Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަކުނުދޫ އެއަރޕޯޓް

މި ސަރުކާރު އައިފަހުން މަކުނުދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ ހުއްޓިފައި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރާއީ

22 އޯގަސްޓު 2026 | ހޮނިހިރު 09:42

މަކުނުދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް، ސަރުކާރު ބަދަލުވި ފަހުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ހުއްޓިފައިވާތީ އެ ދާއިރާގެ ކުރީގެ މެންބަރު ރާއީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ރައީސް މުއިއްޒު އެއަރޕޯޓް އަވަހަށް ނިންމަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެކަހެރިކޮށް އޮންނަ އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ މި މަޝްރޫއު ކުރިއަށް ނުދާކަން އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 22 އޯގަސްޓު 2026 | ހޮނިހިރު 09:42
ހދ. މަކުނުދޫ އެއަރޕޯޓު އެޅުމަށްޓަކައި ހިއްކާފައިވާ ސަރަހައްދު

ހދ. މަކުނުދޫ އެއަރޕޯޓު އެޅުމަށްޓަކައި ހިއްކާފައިވާ ސަރަހައްދު | ހދ. މަކުނުދޫ ކައުންސިލް

އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި އަޅަން ފެށި އެއަރޕޯޓުގެ އަމަލީ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ، މަކުނުދުއަކީ އެކަހެރިކޮށް އޮންނަ، ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ރަށެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އެ ރަށުގައި އެއަރޕޯޓެއް އެޅުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރު ނިމުނުއިރު އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރާއީ ވިދާޅުވީ ސަރުކާރު ބަދަލުވުމަށްފަހު އެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށެވެ.

އެއަށްފަހު އެ އޮތީ ޕްރޮޖެކްޓް ހުއްޓިފައި. އެ ޕްރޮޖެކްޓުގެ މަސައްކަތެއް ނުދޭ ކުރިއަކަށް. ދޭތެރެއަކުން ހާވާލާނެ. އަނެއްކާވެސް އެހެން އޮންނާނެ. ރައްޔިތުން ކަންބޮޑުވުން ކުޑަކޮށް ފާޅުކޮށްލީމާ ކޮންމެވެސް ވަރަކަށް ކުރާނެ
މުހައްމަދު ރާއީ

މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކްރޮސް ސަބްސިޑީ އުސޫލުން ހަވާލުކުރީ މަސް ބޭރުކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިގް ފިޝް ކުންފުންޏާ އެވެ. ބިން ހިއްކާފައިވަނީ އެ ރަށުގެ ދެކުނު ބިތުން ފެށިގެން އެއް ފަޅެއްގެ ތެރޭގައި އޮންނަ ހުރައާ ދެމެދު އެވެ.

އެމްޓީސީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 1،800 މީޓަރުގެ ދިގު ރަންވޭއެއް އެޅޭ މިންވަރަށް ބިން ހިއްކުމުގެ އިތުރުން، އިޖުތިމާއީ ބޭނުންތަކަށް އިތުރު 22 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާފައިވާއިރު، ޝޯރ ޕްރޮޓެކްޝަންގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެއާޕޯޓް ނިމުމުން އެތަން ހިންގުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެމްއޭސީއެލްއާ އެވެ.

މުހައްމަދު ރާއީމަކުނުދޫ އެއަރޕޯޓްމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

ސަރުކާރުން ދައްކާ ބިރަށް ރައްޔިތުން ކުރަނީ މަލާމާތް: އެއްކަލަ އެތި އުޅެނީ ކިހާވަރަކަށްތަ؟ މިއަދު ވައިޖެހޭ ބާރު މިނަކީ 22ށް ވުރެ މަތިންތަ؟

22 އޯގަސްޓު 2026
ސަރުކާރުން ދައްކާ ބިރަށް ރައްޔިތުން ކުރަނީ މަލާމާތް: އެއްކަލަ އެތި އުޅެނީ ކިހާވަރަކަށްތަ؟ މިއަދު ވައިޖެހޭ ބާރު މިނަކީ 22ށް ވުރެ މަތިންތަ؟
22 އޯގަސްޓު 2026

ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތަކުގެ ވާހަކަ ދައްކާ މީހުން ޖޫރިމަނާކޮށް އަދަބު ދިނުމަކީ އެ މައްސަލައަށް އޮތް ހައްލެއް ނޫން: އަމްރު

22 އޯގަސްޓު 2026
ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތަކުގެ ވާހަކަ ދައްކާ މީހުން ޖޫރިމަނާކޮށް އަދަބު ދިނުމަކީ އެ މައްސަލައަށް އޮތް ހައްލެއް ނޫން: އަމްރު
21 އޯގަސްޓު 2026

ބަޖެޓުގައި ބިލިއަން، ފާމަސީތައް ހުސްއަތާ: ސިއްހީ ދާއިރާ މިއޮތީ ފްލެޓްލައިން ވެފައި!

21 އޯގަސްޓު 2026
ބަޖެޓުގައި ބިލިއަން، ފާމަސީތައް ހުސްއަތާ: ސިއްހީ ދާއިރާ މިއޮތީ ފްލެޓްލައިން ވެފައި!
21 އޯގަސްޓު 2026

މިސަރުކާރުގައި ކުރިނބީގެ ގިނަ މަޝްރޫއުތައް ހުއްޓިފައި، ފެނާއި ނަރުދަމާގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް އަދިވެސް ޚިދުމަތް ނުދެވޭ!

21 އޯގަސްޓު 2026
މިސަރުކާރުގައި ކުރިނބީގެ ގިނަ މަޝްރޫއުތައް ހުއްޓިފައި، ފެނާއި ނަރުދަމާގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް އަދިވެސް ޚިދުމަތް ނުދެވޭ!
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
19 އޯގަސްޓު 2026

ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން

19 އޯގަސްޓު 2026
ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން
18 އޯގަސްޓު 2026

ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި

18 އޯގަސްޓު 2026
ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި
18 އޯގަސްޓު 2026

ކޮޕަރ ވަޔަރުތައް ވަގަށް ގެންދާ މައްސަލަ ކެބިނެޓުގައި މަޝްވަރާކޮށްފި

18 އޯގަސްޓު 2026
ކޮޕަރ ވަޔަރުތައް ވަގަށް ގެންދާ މައްސަލަ ކެބިނެޓުގައި މަޝްވަރާކޮށްފި
18 އޯގަސްޓު 2026

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ސިމްކާޑު ލިބުން ދަތިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

18 އޯގަސްޓު 2026
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ސިމްކާޑު ލިބުން ދަތިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
18 އޯގަސްޓު 2026

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް

18 އޯގަސްޓު 2026
ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް