Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް

ބްރެޒިލްގެ ލެޖެންޑު ރޮބާޓޯ ކާލޯސް އިސްލާމްދީން ޤަބޫލުކޮށްފި

19 އޯގަސްޓު 2026 | ބުދަ 04:37

ޝެއިޚް ޖިހާދާ ހަވާލާދީ އަލީ ޝާހިން ވިދާޅުވީ، ކާލޯސް އިސްލާމްދީނާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ޝެއިޚްއާ ގުޅަމުންދާތާ ދުވަސް ތަކެއް ވެފައިވާ ކަމަށް. އަދި މީގެ ހަތަރު ހަފުތާ ކުރިން ކާލޯސް ޝެއިޚްއާ ބައްދަލުކޮށް، ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ޤަބޫލު ކޮށްފައިވާ ކަމަށް ޝާހިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޯގަސްޓު 2026 | ބުދަ 04:37
ބްރެޒިލްްގެ ލެޖެންޑު ރޮބާޓޯ ކާލޯސް

ބްރެޒިލްްގެ ލެޖެންޑު ރޮބާޓޯ ކާލޯސް | ގެޓީ އިމޭޖަސް

ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑު އަދި ރެއާލް މެޑްރިޑުގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސް އިސްލާމްދީން ޤަބޫލުކޮށްފައިވާ ކަމަށް ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހާމަކުރައްވައިފި އެވެ.

މިކަން ހާމަކުރެއްވީ ތުރުކީގެ ވެރިކަންކުރާ އޭކޭ ޕާޓީގެ މެންބަރެއް ކަމަށްވާ އަލީ ޝާހިން، ބްރެޒިލްގެ ސައޮ ޕައުލޯގައި އެ ޤައުމުގެ މުސްލިމް މުޖުތަމައުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށްފަހު އެވެ.

އަލީ ޝާހިން ވިދާޅުވި ގޮތުގައި ކާލޯސް އިސްލާމްދީން ޤަބޫލުކުރި ކަމުގެ މައުލޫމާތު އޭނާ އަށް ދެއްވީ ބްރެޒިލްގެ މުސްލިމް މުޖުތަމައުގެ އިސް ފަރާތެއް ކަމަށްވާ ޝެއިޚް ޖިހާދު ހައްމާދޭ އެވެ. ޝެއިޚް ޖިހާދަކީ ނޭޝަނަލް އެސޯސިއޭޝަން އޮފް އިސްލާމިކް ޖޫރިސްޓްސް (އަނާޖީ) ގެ ނައިބު ރައީސްގެ އިތުރުން، އެ ޖަމިއްޔާގެ ދީނީ މުޝީރު އެވެ.

ޝެއިޚް ޖިހާދާ ހަވާލާދީ އަލީ ޝާހިން ވިދާޅުވީ، ކާލޯސް އިސްލާމްދީނާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ޝެއިޚްއާ ގުޅަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މީގެ ހަތަރު ހަފުތާ ކުރިން ކާލޯސް ޝެއިޚްއާ ބައްދަލުކޮށް، ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ޤަބޫލު ކޮށްފައިވާ ކަމަށް ޝާހިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. މި ޕޯސްޓުގައި އޭނާ ވަނީ ކާލޯސް އަށް މަރުހަބާ ދަންނަވައި، އޭނާ އާއި އޭނާގެ އާއިލާ އަށް ބާއްޖަވެރިކަމާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންފައި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ސައޮ ޕައުލޯގައި ހުންނަ އިސްލާމިކް ޗެރިޓަބަލް ޔޫތު ލީގު އޮފް ބްރެޒިލްގައި އެވެ. މި ބައްދަލުވުމުގައި އެ ލީގުގެ ރައީސް ޝަރީފް ނެޓޯ އާއި ޕާރީ މޮސްކް ފައުންޑޭޝަންގެ ރައީސް އުމަރު އާރިފްގެ އިތުރުން ބްރެޒިލްގެ އިސްލާމީ އެކި ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން، އުމުރުން 53 އަހަރުގެ ކާލޯސް ދާދި ފަހުން ވަނީ ސްޕެއިންގައި މަސައްކަތް ކުރާ މޮރޮކޯ އަށް އުފަން ފުޓުބޯޅަ އެޖެންޓެއް ކަމަށްވާ ސުހައިލާ އަތު ތޮހީރީއާ ކައިވެނި ކޮށްފައި އެވެ. ނަމަވެސް، އިސްލާމްދީން ޤަބޫލުކުރިކަމާ ގުޅޭ ގޮތުން ކާލޯސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ލެފްޓް ބެކުންގެ ތެރޭގައި ހިމެނޭ ކާލޯސް ވަނީ އޭނާގެ ކެރިއަރުގެ ބޮޑު ބައެއް ރެއާލް މެޑްރިޑުގައި ހޭދަކޮށްފައި އެވެ. އޭގެ ފަހުން 2007 ވަނަ އަހަރު އޭނާ ވަނީ ތުރުކީގެ ފެނަބާޗޭ އަށް ބަދަލުވެ، އެ ކުލަބަށް ވެސް ކުޅެދީފައި އެވެ. ކާލޯސް އަކީ ބްރެޒިލް އާއެކު 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

ބްރެޒިލްރޮބާޓޯ ކާލޯސް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާާނެ ކަމަށް ލޫލާ އިއުލާާން ކުރައްވައިފި

03 އޯގަސްޓު 2026
ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާާނެ ކަމަށް ލޫލާ އިއުލާާން ކުރައްވައިފި
19 ޖުލައި 2026

ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟

19 ޖުލައި 2026
ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟
17 ޖުލައި 2026

ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!

17 ޖުލައި 2026
ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!
17 ޖުލައި 2026

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވޯލްޑް ކަޕް ޖާޒީއެއް 4.9 މިލިއަން ޑޮލަރަށް ވިއްކާލައިފި

17 ޖުލައި 2026
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވޯލްޑް ކަޕް ޖާޒީއެއް 4.9 މިލިއަން ޑޮލަރަށް ވިއްކާލައިފި
08 ޖުލައި 2026

ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް

08 ޖުލައި 2026
ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
29 ޖޫން 2026

ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި

29 ޖޫން 2026
ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި
20 ޖޫން 2026

ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟

20 ޖޫން 2026
ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟
14 ޖޫން 2026

މިއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދަން އަހަރެން އައިސް ހުރި ފަހަރެއް ނޫން: ވިނީޝިއަސް

14 ޖޫން 2026
މިއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދަން އަހަރެން އައިސް ހުރި ފަހަރެއް ނޫން: ވިނީޝިއަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް