Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކާސްޓިން ކޮމިޝަންގެ އެއްވެސް ހަމައެއް އުސޫލެއް ނެތް:ހަސީން

5 އޮކްޓޯބަރު 2017 | ބުރާސްފަތި 01:24

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނަށް މައްސަލަތައް ތަހްޤީޤް ކުރައްވަން އެނގިވަޑައިނުގަންނަވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 01:24
ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި  ރާއްޖެޓީވީން ގެނެސްދިން ޙާއްސަ ޕްރޮގްރާމްގެ ތެރެއިން

ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ރާއްޖެޓީވީން ގެނެސްދިން ޙާއްސަ ޕްރޮގްރާމްގެ ތެރެއިން

ބްރޯޑްކާސްޓިންގ ކޮމިޝަންގައި އެއްވެސް ހަމައެއް އުސޫލެއް ނެތް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެ އެވެ.

ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން ޙާއްސަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސީން ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ނޫސްވެރިންގެ ލީޑަރަކަށްވެ، އާ ޤާނޫނުތަކާއި ޤަވާއިދުތައް ހެދިގެންދާއިރު ނޫސްވެރިން ހަރަކާތްތެރިވުމަށްޓަކައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ބަލައި އެކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާއިރު އެ މަންޒަރު ކޮމިޝަންގެ ފަރާތުން ފެނިގެންނުދާ ކަމަށެވެ.

Advertisement - newsAdvertisement

ހަސީން ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މަސްއޫލިޔަތަކީ މީހުންގެ އަބުރު ރައްކާތެރިކޮށްދިނުން ނޫން ކަމަށާއި އެކޮމިޝަނަކީ ބްރޯޑްކާސްޓަރުންނަށް ހުރި ދަތިތައް ދެނެގަނެ އެ ކަންތައްތައް ހައްލުކުރަން މަސައްކަތް ކުރުން ކަމަށެވެ. އެހެންނަމަވެސް ފެނިގެންދަނީ ބްރޯޑްކާސްޓަރުންގެ ޙައްޤުތައް ނަގާލާ މަންޒަރު ކަމަށް ހަސީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހަސީން ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނަށް މައްސަލަތައް ތަހްޤީޤް ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށާއި މައްސަލަތައް ތަހްޤީޤް ކުރެއްވުމަށް ގެންގުޅުއްވަން ޖެހޭ އުސޫލުތަކާއި ހަމަތައްވެސް އެނގިވަޑައެއްނުގަންނަވާ ކަމަށެވެ.

މިކަމުގެ މިސާލަކަށް ހަސީން ނެންގެވީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހީމް 50 ހާސް ރުފިޔާއިން ޖޫރިމަނާ ކުރިއިރު ކަންތައްތައް ހިނގި ގޮތުގެ ވާހަކައެވެ.

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގައި ސްޓޭޝަންތަކުގައި އިންސާފު ޤާއިމުކުރަންޖެހޭނެ ކަމަށް އޮންނަ އިރު އެހެން ސްޓޭޝަންތަކުން އަބުރަށް އަރައިގަނެ، ދޮގު ޚަބަރުތައް ފަތުރުމުންދާއިރު ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ހަސީން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ވެރިކަން ބަދަލުކުރަން ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ހަސީން ވިދާޅުވީ ވެރިކަން ވެރިކަން ޤާނޫނާއި އެއްގޮތަށް ބަދަލުކުރުމަށް އުޅުމަކީ ކުށެއް ނޫން ކަމުގައެވެ. އެ ވާހަކަ ބްރޯޑްކާސްޓްކުރުމަކީ ވެސް ކުށެއް ނޫން ކަމަށް ހަސީން ވިދާޅުވި އެވެ.

"ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކުމަކީ އެއްވެސް ޙާލެއްގައި ޤާނޫނީ ހަމަތަކުގެ މަތިން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނާއި އަބުރުގެ ޤާނޫނާވެސް ޙިލާފުކަމެއް ނޫން. ވެރިކަން ބަދަލުކުރަން ބޭނުންވަނީ ޤާނޫނާއި ހިލާފަށް ކަމަށް ނުބުނާހާ ހިނދަކު އެއިކީ ކުށެއް ނޫން،" ހަސީން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް