Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރު ތޯރިގް

މެމްބަރު ތޯރިގް އެނބުރި ސަރުކާރަށް!

ތޯރިގް ވަނީ އެންވަޔަރަމެންޓް މިނިސްޓްރީން ބޭއްވި އިވެންޓުގައި ބައިވެރިވެވަޑައިގެންފަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 11:15
އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔަތުގައި މެމްބަރު ތޯރިގް، މިނިސްޓަރު ތޯރިގް އަރިހުގައި

އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔަތުގައި މެމްބަރު ތޯރިގް، މިނިސްޓަރު ތޯރިގް އަރިހުގައި

ދެން ސަރުކާރާ ނުގުޅޭނެ ކަމަށް ވިދާޅުވި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ސަރުކާރުގެ ހަފްލާއެއްގައި ބައިވެރިވެއްޖެއެވެ.

އެގޮތުން 9 ރަށެއްގެ ނަރުދަމާ ނިޒާމުގެ ލޭބާ މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއި ކުރުމަށް އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ޝީބިލްޑިންގގައި ބޭއްވި ރަސްމީއްޔާތުގައި ތޯރިގް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައިސްމީއްޔާތުގައި ވާހަކަ ދައްކަމުން ތޯރިގް ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގެ ތަރައްގީއަޓަކައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް ވަަރށް ބޮޑަށް ޝުކރު ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގެ ތަރައްގީއަޓަކައި ކުރިއަށް ގެންދާ މިހާ ބޮޑު މަޝްރޫއެއްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީއްޔާތަށް ދައުވަތު ދެއްވިކަމަށްޓަކައި މިނިސްޓަރު ތޯރިގަށް ވެސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ތޯރިގް އަލުން ސަރުކާރާ ގުޅިނީތޯ ނޫސްވެރިން ކުރި ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ ރަސްމީއްޔާތަށް ވަޑައިގެންނެވީ ދައުވަތު ދެއްވައިގެން ކަމަށެވެ.

ރަސްމީއްޔާތުގައި ބައިވެރިވި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ އިސް ބައެއް މެންބަރުން ވިދާޅުވީ ވަަރަށް އަވަހަށް ތޯރިގް ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންނަވާނެ ކަމަށެވެ. އެގޮތުން ތޯރިގް އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނަވާނީ މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި މަހިބަދޫގައި ބާއްވާ ހާއްސަ ރަސްމީއްޔާތުގައި ކަމަށެވެ.

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަށް ފަޑުވިދާޅުވި މެމްބަރުންގެ ތެރޭގައި މަހިނދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ހިމެނިވަޑައިގެންނަވައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް މިނިވަން މުއސްތަގިއްލު ތަނަކަށް ހަދަން ޖެހިފައިވާ ކަމަށާއި އަދި ރައީސް ޔާމީންގެ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށްޓަކައި މަސައްކަތްތައް ނުކުރާ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ތޯރިގު ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފަޑުވިދޅުވެ ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ މުސްތަގިއްލު މިނިވަން ތަނަކަށް ހެދުމުގެ ގައުމީ މަސައްކަތުގައި ބައިވެރިވަމުން އަންނަ ކަމަށެވެ.

ޕީޕީއެމްގެ ދަފްތަރުން ވަކިވެވަޑައިގެން ރައްޔިތުންނަށް ފޮނުވި މެސެޖުގައި މެންބަރު ތޯރިގް ވިދާޅުވެފައި ވަނީ، 2014 ވަނަ އަހަރު މަހިބަދޫ ދާއިރާއަށް ރައްޔިތުން އޭނާ ހޮވާފައި ވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެ ދާއިރާގެ ބަސް ބުނުމަށާއި ދާއިރާ ތަރައްގީ ކުރުމަށް އެހީތެރިވުމަށާއި ދިވެހި ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ނިންމުންތައް ނިންމުމަށް މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުފައި ވަނީ ޕީޕީއެމްއާ ގުޅިގެން މަސައްކަތް ފެއްޓެވީ ދާއިރާ ތަަރައްގީ ކުރުމަށް ކަމަށާއި އެގޮތުން ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދާއިރާގެ ތަރައްގީ އަށް ބޮޑެތި މަސައްކަތްތަކެއް ފެށުމުގެ ގޮތުން ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އޭރު އުންމީދުކުރެއްވި ކަމަށެވެ. ނަމަވެސް އެ އުންމީދު ހާސިލްނުވި ކަމަށް އޭރު ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ ނުވަތަ ޕާޓީން ވަކިކުުރމުން ގޮނޑިގެއްލޭ ގޮތަށް ސްޕްރީމް ކޯޓަށް ނިންމި ނިންމުމަށް ވެސް ތޯރިގް ވަނީ ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރާ އަލުން ނުގުޅޭނެ ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅުފަރާތްތަކުން ކުރާ މަސައްކަތުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި މެމްބަރު ތޯރިގް ވަނީ ސޮއި ކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކާ އެކު ހުންނެވި ކަމަށް ތޯރިގު އޭރު ވިދާޅުވި ނަމަވެސް އިދިކޮޅު އެއްވެސް ހަރަކާތެއްގެ ތެރެއިން ވެސް އަދި ޕޯޑިއަމަކުން ވެސް ތޯރިގު ފެނިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު