Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ކެނެޑާ

ޓެރިފްގެ މައްސަލަައިގައި ކާނީ، ޓްރަމްޕްއާ ބައްދަލު ކުރައްވަނީ

ކެނެޑާގެ ބޮޑު ވަޒީރުގެ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، އެ އެއްބަސްވުން ދެމެހެއްޓިފައި ވުމުގެ ސަބަބުން ކެނެޑާ އަކީ އެެމެރިކާގެ ވިޔަފާރި ބައިވެރިންގެ ތެރެއިން ޖުމުލަ ގޮތެއްގައި އެންމެ ދަށް ޓެރިފް ރޭޓު އޮތް ޤައުމު. އެެގޮތުން ކެނެޑާގެ 85 އިންސައްތަ ވިޔަފާރި އެމެރިކާއާ އެކު ކުރެވެނީ ޓްރިފް ނުލައި ކަމަށް ހާމަ ކޮށްފައިވޭ.

ޓެރިފްތަކާ ގުޅޭ މައްސަލަތަކާ މެދު މަޝްވަރާކުރުމަށް ކެނެޑާގެ ބޮޑުވަޒީރު ޓްރަމްޕްއާ ބައްދަލުކުރަން ވޮޝިންގޓަނަށް ވަޑައިގަންނަވާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އޮކްޓޯބަރު 2025 | ހޮނިހިރު 05:08
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ

ކެނެޑާއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ޓެރިފްގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ މަޝްވަރާ ކުރެއްވުމަށް، ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި އެވެ.

ކެނެޑާގެ ބޮޑު ވަޒީރުގެ އޮފީހުން ހުކުރު ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި، ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް މި ފެށޭ ހަފުތާގެ ތެރޭގައި ކާނީ އެމެރިކާ އަށް ވަޑައިގަންނަވާނެ އެވެ. މިއީ އެމެރިކާގެ ފިޔަވަޅު ތަކުގެ ސަބަބުން ކެނެޑާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުން އަންނަ ވިޔަފާރީގެ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާގެ ވިޔަފާރީގެ އެހެން ބައިވެރިންނާ ޚިލާފަށް، އެމެރިކާގެ ސަރުކާރާއި ކެނެޑާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ. ނަމަވެސް، ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި އެއްބަސްވެފައިވާ އެމެރިކާ-މެކްސިކޯ-ކެނެޑާ (ޔޫއެސްއެމްސީއޭ) އެއްބަސްވުމާ އެއް ގޮތަށް އެންމެހާ މުދަލަށް ޓެރިފްގެ އިސްތިންސާ ދެމެހެއްޓިފައިވެ އެވެ.

ކެނެޑާގެ ބޮޑު ވަޒީރުގެ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، އެ އެއްބަސްވުން ދެމެހެއްޓިފައި ވުމުގެ ސަބަބުން ކެނެޑާ އަކީ އެެމެރިކާގެ ވިޔަފާރި ބައިވެރިންގެ ތެރެއިން ޖުމުލަ ގޮތެއްގައި އެންމެ ދަށް ޓެރިފް ރޭޓު އޮތް ޤައުމެވެ. އެެގޮތުން ކެނެޑާގެ 85 އިންސައްތަ ވިޔަފާރި އެމެރިކާއާ އެކު ކުރެވެނީ ޓްރިފް ނުލައި ކަމަށް ހާމަ ކޮށްފައިވެ އެވެ.

ނަމަވެސް، ޓްރަމްޕްގެ ގްލޯބަލް، ސެކްޓަރ-ސްޕެސިފިކް ޓެރިފްތައް، ޚާއްސަކޮށް އޮޓޯމޯޓިވް، ސްޓީލް އަދި އެލުމިނިއަމް އަށް އަމާޒުކޮށްފައިވާ ޓެރިފް ތަކުން ކެނެޑާ އަށް ދަނީ ގެއްލުންތަކާ ކުރިމަތިލަމުންނެވެ. އެ ދާއިރާ ތަކުގައި ވަޒީފާ ގެއްލި، ދަތި އުނދަގޫ ޙާލަތެއްގައި އެ ސިނާއަތްތަކަށް އެހީވުމަށް ކާނީގެ ލިބަރަލް ސަރުކާރުން އެތައް ބިލިއަން އެމެރިކާ ޑޮލަރެއްގެ އިއުލާން ކުރަން ޖެހިފައިވެ އެވެ.

އެމެރިކާ-މެކްސިކޯ-ކެނެޑާ އެއްބަސްވުން މުރާޖައާ ކުރުމުގެ މަޝްވަރާތައް އަންނަ އަހަރަށް ތާވަލު ކޮށްފައިވާއިރު، ކެނެޑާ އަށް ފައިދާ ހުރި، އަދި އެމެރިކާ އާއި މެކްސިކޯ އަށް ވެސް މަންފާ ކުރާނެ ރަނގަޅު އެއްބަސްވުމެއް ދެމެހެއްޓުމަށް އަމާޒު ހިފާފައިވާ ކަމަށް ކާނީ ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ސެންޓްރަލް ބޭންކުގެ ގަވަރުނަރުކަން ކުރައްވާފައިވާ، އަދި މިއަހަރުގެ ތެރޭގައި ސިޔާސީ މައިދާނަށް ނިކުމެ ކެނެޑާގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ކާނީ އަށް ދަނީ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. އެއީ ޓްރަމްޕްގެ ވިޔަފާރި ހަނގުރާމައިގެ ދެމިގެންދާ އަސަރުތަކާ ގުޅިގެންނެވެ.

މަސްދަރު: އޭއެފްޕީ

މާކް ކާނީޔޫއެސްއެމްސީއޭޓެރިފްޔޫއެސް-ކެނެޑާ ގުޅުންޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު