Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ކެނެޑާ

 ކެނެޑާ އާއެކު ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

ކެނެޑާ އާއެކު އެމެރިކާ އިން ކުރިއަށް ގެންދަމުން އަންނަ ވިޔަފާރީގެ ހުރިހާ މަޝްވަރާތަކެއް މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށް ރަސްމީކޮށް ނިންމީ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2025 | ހޮނިހިރު 07:41
ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާ އިން ކެނެޑާ އާއެކު ކުރިއަށް ގެންދަމުން އަންނަ ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލަން ނިންމާފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ، އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ހުއްޓާލަން ޖެހުނީ ކެނެޑާ އިން ތައާރަފު ކޮށްފައިވާ ޑިޖިޓަލް ޚިދުމަތްތަކުގެ ޓެކްސްއ ގުޅިގެން ކަމަށެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ކެނެޑޭގެ އެ ނުރަނގަޅު ޓެކްސްގެ ސަބަބުން، ވިޔަފާރީގެ ހުރިހާ މަޝްވަރާތަކެެއް ވަގުތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވީ ކެނެޑާ އިން އަންނަނީ އެމެރިކާގެ ދަނޑުވެރިންގެ އަތުން، ޑެއިރީގެ ބާވަތްތަކުން 400 އިންސައްތައާ ހަމައަށް ޓެރިފް ނަގަމުން އަންނަތާ ވެސް އަހަރުތަކެއް ވެއްޖެ ކަަަމަށެވެ. އަނެއްކާ މިހާރު، އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ އަތުން ޑިޖިޓަލް ސާވިސް ޓެކްސް ނަގާނެ ކަމަށް ކެނެޑާ އިން އިއުލާން ކޮށްފައިވާއިރު، އެއީ އެމެރިކާ އަށް ސީދާ ހަމަލާ ދިނުން ރަމްޒުވާ ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އެހެންކަމުން ކެނެޑާ އާއެކު އެމެރިކާ އިން ކުރިއަށް ގެންދަމުން އަންނަ ވިޔަފާރީގެ ހުރިހާ މަޝްވަރާތަކެއް މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށް ރަސްމީކޮށް ނިންމީ ކަމަށާއި، އެމެރިކާ އާއެކު ވިޔަފާރި ކުރުމަށް ކެނެޑާ އިން ނަގާނެ ޓެރިފްތަކުގެ މައުލޫމާތު ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އަންގަވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕްގެ މި ނިންމުމަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ވިޔަފާރީގެ ގުޅުމަށް އަސަރު ކުރާނެ ކަމެެއް ކަމަށް ތަޖުރިބާ ކާރުން ވަނީ އަންދާޒާ ކޮށްފަ އެވެ. ކެނެޑާ އަކީ އެމެރިކާގެ އެންމެ ބޮޑު ވިޔަފާރީގެ އެއް ބައިވެރިޔާ ކަމަށް ވުމާ އެކު، މި ނިންމުމުގެ ސަބަބުން ދެ ޤައުމުގެ އިޤްތިސާދަށް އަސަރު ކުރާނެ ކަމަށް ވެސް މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި އެކަމުގެ ކަންބޮޑުވުން ވެސް އަންނަނީ ފާޅު ކުރަމުންނެވެ. 

ޑޮނަލްޑް ޓްރަމްޕްކެނެޑާޓެރިފްވިޔަފާރި މަޝްވަރާތައްޑިޖިޓަލް ސާވިސް ޓެކްސްޔޫއެސް-ކެނެޑާ ގުޅުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު