Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރުން ހާޒިރުކުރުން

ނާޒިމާއި އަރީފުގެ މައްޗަށް ކުރާ ޖިނާއީ ތުހްމަތުތަކުގައި ބަޔާން ނަގައިފި

5 އޮކްޓޯބަރު 2017 | ބުރާސްފަތި 16:18

ދެ މެމްބަރުންނާ ވެސް ސުވާލުކުރީ މިދިޔަ ޖުލައި 31 ވަނަ ދުވަހު މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 16:18
މެމްބަރު އަރީފު ފުލުސް އޮފީހުން ނިކުމެވަޑައިގެން ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

މެމްބަރު އަރީފު ފުލުސް އޮފީހުން ނިކުމެވަޑައިގެން ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

މިދިޔަ ޖުލައި 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ނާޒިމްގެ މައްޗަށް ފުލުހުން ދެ ތުހްމަތެއް ކޮށްފައިވެ އެވެ. އެއީ ފުލުހެއްގެ ގައިގަ ދަތްއަޅައި. މާރާމާރީ ހިންގިކަމުގެ ތުހްމަތާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އެވެ. ނާޒިމް ވިދާޅުވީ އޭނާ މައްޗަށް ކުރާ ތުހްމަތާ ގުޅިގެން ފުލުހުންނަށް ބަޔާން ދީފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

" މިއީ އަޅުގަނޑުގެ ހަޔާތުގައި ވެސް ފުރަތަމަ ފަހަރު ފުލުސް އޮފީހަށް ހާުޒިރުކޮށް ބަޔާން ނެގި، އަޅުގަނޑު ދެންނެވިން އަޅުގަނޑު ނުވާނެއޭ އެއްވެސް ފުލުހަކާ މެދު މާރާމާރީ ހިންގާފައެއް،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު މަޖިލިސް ތެރޭގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ފުލުހުންކުރާ ޖިނާއީ ތުހްމަތެއްގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު ވެސް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު އޭނާގެ މައްޗަށް ވެސް ދެ ތުހްމަތެއް ކޮށްފައި ވެއެވެ. އެއީ އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ސިފައިންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހްމަތުގަ އެވެ.

ފުލުސް އޮފީހުން ނިކުމެވަޑައިގެން އަރީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ކަންތަތަކާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހްގީގު ކުރުމުގެ ކުރިން މަޖިލީހުން އެކަން ބަލަން ޖެހޭނެ ކަމަށެވެ. މެމްބަރުންގެ ސުލޫކީ ކޮމެޓީ ނުބަލައި ފުލުހުންނަށް މި މައްސަލަ ތަހްގީގު ނުކުރެވޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަކީ ވެސް ސުލޫކް ކޮމެޓީގެ މެމްބަރެއް. މީގެ ކުރިން މަޖިލީހުގައި މެމްބަރުންގެ ފަރާތުން ހިނގާ ކަންކަން ބަލަމުންދަނީ އެ ކޮމެޓީން. ބަލާފައި އަޅުގަނޑުމެން ގޮތް ނިންމާނީ. އެކަހަލަ އެއްވެސް ކަމެއް މި ފަހަރު ނުފެނުން،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ފުލުހުން ކުރަމުންދާ މި ފަދަ ތަހްގީގުތަކުގެ ސަބަބުން މެމްބަރުން ފަހަތައް ނުޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދުވަހު އެހިނގާދިޔަ ކަންތައްތަކެއް ހިނގާދިޔަ ކަމެއް ހިނގާދިޔައިރު އެންމެ ބޮޑު އަނިޔާއެއް ލިބުނު އެކަކީ އަޅުގަނޑު. އަޅުގަނޑަކީ ވެސް ދައުލަތުން އިއްޒަތް އަރުވާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއް. އަޅުގަނޑަކީ ވެސް އުއްތަމަ ފަނޑިޔާރުކުރިމަތީ ހުވައެއް ކޮށްގެން ހުރި މީހެއް. އެކަމަކު އަޅުގަނޑު ބިންމައްޗަށް ވައްޓާލާ ވެއްޔާ މޮޑެލާ ބަހައްޓާފައި އަނެއްކާ އަޅުގަނޑަށް މި ތަހްގީގު ހިންގަނީ. މިއީ ސަދޫމުގައި އެއްކަލަ ހިމާރުގެ ޝަރީއަތާ އެއް ގޮތެއް ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

މި ދެ މެމްބަރުން އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ވެސް ބުރާސްފަތި ދުވަހު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރައްވާފައި އެވެ. އޭނާގެ މައްޗަށް ވެސް ތުހްމަތުކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ކުށުގެ ތުހުމަތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް