Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމް

ކައުންސިލްތަކުގެ މަސައްކަތަށް ހުރަސްއެޅުމަކީ ރައްޔިތުންނަށް ދެވޭ ދެރައެއް، ފެންނަމުން މިދަނީ ރަށްތައް ނިކަމެތިކޮށް، ބާރުތައް ކަނޑުވާލާތަން: އާތިފް

7 ސެޕްޓެމްބަރު 2026 | ހޯމަ 09:37

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި، ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދިނުމަކީ ރައްޔިތުންނަށް ދެވޭ ދެރައެއް ކަމަށް ކުޅުދުއްފުށީ މޭޔަރު ވިދާޅުވި. ރައްޔިތުންގެ ބިންތަކުގެ ބާރު ރަށާ ގުޅުމެއް ނެތް ބަޔަކަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 7 ސެޕްޓެމްބަރު 2026 | ހޯމަ 09:37
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް | ރާއްޖެ އެމްވީ

ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަކީ ސީދާ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ކައުންސިލްތަކަށް ކުރާ އިތުބާރު އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުން ވެސް ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކާއި ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ބޮޑު ތަފާތަކުން އެމްޑީޕީއަށް ރައްޔިތުން ދީފައިވަނީ މިހާރު މިއޮތް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

އާތިފް ވިދާޅުވީ، އޭރު ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް  ލިބުނީ 30 އިންސައްތަ ވަރު ކަމަށާއި، މިހާރު އެފަދަ ވޯޓެއް ނަގައިފިނަމަ ސަރުކާރަށް ލިބޭނީ ގާތްގަނޑަކަށް 20 އިންސައްތަ ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް ސަރުކާރުން ދަނީ ގޯސްތައް ހަދަމުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ރައްޔިތުން މިހާރު ކައުންސިލްތަކަށް ވަރަށް ބޮޑަށް އިތުބާރު ކުރޭ. ކަންކަން ހިނގާގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ. ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ކައުންސިލަރުންކަން އެ ރައްޔިތުން ދަނޭ. އަދި ސަރުކާރުން ކަމެއް ނުކޮށްދީގެން ކައުންސިލުން ކުރާ މަސައްކަތްތަކާއި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކަށް ކައުންސިލްތަކުން ހުރަސް ނާޅާކަން ވެސް ރައްޔިތުންނަށް ވަރަށް ސާފު
މުހައްމަދު އާތިފް

މީގެއިތުރުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހަށް ފާޑުވިދާޅުވަމުން އާތިފް ވިދާޅުވީ، އެ އިސްލާހުގެ ދަށުން ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދީފައިވާ ކަމަށެވެ. ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ހަދަނީ ރައްޔިތުންނާ މަޝްވަރާކޮށް، ފަންނީ މާހިރުންގެ އެހީތެރިކަމާއެކު ރައްޔިތުން އެދޭ ގޮތަށް ކަން ފާހަގަކުރައްވަމުން، ރަށާ އެއްވެސް ގުޅުމެއް ނެތް ވަޒީރުންތަކަކަށް ރައްޔިތުންގެ ބިންތަކުގެ ބާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ، މިއަދު ފެންނަމުން މިދަނީ ރަށްތައް ނިކަމެތިކޮށް، ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ކަނޑުވާލުމަށް ސަރުކާރުން ދުވަހެއް ދުވަހަކަށް މަސައްކަތް ކުރަމުންދާ ހިތާމަވެރި މަންޒަރު ކަމަށެވެ.

ކުޅުދުއްފުށިމުހައްމަދު އާތިފްލޯކަލް ކައުންސިލް

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

07 އޯގަސްޓު 2026

މަސްތުވާތަކެތީގެ މައްސަލައިގައި ކުޅުދުއްފުށިން 4 މީހުން ހައްޔަރުކޮށްފި

07 އޯގަސްޓު 2026
މަސްތުވާތަކެތީގެ މައްސަލައިގައި ކުޅުދުއްފުށިން 4 މީހުން ހައްޔަރުކޮށްފި
02 އޯގަސްޓު 2026

ހާލު ކިހިނެއް؟: ކުޅުދުއްފުށި ސިޓީން ބުނަނީ މުއިއްޒަށް ވެރިކަން ކުރަންވެސް ނޭނގޭކަމަށް، ފައިބައިގެން ދާންވެސް ނޭނގޭކަމަށް، އަދި ބޮލަށްފަސޭހަ އެއްގޮތްވެސް ނެތްކަމަށް!

02 އޯގަސްޓު 2026
ހާލު ކިހިނެއް؟: ކުޅުދުއްފުށި ސިޓީން ބުނަނީ މުއިއްޒަށް ވެރިކަން ކުރަންވެސް ނޭނގޭކަމަށް، ފައިބައިގެން ދާންވެސް ނޭނގޭކަމަށް، އަދި ބޮލަށްފަސޭހަ އެއްގޮތްވެސް ނެތްކަމަށް!
20 ޖުލައި 2026

ކުޅުދުއްފުށީ ޓިވެޓު ސެންޓަރު ހަދަން ބޮޑު ހަފްލާއެއް ބާއްވައި ބިންގާ އެޅުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!

20 ޖުލައި 2026
ކުޅުދުއްފުށީ ޓިވެޓު ސެންޓަރު ހަދަން ބޮޑު ހަފްލާއެއް ބާއްވައި ބިންގާ އެޅުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!
15 ޖުލައި 2026

ކުޅުދުއްފުށި ސިޓީގައި މިދިޔަ ސަރުކާރުން އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު ހުއްޓިފައި!

15 ޖުލައި 2026
ކުޅުދުއްފުށި ސިޓީގައި މިދިޔަ ސަރުކާރުން އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު ހުއްޓިފައި!
07 ޖުލައި 2026

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!

07 ޖުލައި 2026
ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!
04 ޖުލައި 2026

މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ

04 ޖުލައި 2026
މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
19 ޖޫން 2026

އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް

19 ޖޫން 2026
އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް
05 ޖޫން 2026

އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"

05 ޖޫން 2026
އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"
02 ޖޫން 2026

2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު

02 ޖޫން 2026
2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް