Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ކެނެޑާގެ މުދަލުން ނަގާ ޓެރިފް ތިން ދުވަހަށް ފަސްކުރައްވަން ޓްރަމްޕް ނިންމަވައިފި

19 އޯގަސްޓު 2026 | ބުދަ 05:59

މިކަމާ ގުޅޭ ގޮތުން ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެނެޑާ އާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ޓެރިފް ނެގުން ތިން ދުވަހަށް ފަސްކުރަން ނިންމެވީ، އެކަމާ ގުޅޭ ލިޔެކިޔުންތައް ފައިނަލް ކުރުމަށް ވަގުތު ބޭނުންވާތީ ކަމަށް. މި މުއްދަތުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ކަންކަން ރަސްމީ އިޖުރާއަތްތަކުގެ ތެރެއިން ނިންމުމަށް ވަނީ ހަމަޖެހިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޯގަސްޓު 2026 | ބުދަ 05:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ | ގެޓީ އިމޭޖަސް

ކެނެޑާގެ މުދަލުން ނެގުމަށް ނިންމަވާފައިވާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ތަންފީޒު ކުރުން ތިން ދުވަހުގެ މުއްދަތަކަށް މަޑުޖައްސާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

ޓްރަމްޕް މި ނިންމެވުން ނިންމަވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މުހިންމު މަޝްވަރާތަކަކަށް ފަހު އެވެ.

މިކަމާ ގުޅޭ ގޮތުން ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެނެޑާ އާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ޓެރިފް ނެގުން ތިން ދުވަހަށް ފަސްކުރަން ނިންމެވީ، އެކަމާ ގުޅޭ ލިޔެކިޔުންތައް ފައިނަލް ކުރުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ކަންކަން ރަސްމީ އިޖުރާއަތްތަކުގެ ތެރެއިން ނިންމުމަށް ވަނީ ހަމަޖެހިފައި އެވެ.

އެމެރިކާގެ އައު ސަރުކާރުން ކެނެޑާ އިން އެތެރެކުރާ މުދަލުން ބޮޑު ޓެކްސްއެއް ނަގަން ނިންމުމާ ގުޅިގެން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތީ ހީވެފައި އެވެ. ނަމަވެސް، މިހާރު ކުރިއަށްދާ މަޝްވަރާތަކުން ހައްލެއް ލިބޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވަނީ ކެނެޑާ އަދި މެކްސިކޯ އިން އެމެރިކާ އަށް އެތެރެކުރާ ހުރިހާ މުދަލަކުން 25 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމަށެވެ. މި ޓެރިފް ނަގަން ނިންމީ އެ ޤައުމުތަކުގެ ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް އެތެރެވާ މަސްތުވާތަކެއްޗާއި ޤަވާއިދާ ޚިލާފަށް ހިޖުރަކުރާ މީހުން ހުއްޓުވުމަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ގޮތުންނެވެ.

ކެނެޑާގެ ސަރުކާރުން ގެންދަނީ އެމެރިކާގެ މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިގްތިސާދީ ގޮތުން ދެ ޤައުމަށް ލިބިދާނެ ގެއްލުންތަކާ ބެހޭ ގޮތުން އެމެެރިކާާގެ ސަރުކާރާ އެކު މަތީ ފަންތީގެ މަޝްވަރާތައް ބާއްވަމުންނެވެ. މިހާރު ލިބިފައިވާ ތިން ދުވަހުގެ މުއްދަތަކީ މި މަޝްވަރާތަކުން ނެރެވޭނެ ނަތީޖާއެއްގެ މައްޗަށް ބިނާކޮށް، ދާއިމީ ހައްލަކަށް ވާސިލުވުމަށް ލިބުނު ފުރުސަތެއް ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔޫއެސް-ކެނެޑާ ގުޅުންއިމްޕޯޓް ޓެރިފް

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2026

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

20 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި
04 އޮކްޓޯބަރު 2025

ޓެރިފްގެ މައްސަލަައިގައި ކާނީ، ޓްރަމްޕްއާ ބައްދަލު ކުރައްވަނީ

04 އޮކްޓޯބަރު 2025
ޓެރިފްގެ މައްސަލަައިގައި ކާނީ، ޓްރަމްޕްއާ ބައްދަލު ކުރައްވަނީ
28 ޖޫން 2025

 ކެނެޑާ އާއެކު ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

28 ޖޫން 2025
 ކެނެޑާ އާއެކު ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް