Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު ނަޝީދު

2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު

2 ޖޫން 2026 | އަންގާރަ 06:28

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީން 160،000 ވޯޓު ނުވަތަ 51 އިންސައްތަ ކަށަވަރުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ޕާޓީގެ ހުރިހާ ގުނަވަންތަކާއި ކައުންސިލްތަކުން ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެމްޑީޕީ އަލުން ރުކުރުވާލައި ކުރީގެ ފޯރިއާއި ޖޯޝުގައި ނުކުތުމަށް އެމަނިކުފާނު ގޮވާލެއްވި. އަދި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ނޫނީ މި ކާމިޔާބީ ހޯދުމަކީ ދަތި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ޖޫން 2026 | އަންގާރަ 06:28
ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ އެކު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ އެކު | ވައްޑެ ޓްވިޓަރ

2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީ އަށް 160،000 ވޯޓު ހޯދަން ޖެހޭ ކަމަށާ އެކަން ކުރެވޭނީ އެންމެން ގުޅިގެން ކަމަށް އެމްޑީޕީގެ ޗެއާޕަރސަން ކަމަސް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ބޮޑު ބަދަލު" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ 2028 ގެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް  160،000 ވޯޓު ހޯދަން ޖެހޭއިރު އެކަން ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. 

Advertisement - newsAdvertisement

އެ އިންތިޚާބު ކާމިޔާބު ކުރުމަށް ވެސް އޮތް މުއައްސަސާ އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެކަން ކުރުމަށްޓަކައި އެންމެންނާ ވެސް ބައްދަލުވާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮންމެ ބޭފުޅެއް ކައިރިއަށް ވެސް އަޅުގަނޑުމެން އެބަޖެހޭ ދާން. އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް މި މޭޔަރާ އެކު މިކަމުގައި ބުރަ މަސައްކަތްތަކެއް ކުރަން. އައްޑޫގެ މޭޔަރު ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. ތިނަދޫގެ މޭޔަރު ވެސް ބުރަ މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. ފުވައްމުލަކު މޭޔަރުވެސް ބުރަ މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. މާލޭ މޭޔަރު ވެސް ބުރަ މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. އަޅުގަނޑުމެން އެންމެން އެކީގައި، އަދި ކުދި ރަށްރަށުގެ ކައުންސިލްތަކާ އެ ކައުންސިލްތަކުގެ ރައީސުންނާ އިންނާ އަދި އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންނާ އެމްޑީޕީގެ ގޮފިތަކުގެ ރައީސުންނާ، އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާ، އަޅުގަނޑުމެން އެންމެން ގުޅިގެން މި މަސައްކަތް ކުރަން އެބަ ޖެހޭ.
 ޗެއާޕަރސަން ކަމަސް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު

އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީން 51 އިންސައްތަ ވޯޓު ކަށަވަރުކުރަން ޖެހޭނެ ކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިކަން ކުރުމަށްޓަކައި އެމްޑީޕީ އަލުން ރުކުރަވާލައި ކުރީގެ ފޯރިއާ ޖޯޝުގައި ތެދުވަން ޖެހޭ ކަމަށެވެ.

އެންމެ ބޮޑަށް ބޭނުންފުޅުވަނީ ރައްޔިތުންގެ ބައިވެރިވުން ކަމަށާއި އެ ބައިވެރިވުން ނެތި، މަސައްކަތްތައް ނުކުރެވޭނެ ކަމަށެވެ. ޕާޓީގައި ނެތް ހިތްވަރެއް އަދި ބުންވަރެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މުހައްމަދު ނަޝީދުއެމްޑީޕީކުޅުދުއްފުށިބޮޑު ބަދަލު2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ޖޫން 2026

އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު

02 ޖޫން 2026
އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު
01 ޖޫން 2026

ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާނަމަ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ހާލަތުގައި އެކަން ކުރާނަން: ކުރީގެ ރައީސް ނަޝީދު

01 ޖޫން 2026
ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާނަމަ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ހާލަތުގައި އެކަން ކުރާނަން: ކުރީގެ ރައީސް ނަޝީދު
01 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން

01 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން
31 މެއި 2026

ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު

31 މެއި 2026
ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު
31 މެއި 2026

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް
30 މެއި 2026

ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި

30 މެއި 2026
ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި
30 މެއި 2026

ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި

30 މެއި 2026
ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި
30 މެއި 2026

މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

30 މެއި 2026
މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު
30 މެއި 2026

އެމްޑީޕީއާ އަލުން ގުޅުނީ ޕާޓީގެ ކަންކަން އިސްލާހު ކުރަން: ކުރީގެ ރައީސް ނަޝީދު

30 މެއި 2026
އެމްޑީޕީއާ އަލުން ގުޅުނީ ޕާޓީގެ ކަންކަން އިސްލާހު ކުރަން: ކުރީގެ ރައީސް ނަޝީދު
29 މެއި 2026

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

29 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް