Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓައުންޝިޕް މަޝްރޫއު

ޓައުންޝިޕް މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތަހުގީގު އޭސީސީ އިން ފަށައިފި

31 އޯގަސްޓު 2026 | ހޯމަ 13:04

ނ. އަތޮޅުގައި ހިންގާ "ޕްރޮޖެކްޓް އައިލާ" ރިސޯޓު މަޝްރޫއު ކުއްލި ގޮތަކަށް އެސްއީޒެޑްގެ ދަށުން "ސަސްޓެއިނަބަލް ޓައުންޝިޕް" އަކަށް ބަދަލުކުރުމުން ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް އުނިވެ، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މި މަޝްރޫއުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، މައްސަލަ ތަހުގީގުކޮށް ނިމެންދެން މަސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އޭސީސީގައި ވަނީ އެދިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 އޯގަސްޓު 2026 | ހޯމަ 13:04
އޭސީސީގެ ރައީސް އާދަމް ޝާމިލް

އޭސީސީގެ ރައީސް އާދަމް ޝާމިލް | ރާއްޖެއެމްވީ

ސަރުކާރުން ހިންގާ ޓައުންޝިޕް މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއަށް އެޑްރެސްކުރައްވައި އަމިއްލަ ފަރާތެއްކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) ހުށަހެޅުއްވި މައްސަލަ އޭސީސީން ތަހުގީގު ކުރަން ފަށައިފި އެވެ.

މި މައްސަލަ ރަޖިސްޓްރީކޮށް، ތަހުގީގުކުރާ ޑިވިޝަނަށް ފޮނުވާފައިވާކަން އޭސީސީ އިން ވަނީ ސަލީމަށް އަންގާފަ އެވެ.

Advertisement - newsAdvertisement

ނ.އަތޮޅު ދިގުފަރާއި ދެކުނުފަރު 262 ކޮޓަރީގެ އަލްޓްރާ ލަގްޒަރީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ޕްރޮޖެކްޓު އައިލާ ނަމުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާއިރު، ރިސޯޓު ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެސްއީޒެޑުގެ ޤާނޫނަށް ކުއްލިޔަކަށް ބަދަލުގެނެސް ސަސްޓެއިނަބަލް ޓައުންޝިޕް ނަމުގައި އައު ގިންތިއެއް ތައާރަފްކޮށް މި ރިސޯޓު ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ދީފައިވާކަމަށް އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

ޤާނޫނަށް ގެނެވުނު އިސްލާހަށް އަމަލުކުރަން ފެށިތާ އެއްމަސް ދުވަސް ނުވަނީސް، ކުރިން ހިނގަމުން ދިޔަ ރިސޯޓު ޕްރޮޖެކްޓު ކަމަށްވާ އައިލާ ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ދީ އެ މަޝްރޫއު ސަސްޓެއިނަބަލް ޓައުންޝިޕަކަށް ބަދަލުކުރުމަކީ އެތައް ސުވާލެއް އުފެދޭ ކަމެއްކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

262 ކޮޓަރީގެ އަލްޓްރާ ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށްފިނަމަ މިފަދަ ރިސޯޓަކުން ބިމުކުއްޔާއި ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އިންކަމް ޓެކްސްގެ ގޮތުގައި ސަރުކާރަށް ސީދާ އާމްދަނީގެ ގޮތުގައި އަހަރަކު 70 މިލިއަން ދިވެހި ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ލިބުމުގެ ފުރުސަތު އޮތްކަމަށްވެސް މައްސަލައިގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް އެސްއީޒެޑްގެ ދަށުން ކުޑަވެގެންދާ ޓެކްސް އަދި ކަސްޓަމްސް ޑިއުޓީން ލިބިދޭ ބޮޑެތި ލުއިތަކުގެ ސަބަބުން، ރިސޯޓެއްގެ ގޮތުގައި ލިބިދޭ އާމްދަނީގެ ވަރަށް ކުޑަ މިންވަރެއް ނޫނީ ދައުލަތަށް ނުލިބޭނެކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ އާންމު ބާޒާރުން ދިވެއްސަކު ގޯތި ގެދޮރު ގަންނައިރު 8 ޕަސެންޓުގެ ޖީއެސްޓީއެއް ސަރުކާރަށް ދައްކަންޖެހޭއިރު، މި ޓައުންޝިޕްތަކުގެ ތެރޭގައި ހިންގާ މުއާމަލާތްތަކުން ނަގާ ޓެކްސް 1 ޕަސެންޓާއި ގާތްކުރާ މިންވަރަކަށް ކުޑަވުމުގެ ފުރުސަތު އޮތްކަމަށް ވެސް މި ސިޓީގައި ބުނެފައިވެ އެވެ.

އެހެންކަމުން ދިވެހިރާއްޖެއިން ގެދޮރު ގަންނަ ދިވެހި ރައްޔިތަކަށްވުރެ، މި ޕްރޮޖެކްޓު އެސްއީޒެޑްގެ ޕްރޮޖެކްޓަކަށް ކުއްލިޔަކަށް ބަދަލުކޮށް މި ޕްރޮޖެކްޓުގެ ތެރެއިން ލަގްޒަރީ ޕްރޮޕަޓީ ގަންނަ ބޭރުގެ މުއްސަނދިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރުމަށް ރޭވިފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ، ރާއްޖެއިން ބޭރުގެ މީހުންނަށް ރަށްވެހިކަން ލިބިދޭ ވިސާ ޕްރޮގްރާމް އެވޯޑުކުރެވުނު ހެންލީ އެންޑް ޕާޓްނާސް އަކީ މިފަދަ އިންވެސްޓްމަންޓު މައިގްރޭޝަން ޕްރޮގްރާމްތަކާއި ގުޅިގެން ބައިނަލްއަޤުވާމީ ދުނިޔޭގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުންފުންޏަކަށްވާއިރު، މި ކުންފުންޏަށް މި ޕްރޮޖެކްޓް އެވޯޑުކުރެވުނީ ކޮންގޮތަކުންތޯ ބަލާން ޖެހޭކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ވަގުތީ އަމުރެއް ނެރިގެން މި ޕްރޮޖެކްޓު ހުއްޓުވައި، އަވަސް މަސްއަލައެއްގެ ގޮތުގައި ތަހުޤީޤުކޮށްދެއްވުމަށް ސިޓީގައި ވަނީ އެދިފަ އެވެ.

ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިން، ރާއްޖޭގައި 'ރެސިޑެންސް ބައި އިންވެސްޓްމަންޓް' ޕްރޮގްރާމެއް ތައާރަފުކުރުމަށްޓަކައި ހެންލީ އެންޑް ޕާޓްނާސްއާއެކު ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް ސަރުކާރުން އޭރު ވެސް އެ ކުންފުނި މިކަމަށް ނޮމިނޭޓުވީ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމުގައި އެކުލެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ތަފްސީލު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމަކީ ދައުލަތަށް ބޮޑުފައިދާއެއްވާން އޮތްކަމެއްގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވަމުންދާނެ ޕުރޮޖެކުޓަކަށްވާތީވެ، މިމައްސަލާގައި އޭސީސީން ވަގުތީ އަމުރެއް ނެރިގެން މިމަސައްކަތް ނުހުއްޓުވައިފިނަމަ، ދިވެހި ދައުލަތުގެ މާލިއްޔަތަށް އެތައް ބިލިއަން ޑޮލަރެއްގެ ބޮޑު ގެއްލުމެއް ލިބި މިޤަމުގެ ސިޔާދަތާއި އަދި ޤައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށް ވެސް ސިޓީގައި ވަނީ ބުނެފަ އެވެ.

ހެންލީ އެންޑް ޕާޓްނާސްއެންޓި ކޮރަޕްޝަން ކޮމިޝަންޓައުންޝިޕް ޕްރޮޖެކްޓް

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

ނަތަންޔާހޫގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ބުނެ އެމެރިކާއިން ކުއްލިގޮތަކަށް ސިއްރުން ބޭރުކޮށްފި

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް އާމްދަނީ ލިބޭ ގޮތްތަކާއި ކުރާ އެންމެހައި ހަރަދުތައް ހާމަކުރުމަށް ގާނޫނުން ލާޒިމު ކުރުވުމަށް އޭސީސީ އިން ލަފާ ދީފި

26 އޯގަސްޓު 2026
ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް  އާމްދަނީ ލިބޭ ގޮތްތަކާއި ކުރާ އެންމެހައި ހަރަދުތައް ހާމަކުރުމަށް ގާނޫނުން ލާޒިމު ކުރުވުމަށް އޭސީސީ އިން ލަފާ ދީފި
26 އޯގަސްޓު 2026

ފަނޑިޔާރުންގެ މައްސަލަ ނުފޫޒަށް ލެނބުމެއްނެތި ބަލަމުންދާނެކަމަށް ބުނެ އޭސީސީ އިން ބަޔާނެއް ނެރުނުތާ ދޮޅު އަހަރު، އަދި އެއިން ފަނޑިޔާރަކާ ސުވާލެއް ކޮށްނުލާ!

26 އޯގަސްޓު 2026
ފަނޑިޔާރުންގެ މައްސަލަ ނުފޫޒަށް ލެނބުމެއްނެތި ބަލަމުންދާނެކަމަށް ބުނެ އޭސީސީ އިން ބަޔާނެއް ނެރުނުތާ ދޮޅު އަހަރު، އަދި އެއިން ފަނޑިޔާރަކާ ސުވާލެއް ކޮށްނުލާ!
23 އޯގަސްޓު 2026

މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!

23 އޯގަސްޓު 2026
މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!
22 އޯގަސްޓު 2026

ރާއްޖެ އިން ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުދޭނެ ކަމަށް ބުނުމަށް ފަހު، މިހާރު އެ ދެނީ ނ. އަތޮޅުން އެއްބައި: ޒިޔާދު

22 އޯގަސްޓު 2026
ރާއްޖެ އިން ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުދޭނެ ކަމަށް ބުނުމަށް ފަހު، މިހާރު އެ ދެނީ ނ. އަތޮޅުން އެއްބައި: ޒިޔާދު
21 އޯގަސްޓު 2026

ޓައުންޝިޕްގެ ސަބަބުން ބޭރުގެ ގައުމުތަކުން ރާއްޖެއަށް ބޭނުން ގޮތަކަށް ނުފޫޒު ފޯރުވޭނެ: އަލީ ހުސެއިން

21 އޯގަސްޓު 2026
ޓައުންޝިޕްގެ ސަބަބުން ބޭރުގެ ގައުމުތަކުން ރާއްޖެއަށް ބޭނުން ގޮތަކަށް ނުފޫޒު ފޯރުވޭނެ: އަލީ ހުސެއިން
21 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު

21 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު
20 އޯގަސްޓު 2026

ގާނޫނުގައި ބުނެފައިވާ ގޮތުން އެސްއީޒެޑްގެ ދަށުން އެޕާޓްމަންޓެއް ގަންނަ މީހާ ރާއްޖޭގައި ދިރިއުޅޭކަށް ނުޖެހޭ: ބޮންޑާ

20 އޯގަސްޓު 2026
ގާނޫނުގައި ބުނެފައިވާ ގޮތުން އެސްއީޒެޑްގެ ދަށުން އެޕާޓްމަންޓެއް ގަންނަ މީހާ ރާއްޖޭގައި ދިރިއުޅޭކަށް ނުޖެހޭ: ބޮންޑާ
20 އޯގަސްޓު 2026

"ޓައުންޝިޕް މަޝްރޫއަކީ އެތައް މިލިއަން ޑޮލަރަކާއި ރައްޔިތުންގެ އަގުބޮޑު އެސެޓުތަކެއް ގެއްލި، ވަކި ބަޔަކަށް ކުއްލި މުއްސަނދިކަން ލިބިދޭ ގޮތަށް ރޭވިފައިވާ ކަމެއް"

20 އޯގަސްޓު 2026
"ޓައުންޝިޕް މަޝްރޫއަކީ އެތައް މިލިއަން ޑޮލަރަކާއި ރައްޔިތުންގެ އަގުބޮޑު އެސެޓުތަކެއް ގެއްލި، ވަކި ބަޔަކަށް ކުއްލި މުއްސަނދިކަން ލިބިދޭ ގޮތަށް ރޭވިފައިވާ ކަމެއް"
20 އޯގަސްޓު 2026

ޓައުންޝިޕް މަޝްރޫއާއެކު ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތާއެކު މައްސަލަ އޭސީސީއަށް!

20 އޯގަސްޓު 2026
ޓައުންޝިޕް މަޝްރޫއާއެކު ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތާއެކު މައްސަލަ އޭސީސީއަށް!
19 އޯގަސްޓު 2026

ކުޅިވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީއާއެކު މިދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު

19 އޯގަސްޓު 2026
ކުޅިވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީއާއެކު މިދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް