މުއިއްޒު

05 ސެޕްޓެމްބަރު 2026
މިއަހަރު ސިއްހީ ދާއިރާއަށް އިތުރު 2000 އެއްހާ މުވައްޒަފުން ނަގާނަން: ރައީސް މުއިއްޒު
04 ސެޕްޓެމްބަރު 2026

ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން

04 ސެޕްޓެމްބަރު 2026
ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން
04 ސެޕްޓެމްބަރު 2026

ނޭޕާލަށް 65 ހާސް ޑޮލަރު ހަދިޔާކުރުމަށް މުއިއްޒު ނިންމެވި އިރު، ލަންކާ އިން 1 މިލިއަން ޑޮލަރު ހަދިޔާކުރި

04 ސެޕްޓެމްބަރު 2026
ނޭޕާލަށް 65 ހާސް ޑޮލަރު ހަދިޔާކުރުމަށް މުއިއްޒު ނިންމެވި އިރު، ލަންކާ އިން 1 މިލިއަން ޑޮލަރު ހަދިޔާކުރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް