Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ. ކުރިނބި

މިސަރުކާރުގައި ކުރިނބީގެ ގިނަ މަޝްރޫއުތައް ހުއްޓިފައި، ފެނާއި ނަރުދަމާގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް އަދިވެސް ޚިދުމަތް ނުދެވޭ!

21 އޯގަސްޓު 2026 | ހުކުރު 07:38

ކުރިނބީގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި ފުޓްސަލް ދަނޑުގެ މަސައްކަތް ހުއްޓިފައިވާއިރު، ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ފިޔަވައި އެހެން މަޝްރޫއުތައް ކުރިއަށް ނުދާކަން މެންބަރު ޒިޔާދު ފާހަގަކުރެއްވި. އަދި ފެނާއި ނަރުދަމާގެ 90 އިންސައްތަ މަސައްކަތް ނިމިފައިވީ ނަމަވެސް، ތިން އަހަރުވީއިރު ވެސް އެ ޚިދުމަތް ނުފެށި އޮތުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޯގަސްޓު 2026 | ހުކުރު 07:38
27 އޮގަސްޓް 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ކުރިނބީއަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

27 އޮގަސްޓް 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ކުރިނބީއަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ހދ. ކުރިނބީއަށް ސަރުކާރުން ގިނަ ވައުދުތަކެއް ވެފައިވީ ނަމަވެސް، އެ ރަށުގެ މުހިންމު ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ވައުދުނާމާ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ކުރިނބީގައި މިހާރު ކުރިއަށްދަނީ މުޅި ރާއްޖޭގައި އަޅާ އެއް ޑިޒައިނެއްގެ ޒުވާނުންގެ މަރުކަޒުގެ ދަގަނޑުތައް ރޭވުމުގެ މަސައްކަތް އެކަނި ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، ރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އިންތިޚާބާ ދިމާކޮށް ތަނބުތައް ޖެހި ގޮތަށް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް މިހާރު ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން، ރަށުގެ ކުޅިވަރުގެ ވަސީލަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، މިހާރު އޮތް ފުޓްސަލް ދަނޑު ހަލާކުވެފައިވާއިރު އޭގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ވެސް އަދި އައު ދަނޑެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްނުދާ ކަމަށެވެ. އަދި ބޮޑު ފުޓްބޯޅަ ދަނޑުގެ ވަށާފާރާއި ފެންސް ޖަހައި ނިންމާފައިވީ ނަމަވެސް، ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިނބީގެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، މަސައްކަތުގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް، ފާއިތުވި 3 އަހަރު މި މަޝްރޫއު ނިންމާ، ޚިދުމަތް ދެވެން ނުފެށޭ ކަމަށެވެ. 

ކުރިނބީގެ އެންމެ ދެރަވާ ކަމަކީ ފެނާއި ނަރުދަމާ 90 ޕަސެންޓް ނިމިފައި. އިހައްދުވަހަކު ވަޒީރު ވެސް މަޖިލީހުގައި ވިދާޅުވި ވަރަށް ބޮޑަށް ނިމިފައި އޮތީމާ ތިމަންނަމެން އެ މީހުން ލައްވާ ކުރުވަނީއޭ. މި ތިން އަހަރުވީއިރު ކުރިނބީއަކީ ފެނުގެ ހާލަތު އެންމެ ދަށް އެއް ރަށް ދާއިރާގައި. މިއަދާ ހަމައަށް އެ ހުރީ އިސްކުރާ އެއްޗެހި ލާ ހުރިހާކަމެއް ނިމިފައި ހުރި ތަންތަން. އެ މަސައްކަތުގެ އެއްވެސްކަމެއް މިއަދާ ހަމައަށް ކުރިއަކަށް ނުދޭ
ހުސައިން ޒިޔާދު 

މެންބަރު ޒިޔާދު ވިދާޅުވީ މި ސަރުކާރުގައި ރަށުގެ ތަރައްގީއަށް އަދި ދާއިރާގެ ތަރައްގީއަށް މާ ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ. 

ހދ. ކުރިނބިޙުސެއިން ޒިޔާދު (ފިއްޓޭ)މުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
19 އޯގަސްޓު 2026

ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން

19 އޯގަސްޓު 2026
ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން
18 އޯގަސްޓު 2026

ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި

18 އޯގަސްޓު 2026
ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި
18 އޯގަސްޓު 2026

ކޮޕަރ ވަޔަރުތައް ވަގަށް ގެންދާ މައްސަލަ ކެބިނެޓުގައި މަޝްވަރާކޮށްފި

18 އޯގަސްޓު 2026
ކޮޕަރ ވަޔަރުތައް ވަގަށް ގެންދާ މައްސަލަ ކެބިނެޓުގައި މަޝްވަރާކޮށްފި
18 އޯގަސްޓު 2026

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ސިމްކާޑު ލިބުން ދަތިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

18 އޯގަސްޓު 2026
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ސިމްކާޑު ލިބުން ދަތިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
18 އޯގަސްޓު 2026

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް

18 އޯގަސްޓު 2026
ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް
17 އޯގަސްޓު 2026

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

17 އޯގަސްޓު 2026
ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
17 އޯގަސްޓު 2026

ރައީސް މުއިއްޒު ނެއްލައިދޫއަށް ވެވަޑައިގެންނެވި މައިގަނޑު ދެ ވައުދުފުޅު: މަގު ހެދުމާއި ހައުސިންގ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

17 އޯގަސްޓު 2026
ރައީސް މުއިއްޒު ނެއްލައިދޫއަށް ވެވަޑައިގެންނެވި މައިގަނޑު ދެ ވައުދުފުޅު: މަގު ހެދުމާއި ހައުސިންގ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
17 އޯގަސްޓު 2026

މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!

17 އޯގަސްޓު 2026
މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް