Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ ކޯޕަރޭޝަން

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

2 ސެޕްޓެމްބަރު 2026 | ބުދަ 07:44

ފެނަކަ ކޯޕަރޭޝަންގެ ރިޑަންޑެންސީ އުސޫލުގެ ދަށުން ބިލެއްދޫ ބްރާންޗުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، ސަރުކާރަށާއި އެ ކުންފުންޏަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. އާދައިގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާއިރު، ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރޭ. މީގެ ކުރިން ވެސް ނޯޓިސް ދިނުމެއްނެތި ބައެއް މުވައްޒަފުން ވަކިކޮށްފައިވާ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ސެޕްޓެމްބަރު 2026 | ބުދަ 07:44
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން | ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ފ. ބިލެއްދޫ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ އަންހެން މުވައްޒަފަކު، އޭނާ ވިހައިގެން ހޮސްޕިޓަލުގައި އޮއްވައި ވަޒީފާއިން ވަކިކޮށްފި އެވެ.

މި ކަމާ ގުޅިގެން އެރަށު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ފެނަކަ ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ 28 އޯގަސްޓުވީ ހުކުރު ދުވަހުގެ މެންދުރުފަހު 14:30 ހާއިރު އެވެ. އޭރު އޭނާ ވިހެއިތާ ގަޑިއިރެއް ވެސް ނުވެ އެވެ.

ފެނަކައިން އެ މުވައްޒަފަށް ފޮނުވި ލިއުމުގައި ބަޔާންކޮށްފައިވަނީ އޭނާ މަގާމުން ވަކިކުރީ ކުންފުނީގެ ރިޑަންޑެންސީ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރީ ދެ މަސް ދުވަހުގެ ނޯޓިސްއަށްވާ ފައިސާއާއެކު ކަމަށާއި، އެ ފައިސާ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އޭނާގެ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ފެނަކައިގެ އާދައިގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި، ސަރުކާރުގެ ސިޔާސީ ބޮޑެތި މަގާމުތަކަށް ބޮޑު މުސާރައިގައި މީހުން އައްޔަނު ކުރަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އަދި ފެނަކައިގެ އެކި ބްރާންޗުތަކުން މި ފަހަކަށް އައިސް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ކުންފުނި ހިންގުން ހަރުދަނާކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރަމުންދާއިރު، މީގެ ކުރިން ވެސް ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ.

ފެނަކަ ކޯޕަރޭޝަންބިލެއްދޫ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

29 އޯގަސްޓު 2026
ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
20 އޯގަސްޓު 2026

ފޯކައިދޫގައި އިންޖީނުގެ ރަނގަޅަށް ނުބަލަހައްޓައި ދޫކޮށްލާފައިވާ ކަމުގެ ތުހުމަތު، އިމާރާތަށް ގެއްލުވެފައިވާ ވީޑިއޯތައް އާއްމުވި ނަމަވެސް ސްޓޭޝަން މެނޭޖަރު އެކަން ދޮގުކުރޭ!

20 އޯގަސްޓު 2026
ފޯކައިދޫގައި އިންޖީނުގެ ރަނގަޅަށް ނުބަލަހައްޓައި ދޫކޮށްލާފައިވާ ކަމުގެ ތުހުމަތު، އިމާރާތަށް ގެއްލުވެފައިވާ ވީޑިއޯތައް އާއްމުވި ނަމަވެސް ސްޓޭޝަން މެނޭޖަރު އެކަން ދޮގުކުރޭ!
03 އޯގަސްޓު 2026

ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް

03 އޯގަސްޓު 2026
ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް
03 އޯގަސްޓު 2026

އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި

03 އޯގަސްޓު 2026
އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި
01 އޯގަސްޓު 2026

ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި

01 އޯގަސްޓު 2026
ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި
25 ޖުލައި 2026

ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދުނު މުވައްޒަފުން ވަކި ކުރުމަށްފަހު މުސާރަ ނުދީ ލަސްކުރަނީ، އެޗްއާރުން ފޯނުވެސް ނުނަގާ!

25 ޖުލައި 2026
ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދުނު މުވައްޒަފުން ވަކި ކުރުމަށްފަހު މުސާރަ ނުދީ ލަސްކުރަނީ، އެޗްއާރުން ފޯނުވެސް ނުނަގާ!
21 ޖުލައި 2026

ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި

21 ޖުލައި 2026
ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި
15 ޖުލައި 2026

އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!

15 ޖުލައި 2026
އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!
09 ޖުލައި 2026

ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް

09 ޖުލައި 2026
ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް