Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު މެމްބަރުން އިތުރުކުރުމަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގުކޮށްފި

23 އޯގަސްޓު 2026 | އާދީއްތަ 13:07

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި. މި ބަދަލާއެކު އަލަށް އައްޔަނުކުރާ ޗީފް އެގްޒެކެޓިވް އާއި ޤާނޫނީ ދާއިރާގެ މެންބަރަކު ބޯޑުގައި ހިމެނޭނެ. ސަރުކާރުން މި ބަދަލު ގެނައީ ހިންގުން ހަރުދަނާކުރުމަށް ކަމަށް ބުންޏަސް، މިއީ ޚަރަދު ބޮޑުވާނެ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުން

ރާއްޖެ އެމްވީ | 23 އޯގަސްޓު 2026 | އާދީއްތަ 13:07
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް މުއިއްޒު ވަނީ ތަސްދީގުކުރައްވާފައި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް މުއިއްޒު ވަނީ ތަސްދީގުކުރައްވާފައި | ރައީސް އޮފީސް

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގު ކޮށްފި އެވެ. 

ޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވީ އާދިއްތަ ދުވަހު އެވެ.

Advertisement - newsAdvertisement

މި ބިލު ފާސްކޮށްފައިވަނީ، 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.

މި ގާނޫނަށް ގެނައި ބަދަލުގެ ނަތީޖާ އެއްގެ ގޮތުން ކުރިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ އަލަށް އައްޔަނުކުރެވޭ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވާއެކު، 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޤާމަށް މީހަކު އައްޔަނުކުރާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. މީގެ އިތުރުން، ބޯޑަށް ޤާނޫނީ ދާއިރާގެ މެންބަރެއް އިތުރުކުރުމާއެކު، ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އުސޫލުތައް ވަނީ މި އިޞްލާޙުގައި ކަނޑައަޅާފަ އެވެ.

މި އިޞްލާޙުތަކާ ގުޅިގެން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް ޢައްޔަންކުރަންޖެހޭ މެންބަރުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޢައްޔަންކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ބިލު ޝާއިޢުކުރުމާއެކު މި ބިލަށް މިހާރު ވަނީ ޢަމަލުކުރަންފަށައިފަ އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު 2 މެމްބަރުން ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލުގެނައީ އެތަނުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކަމަށް ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މި ބަދަލު ގެނައުމުގެ ބޭނުމަކީ އަނެއްކާ ވެސް އިތުރު ބަޔަކަށް ބޮޑު މުސާރަ ލިބޭ ވަޒީފާ އެއް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމުގަ އެވެ.

ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން މަދުކުރަނީ ކުންފުނިތައް "ރައިޓް ސައިޒް" ކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ސަރުކާރުގެ އެކި އެކި މަގާމުތަކަށް ހުއްޓުމެއްނެތި މީހުން އައްޔަނުކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓިޤާނޫނު ނަންބަރު 3/2013

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް

03 އޯގަސްޓު 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް
29 ޖުލައި 2026

އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު

29 ޖުލައި 2026
އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު
29 ޖުލައި 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް

29 ޖުލައި 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް
29 ޖުލައި 2026

ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު

29 ޖުލައި 2026
ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު
03 މެއި 2026

ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު

03 މެއި 2026
ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު
23 ޖުލައި 2024

އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހުނީ އީއެލްސީބީ އާއި އެމްސީބީ ހަރުނުކޮށް ހުރި ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައި ހުރުމުން - ޔޫއާރުއޭ

23 ޖުލައި 2024
އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހުނީ އީއެލްސީބީ އާއި އެމްސީބީ ހަރުނުކޮށް ހުރި ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައި ހުރުމުން - ޔޫއާރުއޭ
15 ނޮވެމްބަރު 2023

ޔުޓިލިޓީ ބިލުތައް ދެއްކުމުގައި ލުއިތަކަކަށް އެދެވޭނެގޮތްތައް ބަޔާންކުރާ ޤަވާއިދެއް

15 ނޮވެމްބަރު 2023
ޔުޓިލިޓީ ބިލުތައް ދެއްކުމުގައި ލުއިތަކަކަށް އެދެވޭނެގޮތްތައް ބަޔާންކުރާ ޤަވާއިދެއް
06 އޮކްޓޯބަރު 2023

ކަރަންޓު މަސަތްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ދަފްތަރުގައި ޖެހުމަށް ހުޅުވާލައިފި

06 އޮކްޓޯބަރު 2023
ކަރަންޓު މަސަތްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ދަފްތަރުގައި ޖެހުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް