Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ

ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

6 ސެޕްޓެމްބަރު 2026 | އާދީއްތަ 06:54

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، މަޖުބޫރުން ޕީއެންސީއަށް މެންބަރުން އިތުރުކުރާ ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅައިފި. މި މައްސަލައިގައި ވަނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މުވައްޒަފުންނަށް ބިރުދެއްކުމާއި، ޕާޓީއަށް ސޮއިނުކުރާ މީހުން ވަޒީފާއިން ވަކިކުރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފައި. އެހެންކަމުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ މިފަދަ ކަންކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އޭސީސީއަށް ވަނީ ގޮވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 06:54
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު | ސޯޝަލް މީޑިއާ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ގަދަބާރުން ޕާޓީއަށް ވައްދަމުންދާ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތެއް ކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލަށް އެޑްރެސްކޮށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ކޮންމެ މުވައްޒަފަކު ފަސް މެންބަރުން އިތުރުކުރުމުގެ ކެމްޕޭނެއް ފަށާފައިވާ ކަމަށާއި، މީގެ ތެރެއިން ގާނޫނާ ހިލާފަށް މުވައްޒަފުންނަށް ބިރުދައްކަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަށްރަށުގައި ހުރި ފެނަކަ އޮފީސްތަކުގައި މަސައްކަތްކުރާ އެމްޑީޕީގެ މުވައްޒަފުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މުވައްޒަފުންނަށް، ވަޒީފާގައި ދެމިތިބެވޭނީ ޕީއެންސީއަށް ސޮއިކޮށްގެން ކަމަށް ބުނެ ދަނީ މަޖުބޫރުކުރަމުންނެވެ.

އެގޮތުން ހއ. ބާރަށު ފެނަކަ ބްރާންޗުގެ މެނޭޖަރު މުވައްޒަފުންނާ ވަކިވަކިން ބައްދަލުކޮށް، މިއީ ހެޑް އޮފީހުން އަންގައިގެން ކުރާ ކަމެއް ކަމަށް ބުނެ، އީފާސް މެދުވެރިކޮށް ޕާޓީއަށް ވަނުމަށް އަންގާފައިވާ ކަމަށް ވެސް މައްސަލައިގައި ބުނެފައިވެ އެވެ. އަދި މި އެންގުންތަކަށް ތަބާނުވާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން، ސްޓެލްކޯ އާއި ފެނަކަ ބްރާންޗްތަކުގެ ވެރިން މުވައްޒަފުންގެ ފޯނަށް މެސެޖު ފޮނުވައި، ވަޒީފާ ހިމާޔަތްކުރުމަށްޓަކައި ޕީއެންސީއަށް ވަނުމަކީ މުހިންމު ކަމެއް ކަމަށް ބުނެ ބިރުދައްކަމުންދާ ކަމަށް ސަލީމް ހުށަހެޅި މައްސަލައިގައިވެ އެވެ.

މިކަންކަން ކުރަނީ ކުންފުނިތަކުގެ އެޗްއާރު ސެކްޝަންތަކުގެ ރަސްމީ މަސައްކަތެއްގެ ގޮތުގައި ކަމަށާއި، ދާދިފަހުން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުން ސްޓެލްކޯގެ އެޗްއާރު ސެކްޝަނަށް ގުޅުމުން، ޕީއެންސީއަށް ވަނުމަށްފަހު އަމަލުކުރަންޖެހޭ ގޮތް އެ ތަނުގެ މުވައްޒަފަކު ކިޔައިދީފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެކަން ބޭޒާރުވުމުން، ސްޓެލްކޯގެ ވެރިން އެކަން ދޮގުކޮށް، އެ ފޯނަށް ޖަވާބުދިން މުވައްޒަފު ކުށްވެރިކޮށް ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި އިތުރަށް ބުނެފައިވަނީ، ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ. އަދި މިއީ ރާއްޖެ ކޮމިއުނިޒަމާ ދިމާލަށް ގެންދިއުމުގެ ނިޝާނެއް ކަމަށާއި، ކޮމިއުނިސްޓް ގައުމުތަކުގައި އޮންނަ ފަދައިން މައި ޕާޓީއަށް ވަނުން މަޖުބޫރުކުރަމުންދާ ކަމަށް ސަލީމް ތުހުމަތުކުރެ އެވެ.

މީގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކުރައްވައިގެން ޕީއެންސީއަށް މެންބަރުން އިތުރުކުރެއްވި މައްސަލަ ވެސް އޭސީސީއަށް ހުށަހަޅާފައިވާނެ ކަމަށާއި، ނަމަވެސް އެ މައްސަލައިގައި އެދެވޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިފަދަ ގާނޫނާ ހިލާފު ކަންކަން ސަރުކާރުން ފާޅުގައި ކުރަމުންދާއިރު، މިނިވަން މުއައްސަސާތަކުން މިކަންކަން ތަހުގީގު ނުކުރުމަކީ އެ މުއައްސަސާތައް ގާނޫނީ ގޮތުން ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ސަލީމްގެ ސިޓީގައި ބުނެފައިވެ އެވެ. އެހެންކަމުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދައްކައިގެން ހިންގާ މި ޖަރީމާތައް ވަގުތުން ބަލައި ފިޔަވަޅު އެޅުމަށް އޭސީސީއަށް ވަނީ ގޮވާލާފަ އެވެ.

ޕީއެންސީއެންޓި ކޮރަޕްޝަން ކޮމިޝަންވަޒީފާއިން ވަކިކުރުން

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު
04 ސެޕްޓެމްބަރު 2026

މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟

04 ސެޕްޓެމްބަރު 2026
މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟
03 ސެޕްޓެމްބަރު 2026

ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!

03 ސެޕްޓެމްބަރު 2026
ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!
31 އޯގަސްޓު 2026

ޓައުންޝިޕް މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތަހުގީގު އޭސީސީ އިން ފަށައިފި

31 އޯގަސްޓު 2026
ޓައުންޝިޕް މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތަހުގީގު އޭސީސީ އިން ފަށައިފި
26 އޯގަސްޓު 2026

ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް އާމްދަނީ ލިބޭ ގޮތްތަކާއި ކުރާ އެންމެހައި ހަރަދުތައް ހާމަކުރުމަށް ގާނޫނުން ލާޒިމު ކުރުވުމަށް އޭސީސީ އިން ލަފާ ދީފި

26 އޯގަސްޓު 2026
ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް  އާމްދަނީ ލިބޭ ގޮތްތަކާއި ކުރާ އެންމެހައި ހަރަދުތައް ހާމަކުރުމަށް ގާނޫނުން ލާޒިމު ކުރުވުމަށް އޭސީސީ އިން ލަފާ ދީފި
26 އޯގަސްޓު 2026

ފަނޑިޔާރުންގެ މައްސަލަ ނުފޫޒަށް ލެނބުމެއްނެތި ބަލަމުންދާނެކަމަށް ބުނެ އޭސީސީ އިން ބަޔާނެއް ނެރުނުތާ ދޮޅު އަހަރު، އަދި އެއިން ފަނޑިޔާރަކާ ސުވާލެއް ކޮށްނުލާ!

26 އޯގަސްޓު 2026
ފަނޑިޔާރުންގެ މައްސަލަ ނުފޫޒަށް ލެނބުމެއްނެތި ބަލަމުންދާނެކަމަށް ބުނެ އޭސީސީ އިން ބަޔާނެއް ނެރުނުތާ ދޮޅު އަހަރު، އަދި އެއިން ފަނޑިޔާރަކާ ސުވާލެއް ކޮށްނުލާ!
23 އޯގަސްޓު 2026

މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!

23 އޯގަސްޓު 2026
މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!
21 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު

21 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު
20 އޯގަސްޓު 2026

"ޓައުންޝިޕް މަޝްރޫއަކީ އެތައް މިލިއަން ޑޮލަރަކާއި ރައްޔިތުންގެ އަގުބޮޑު އެސެޓުތަކެއް ގެއްލި، ވަކި ބަޔަކަށް ކުއްލި މުއްސަނދިކަން ލިބިދޭ ގޮތަށް ރޭވިފައިވާ ކަމެއް"

20 އޯގަސްޓު 2026
"ޓައުންޝިޕް މަޝްރޫއަކީ އެތައް މިލިއަން ޑޮލަރަކާއި ރައްޔިތުންގެ އަގުބޮޑު އެސެޓުތަކެއް ގެއްލި، ވަކި ބަޔަކަށް ކުއްލި މުއްސަނދިކަން ލިބިދޭ ގޮތަށް ރޭވިފައިވާ ކަމެއް"
20 އޯގަސްޓު 2026

ޓައުންޝިޕް މަޝްރޫއާއެކު ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތާއެކު މައްސަލަ އޭސީސީއަށް!

20 އޯގަސްޓު 2026
ޓައުންޝިޕް މަޝްރޫއާއެކު ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތާއެކު މައްސަލަ އޭސީސީއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް