Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި

3 އޯގަސްޓު 2026 | ހޯމަ 08:47

ފެނަކައިގެ މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް ޕްރޮމޯޝަން ދިނުމާއި މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ އަނބުރާ ހޯދުމަށް، އެ ކުންފުނީގެ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭ 14 ކަމެއް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި. މީގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އޭސީސީއާއި ފުލުހުން މެދުވެރިކޮށް ތަހުގީގުކުރުމަށާއި ވަޒީފާ ދިނުމުގެ އުސޫލުތައް ހަރުދަނާކޮށް ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އެންގުން ހިމެނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 އޯގަސްޓު 2026 | ހޯމަ 08:47
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ޙުސައިން

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ޙުސައިން | ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ އިން ހައުސް މަސައްކަތްތަކުގައި އުޅުނު މީހުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާކަން ހާމަވެފައިވާތީ، އެ މީހުން ފާހަގަކޮށް، އެ ފައިސާ އަނބުރާ ހޯދަން، ރައްޔިތުންގެ މަޖިލީހުން އެ ކޯޕަރޭޝަނަށް އެންގުމަށް ފާސްކޮށްފި އެވެ. 

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެނަކައިގެ މުވައްޒަފުން ރެކްރޫޓްކުރުމާއި ޕްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތް ވަނީ ހުށަހަޅާފަ އެވެ. 

Advertisement - newsAdvertisement

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ މި ރިޕޯޓަށް އެއްވެސް އިސްލާހެއް ހުށަހަޅާފައިނުވާއިރު އެ ރިޕޯޓަށް ވޯޓުގެ ވަގުތުގައި ވޯޓަށް އަހާފައިވެ އެވެ. މަޖިލީހުން އެ ރިޕޯޓު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.

އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ފެނަކަ އަށް އެންގުމަށް އެ ރިޕޯޓުގައި ހިމަނާފައިވާ 10 ކަމަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުށަހެޅުމަށް ނިންމާފައިވާ 2 ކަމެއްގެ އިތުރުން އޮޑިޓަރ ޖެނެރަލް އަށް ދެންނެވުމަށް ހިމަނާފައިވާ 1 ކަންތަކުގެ އިތުރުން ފުލުހުންނަށް ހުށަހެޅުމަށް ނިންމާފައިވާ 1 ކަމެއް އެންގުމަށް ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓުގައި މަޖިލީހުން ފެނަކަ އަށް އެންގުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ކުންފުންޏަށް އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރު ކުރުމަށްފަހުގައި ނޫނީ އިތުރަށް މުވައްޒަފުން ނުނެގުމަށް ވެސް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް އޭސީސީ އިން ތަހުގީގު ކުރުމަށް އެންގުމާއެކު، ފެނަކަ ރައިޓް ސައިޒް ކުރުމާ ގުޅިގެން ކުންފުނީގެ ޚަރަދުތަކަށް އައިސްފައިވާ ބަދަލުތަކާއި އާމްދަނީ އަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލު، ކުރިއަށް އޮތް 6 މަސް ދުވަސް ތެރޭގައި މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުމަށް ފެނަކަ އަށް އެންގުން ހިމެނެ އެވެ. އަދި އާންމުކޮށް އިއުލާނު ނުކޮށް، ކުންފުނީގެ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގެ ފުރުސަތު ނުލިބޭގޮތަށް ކުންފުނީގެ ގަވާއިދު އިސްލާހު ކުރުމަށް އެންގުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. 

އެ ރިޕޯޓުގައި ވަނީ މުވައްޒަފުން ނެގުމުގައި އިންޓަވިއު ކުރުމަށްފަހު، އެ ނަތީޖާ އަށް ރިއާޔަތް ކުރުމަށްފަހުގައި ނޫނީ ވަޒީފާ ނުދިނުމަށެވެ. އަދި ކުންފުނީގެ އެޗްއާރު އެސްއޯޕީތައް ހަރުދަނާކުރަން އެންގުމަށާއި ބަދަލު ގެނައި އެސްއޯޕީ މާލިއްޔަތު ކޮމިޓީއާ ހިއްސާ ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި ކުންފުނީގެ މުސާރައިގެ އޮނިގަނޑު ހާމަނައިޒްކޮށް އިސްލާހު ކުރުމަށް ފެނަކަ އަށް އެންގުމަށް ވެސް ރިޕޯޓުގައިވެ އެވެ. 

މީގެ އިތުރުން ގަވާއިދާ ހިލާފަށް 2022 އަދި 2023 ވަނަ އަހަރު މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާކަން ފާހަގަކުރެވޭތީ އެކަން ބެލުމަށް ފުލުހުންނާއި އޭސީސީ އަށް ހުށަހެޅުމުގެ އިތުރުން ފެނަކަ އިން ކުރިއަށް ގެންދިޔަ އިން ހައުސް ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ރާވާ ހިންގުމުގައި އުޅުނު މީހުން ޖަވާބުދާރީ ކުރުވައި ފިޔަވަޅު އެޅުމަށް އެންގުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އެ މަސައްކަތްތަކުގައި އުޅުނު މީހުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އިތުރަށް 229،711 ދީފައިވާކަން ހާމަވެފައިވާތީ އިތުރަށް ފައިސާ ދީފައިވާ މީހުން ފާހަގަކޮށް އެ ފައިސާ އެ މީހުންގެ އަތުން އަނބުރާ ހޯދަން ފެނަކަ އަށް އެންގުމަށް ވެސް ރިޕޯޓުގައިވެ އެވެ. 

ފެނަކަ ކޯޕަރޭޝަންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
03 އޯގަސްޓު 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް

03 އޯގަސްޓު 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް
03 އޯގަސްޓު 2026

ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި

03 އޯގަސްޓު 2026
ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި
03 އޯގަސްޓު 2026

2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"

03 އޯގަސްޓު 2026
2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
01 އޯގަސްޓު 2026

ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި

01 އޯގަސްޓު 2026
ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި
30 ޖުލައި 2026

އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް

30 ޖުލައި 2026
އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް
29 ޖުލައި 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް

29 ޖުލައި 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް
29 ޖުލައި 2026

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!

29 ޖުލައި 2026
މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!
29 ޖުލައި 2026

ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

29 ޖުލައި 2026
ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް