Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ ކޯޕަރޭޝަން

ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި

1 އޯގަސްޓު 2026 | ހޮނިހިރު 08:42

ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް ވަނީ އަންގާފައި. އެއިމާރާތުގެ ހާލަތު ގޯސްވުމުގެ ސަބަބުން މުވައްޒަފުންގެ ސިއްހަތަށް ނުރައްކާވެދާނެތީ އެކަމުގެ ކަންބޮޑުވުން މުވައްޒަފުން ދަނީ ފާޅު ކުރަމުން. ކުރީގެ ސަރުކާރުން ފަށާފައިވާ އައު އޮފީހުގެ ބޮޑުބައެއް ނިމިފައިވީ ނަމަވެސް، އެ މަސައްކަތް ހުއްޓިފައިވާތީ މުވައްޒަފުން ވަނީ އަމިއްލައަށް އެތަން ނިންމައިދޭނެ ކަމަށް ބުނެ ސަރުކާރުގެ އެހީތެރި ކަމަށް އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 1 އޯގަސްޓު 2026 | ހޮނިހިރު 08:42
ނޫމަރާގެ ރަށު އޮފީހާއި ކައުންސިލް އިދާރާ ހިންގި ބައު އިމާރާތް

ނޫމަރާގެ ރަށު އޮފީހާއި ކައުންސިލް އިދާރާ ހިންގި ބައު އިމާރާތް | ރާއްޖެއެމްވީ

ށ. ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި އެވެ.

އާދިއްތަ ދުވަހުން ފެށިގެން މުވައްޒަފުން ނުކުންނަން އަންގާފައިވަނީ ކުރިން އެ ރަށު އޮފީހާއި ކައުންސިލް އިދާރާ ހިންގި ބައު އިމާރާތަށެވެ.

Advertisement - newsAdvertisement
ށ.ނޫމަރާގެ ރަށު އޮފީހާއި ކައުންސިލް އިދާރާ ހިންގި ބައު އިމާރާތް

މި އިމާރާތަކީ ބައު، ވެއްޓެން ކައިރިވެފައިވާ ތަނެއް ކަމަށް މައުލޫމާތު ލިބެ އެވެ. މިހާރު ވެސް އެ އިމާރާތުން ބައެއް ތަންތަން ވެއްޓިފައިވާއިރު، އެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. 

ރާއްޖެއެމްވީއަށް އެރަށުގެ މީހެއް ބުނީ، އާދިއްތަ ދުވަހު މުވައްޒަފުން އެތަނަށް ވަޒީފަށް ނުކުތުމަށްފަހު، އެ އިމާރާތް ސާފު ކުރުމަށް އަންގާފައިވާ ކަމަށެވެ. 

އެހެންކަމުން މުވައްޒަފުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި، އެމުވައްޒަފުން މިހާރު ތިބި އިމާރާތުގައި މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް އެ މުވައްޒަފުން ސަރުކާރުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުގެ ފަރާތުން އިޖާބަ ދީފައިނުވާ ކަމަށް އެމީހާ ބުންޏެވެ. 

މީގެ އިތުރުން އެމީހާ ބުނީ، މިކަމުގެ ސަބަބުން އެ މުވައްޒަފުންގެ ސިއްހަތަށް ވެސް ނުރައްކާވާނެ ކަމަށެވެ. 

ނޫމަރާގައި މަސައްކަތް ކުރާ ފެނަކައިގެ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގާފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެރަށުގައި ފެނަކައިގެ އައު އޮފީހާއި އިންޖީނުގެ އެޅުމުގެ މަސައްކަތް ކޮށްފައިވެ އެވެ. ވެރިކަން ބަދަލުވިއިރު، ފެނަކަ އިދާރީ އޮފީހުގެ 70 އިންސައްތަ އަދި އިންޖީނުގެ އިމާރާތުގެ 80 އިންސައްތަ މަސައްކަތް އޮތީ ނިމިފަ އެވެ. ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނޫމަރާގައި އިމާރާތް ކުރަން ފެށި ފެނަކައިގެ އައު އޮފީސް

13 އޮކްޓޫބަރު 2025 ގައި އެރަށަށް ވަޑައިގަންނަވައި ރައީސް މުއިއްޒު ވިދާޅުވީ، 2026 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ ޕަވަރހައުސް އެއްކޮށް ނިންމައި ރީ-ލޮކޭޓް ކުރާނެ ކަމަށެވެ.

ނަމަވެސް، އެ ވައުދާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައިނުވެ އެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ބައު އިމާރާތަކަށް ބަދަލުވާން އެންގުމުން ފެނަކައިގެ ވަޒީފާގައި ތިބި 11 މުވައްޒަފުން ވަނީ ސަރުކާރަށް ހުށަހެޅުމެއް ވެސް ހުށަހަޅާފަ އެވެ. އެއީ އިމާރާތް ނިންމަން ބޭނުންވާ ސާމާނު ފޯރުކޮށްދީފިނަމަ، ދެ މަސް ދުވަހުގެ ތެރޭގައި އަމިއްލައަށް އެ އިމާރާތް ނިންމައިދޭނެ ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުން އެ ސާމާނު ފޮނުވާފައި ނުވާތީ، އެ މަސައްކަތް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.

ށ. ނޫމަރާފެނަކަ ކޯޕަރޭޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

25 ޖުލައި 2026

ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދުނު މުވައްޒަފުން ވަކި ކުރުމަށްފަހު މުސާރަ ނުދީ ލަސްކުރަނީ، އެޗްއާރުން ފޯނުވެސް ނުނަގާ!

25 ޖުލައި 2026
ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދުނު މުވައްޒަފުން ވަކި ކުރުމަށްފަހު މުސާރަ ނުދީ ލަސްކުރަނީ، އެޗްއާރުން ފޯނުވެސް ނުނަގާ!
21 ޖުލައި 2026

ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި

21 ޖުލައި 2026
ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި
15 ޖުލައި 2026

އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!

15 ޖުލައި 2026
އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!
09 ޖުލައި 2026

ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް

09 ޖުލައި 2026
ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް
03 ޖުލައި 2026

ރާއްޖޭގެ އަސްކަރިއްޔާ އަށްވުރެ ފެނަކައިގެ މުވައްޒަފުން ގިނަ: ބޮންޑާ

03 ޖުލައި 2026
ރާއްޖޭގެ އަސްކަރިއްޔާ އަށްވުރެ ފެނަކައިގެ މުވައްޒަފުން ގިނަ: ބޮންޑާ
23 ޖޫން 2026

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ

23 ޖޫން 2026
ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
21 ޖޫން 2026

މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި

21 ޖޫން 2026
މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި
20 ޖޫން 2026

ހަތަރު މަހުގެ މުސާރައާއެކު 97 މުވައްޒަފަކު ފެނަކައިން ވަކިވާން އެދިއްޖެ

20 ޖޫން 2026
 ހަތަރު މަހުގެ މުސާރައާއެކު 97 މުވައްޒަފަކު ފެނަކައިން ވަކިވާން އެދިއްޖެ
19 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
04 ޖޫން 2026

ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި

04 ޖޫން 2026
ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް