Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޯޅަވަހި

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގެ މަޝްވަރާއަށް ވަޑައިގަތުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދައުވަތު ދެއްވައިފި

8 ސެޕްޓެމްބަރު 2026 | އަންގާރަ 07:41

ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމުގައި ތާރީހީ ގޮތުން ވެސް ފެންނަން އޮތްކަމާއި، އަދި ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމަށް ވަނީ ފާހަގަކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ސެޕްޓެމްބަރު 2026 | އަންގާރަ 07:41
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރުކަމާބެހޭ މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

ރައީސް އޮފީހުން އަންގާރަ ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ރައީސް މުއިއްޒު މި ދައުވަތު އަރުއްވާފައި ވަނީ ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާ ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމުގައި ތާރީހީ ގޮތުން ވެސް ފެންނަން އޮތްކަމާއި، އަދި ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމަށް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލު ކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ރައީސް މުއިއްޒު ވަނީ ފާޅުކުރައްވާފަ އެވެ.

މި ސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާނީ ގުޅުން އިތުރަށް ކުރިއަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރެވޭނޭ ފަދައިން، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެ އިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފޯޅަވަހި ހަވާލުކުރަން ޖެހޭނީ ދިވެހިންނަށް ކަމަށާއި، އެގޮތަށް އެކަން ވާން ނެތް ނަމަ މިހާރު އޮތްގޮތަށް ކުރިއަށް ދިޔުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ނަމަވެސް މިކަމުގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ސާދަ ހަފުތާގެ ތެރޭގައި ފުރިހަމަ ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ފޯޅަވަހީގެ މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކޮށްފައިވެ އެވެ.

އޭގެ ފަހުން މި މައްސަލައިގައި، ސަރުކާރުން ބުނި ގޮތަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް އެދެވޭ މަސައްކަތެއް ކުރެވެމުންދާތަނެއް ރައްޔިތުންނަކަށް ފެނިފައި ނުވެ އެވެ.

ރާއްޖެ-ޔޫކޭފޯޅަވަހިއެންޑީ ބާންހަމް

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2026

ނުގަވާއިދުން ހިޖުރަކުރާ މީހުން ހުއްޓުވަން ބަރނަމްއާއި މެކްރޮން މަޝްވަރާކުރައްވައިފި

04 ސެޕްޓެމްބަރު 2026
ނުގަވާއިދުން ހިޖުރަކުރާ މީހުން ހުއްޓުވަން ބަރނަމްއާއި މެކްރޮން މަޝްވަރާކުރައްވައިފި
03 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުގެ އިގުތިސާދު މިއަދުގެ ހާލަތަށް ވައްޓާލީ "ކުރީ ސަރުކާރުން": ބާރނަމް

03 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުގެ އިގުތިސާދު މިއަދުގެ ހާލަތަށް ވައްޓާލީ "ކުރީ ސަރުކާރުން": ބާރނަމް
31 އޯގަސްޓު 2026

އިނގިރޭސިވިލާތަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާ ސަފީރު ކަމަށް ޖަމީލާ އައްޔަނުކުރައްވައިފި

31 އޯގަސްޓު 2026
އިނގިރޭސިވިލާތަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާ ސަފީރު ކަމަށް ޖަމީލާ އައްޔަނުކުރައްވައިފި
26 އޯގަސްޓު 2026

އދ. ސަމިޓުގައި ޗާގޯސް އެއްބަސްވުމަށް އަމަލުކުރުމަށް އިނގިރޭސި ބޮޑުވަޒީރަށް ޕްރެޝަރކުރުމަށް މޮރިޝަސް އިން ތައްޔާރުވެއްޖެ

26 އޯގަސްޓު 2026
އދ. ސަމިޓުގައި ޗާގޯސް އެއްބަސްވުމަށް އަމަލުކުރުމަށް އިނގިރޭސި ބޮޑުވަޒީރަށް ޕްރެޝަރކުރުމަށް މޮރިޝަސް އިން ތައްޔާރުވެއްޖެ
24 އޯގަސްޓު 2026

ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ

24 އޯގަސްޓު 2026
ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ
17 އޯގަސްޓު 2026

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ

17 އޯގަސްޓު 2026
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ
16 އޯގަސްޓު 2026

އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި

16 އޯގަސްޓު 2026
އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި
14 އޯގަސްޓު 2026

ކުނި ވަށިގަނޑާ ވާދަކޮށް ފަރާޖް އިންތިޚާބު ކާމިޔާބުކޮށްފި

14 އޯގަސްޓު 2026
ކުނި ވަށިގަނޑާ ވާދަކޮށް ފަރާޖް އިންތިޚާބު ކާމިޔާބުކޮށްފި
12 އޯގަސްޓު 2026

މިހާރު ދިމާވެގެން މި އުޅޭ މާލީ ހާލަތުން އަރައިގަނެވޭނެ ވަރުގެ އަގުހުރި މައުދަން ގެއްލުނު ކަނޑުގެ ސަރަހައްދުގައި ހުރެދާނެ: ޝިޔާމް

12 އޯގަސްޓު 2026
މިހާރު ދިމާވެގެން މި އުޅޭ މާލީ ހާލަތުން އަރައިގަނެވޭނެ ވަރުގެ އަގުހުރި މައުދަން ގެއްލުނު ކަނޑުގެ ސަރަހައްދުގައި ހުރެދާނެ: ޝިޔާމް
09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް