Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒެމްބިއާ

އިދިކޮޅު މައި ކެންޑިޑޭޓް ގައުމަށް ޣައްދާރުވުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޒެމްބިއާގެ ރައީސް ހިޗިލެމާ ދެވަނަ ދައުރަށް ހުވާކުރައްވައިފި

1 ސެޕްޓެމްބަރު 2026 | އަންގާރަ 12:54

ޒެމްބިއާގެ ރިޔާސީ އިންތިޚާބު 60 އިންސައްތަ ވޯޓާއެކު ރައީސް ހަކައިންޑޭ ހިޗިލެމާ ކާމިޔާބު ކުރެއްވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފަ. އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފެދި، އިދިކޮޅު ކެންޑިޑޭޓް ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައި ހިޗިލެމާ ދެވަނަ ދައުރަކަށް ހުވާކުރެއްވީ އިގްތިސާދު އިތުރަށް ބިނާކުރެއްވުމުގެ އަޒުމުގައި

ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2026 | އަންގާރަ 12:54
ރައީސް ހަކައިންޑޭ ހިޗިލެމާ މިހާރު އަމާޒު ހިއްޕަވާފައިވަނީ، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ދައުރުގައި އެޅުއްވި ބިންގަލުގެ މައްޗަށް ބިނާކޮށް، އިތުރު ކުރިއެރުންތައް ހޯއްދެވުމަށް

ރައީސް ހަކައިންޑޭ ހިޗިލެމާ މިހާރު އަމާޒު ހިއްޕަވާފައިވަނީ، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ދައުރުގައި އެޅުއްވި ބިންގަލުގެ މައްޗަށް ބިނާކޮށް، އިތުރު ކުރިއެރުންތައް ހޯއްދެވުމަށް | ޒެޑްއެންބީސީ

ޒެމްބިއާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފެދިފައިވަނިކޮށް އަދި އިދިކޮޅު މައި ކެންޑިޑޭޓް ގައުމަށް ޣައްދާރުވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ރައީސް ހަކައިންޑޭ ހިޗިލެމާ ދެވަނަ ދައުރަކަށް މިއަދު ހުވާކުރައްވައިފި އެވެ.

އިގްތިސާދު ހަމަޔަކަށް އެޅުއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ހިޗިލެމާ، އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވީ ރަސްމީ ނަތީޖާ ދައްކާގޮތުން 60 އިންސައްތަ ވޯޓާއެކުގަ އެވެ. ނަމަވެސް 38 އިންސައްތަ ވޯޓު ހޯއްދަވައިގެން ދެވަނައަށް ދިޔަ ބްރަޔަން މުންޑުބިލޭ ވަނީ އިންތިޚާބުގެ ނަތީޖާއަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އޮތް އެންމެ ފަހު ދުވަހު ކޯޓުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން، މުންޑުބިލޭއަށް ނަތީޖާ ގޮންޖަހައި ގާނޫނީ މައްސަލައެއް ހުށަހެޅޭގޮތް ވަނީ ނުވެފަ އެވެ.

އިންތިޚާބު އޮބްޒާވްކުރި ފަރާތްތަކުން ބުނި ގޮތުގައި، ވޯޓުލީ ދުވަހު އާންމުކޮށް އަމާންކަން އޮތް ނަމަވެސް، ވޯޓު ގުނުމުގެ މަރުހަލާއާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން ފާހަގަކުރި ގޮތުގައި، ވޯޓު ގުނާ ގިނަ މަރުކަޒުތަކުގައި ނަތީޖާ އިއުލާންކުރުމާއެކު ޓެލީ ޝީޓްތަކުގައި އެ ނަތީޖާތައް ރެކޯޑުކޮށްފައެއް ނުވެ އެވެ. އަދި ޑިޖިޓަލްކޮށް އެންޓަރކުރި ނަތީޖާތަކާއި ކަރުދާހުގައި ހުރި ރެކޯޑުތައް އަޅާކިޔައި ކަށަވަރުކުރުމުގެ ނިޒާމު ބަލިކަށިކަން އީޔޫއިން ފާހަގަކުރި އެވެ.

މީގެ އިތުރުން، އިންތިޚާބާ ބެހޭ އޮފިޝަލުން މައި މަރުކަޒުން އިރުޝާދެއް ލިބެންދެން މަސައްކަތްތައް މެދުކަނޑާލައިގެން ތިބިކަން ވެސް އީޔޫގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

އިންތިޚާބަށްފަހު ޖެހިގެން އައި ދުވަހު، ސަލާމަތީ ބާރުތަކުން ވަނީ ވެރިރަށް ލުސާކާގައި ހުންނަ މުންޑުބިލޭއާ ގުޅުންހުރި އިމާރާތަކަށް ވަދެގަނެ، ކުރީގެ ކެބިނެޓް މިނިސްޓަރަކު މަރާލައި، އިދިކޮޅު ސިޔާސީ ބައެއް ފަރާތްތައް ހައްޔަރުކޮށްފަ އެވެ.

ކަމާބެހޭ އިދާރާތަކުން ތުހުމަތުކުރި ގޮތުގައި އިދިކޮޅު ފަރާތްތަކުން ދިޔައީ ހަތިޔާރު އެޅި ބަޣާވާތެއް ކުރަން ރާވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މި ތުހުމަތުތައް ދޮގުކުރެ އެވެ. މުންޑުބިލޭ އާއި އޭނާގެ ރަނިންގ މޭޓް މަކެބީ ޒޫލޫ ފިލައިގެން އުޅުމަށްފަހު، މިދިޔަ ހަފުތާގައި ފުލުހުން ވަނީ އެ ދެ ބޭފުޅުން ހައްޔަރުކޮށް، ހަފުތާ ބަންދުގައި ދައުވާ އުފުލާފަ އެވެ.

އުމުރުން 64 އަހަރުގެ ހިޗިލެމާ 2021 ވަނަ އަހަރު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، ޒެމްބިއާ އޮތީ ބޭރުގެ ދަރަނި ނުދެއްކި، ބައިނަލްއަގުވާމީ މާލީ ބާޒާރުގައި އިތުބާރު ގެއްލިފަ އެވެ. އަދި އެ ދުވަސްވަރު އެ ގައުމުގެ އިންފްލޭޝަން ރޭޓް ހުރީ 24 އިންސައްތައަށްވުރެ މަތީގަ އެވެ.

އިންތިޚާބުގެ ކުރިން ލުސާކާގައި ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ހިޗިލެމާ ވިދާޅުވީ، އޭނާއާ ހަވާލުވީ އިގްތިސާދު އިނދަޖެހި، ބަނގުރޫޓުވެފައިވާ ގައުމެއް ކަމަށެވެ.

ކުރިން ވިޔަފާރިވެރިއެއްގެ ގޮތުގައި އުޅުއްވި ހިޗިލެމާ ވަނީ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް މަޝްވަރާކޮށް، ބޭރުގެ ދަރަނިވެރިންނާއެކު އޮތް ގުޅުން އަލުން ބަދަހިކުރައްވާފަ އެވެ. މީގެ ސަބަބުން އިންފްލޭޝަން ރޭޓް ދަށްވި ނަމަވެސް، ތަކެތީގެ އަގު އަދިވެސް އުފުލެމުންދާތީ އާންމު ރައްޔިތުން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ހިޗިލެމާ މިހާރު އަމާޒު ހިފާފައިވަނީ ފާއިތުވި ފަސް އަހަރު ދުވަހު އޭނާ އެޅުއްވި ބިންގަލުގެ މަތީގައި ގައުމު އިތުރަށް ބިނާކުރުމަށެވެ.

އަންގާރަ ދުވަހު ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ހިޗިލެމާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އެއްވެ އުފާފާޅުކޮށްފައިވެ އެވެ.

ވެރިރަށުގެ ނޭޝަނަލް ހީރޯސް ސްޓޭޑިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި ކެންޔާ، ބޮޓްސްވާނާ، ޒިމްބާބުވޭ، ނެމީބިއާ އަދި ޓެންޒޭނިއާގެ ރައީސުން ހިމެނޭހެން އެފްރިކާގެ ގިނަ ގައުމުތަކެއްގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ހިޗިލެމާ ރައީސްކަމުގެ ހުވާކުރެއްވީ އޭނާގެ ރަނިންގ މޭޓް މުތާލޭ ނަލުމަންގޯއާ އެކުގަ އެވެ.

ޒެމްބިއާހަކައިންޑޭ ހިޗިލެމާބްރަޔަން މުންޑުބިލޭމުތާލޭ ނަލުމަންގޯ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

23 ޖޫން 2026

ޒެމްބިއާގެ ކުރީގެ ރައީސް ލުންގޫ އަވަހާރަވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އޭނާގެ ހަށިކޮޅު ވަޅުލާނެ ތަނަކާ މެދު އުފެދިފައިވާ ގާނޫނީ ހަނގުރާމައިގައި އާއިލާއަށް ކާމިޔާބުވެއްޖެ

23 ޖޫން 2026
ޒެމްބިއާގެ ކުރީގެ ރައީސް ލުންގޫ އަވަހާރަވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އޭނާގެ ހަށިކޮޅު ވަޅުލާނެ ތަނަކާ މެދު އުފެދިފައިވާ ގާނޫނީ ހަނގުރާމައިގައި އާއިލާއަށް ކާމިޔާބުވެއްޖެ
15 ސެޕްޓެމްބަރު 2023

ޗައިނާ އާއި ޒެމްބިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ދެ ގައުމުގެ ރައީސުން އެއްބަސްވެއްޖެ

15 ސެޕްޓެމްބަރު 2023
ޗައިނާ އާއި ޒެމްބިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ދެ ގައުމުގެ ރައީސުން އެއްބަސްވެއްޖެ
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް