މާސްކް ޝިޕިންގްއިން ރާއްޖެއަށް މުދާ އުފުލާ ސާޗާޖް ބޮޑުކުރަނީ
18 އޯގަސްޓު 2026 | އަންގާރަ 11:26ދުރު އިރުމަތީ އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް މުދާ އުފުލުމުގެ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، މާސްކް ޝިޕިންގް އިން ނަގާ "ޕީކް ސީޒަން ސާޗާޖް" ބޮޑުކުރަން ވަނީ ނިންމާފައި. މުދާ އުފުލުމުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން ގެނައި މި ބަދަލާ ބެހޭ ތަފްސީލީ ރޭޓުތައް އެ ކުންފުނީގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ

މާލޭގައި ބަނދަރުކޮށްފައިވާ މުދާ އުލުފާ ބޯޓެއް | އެލަމީ
ދުރު އިރުމަތީ އޭޝިއާގެ ގައުމުތަކުން ދިވެހިރާއްޖެއާއި ސްރީލަންކާ މުދާ އުފުލާ "އެފް3ޑަބްލިއު" (F3W) ރޫޓުގެ "ޕީކް ސީޒަން ސާޗާޖް" (ޕީއެސްއެސް) ބޮޑުކުރަން ނިންމާފައިވާކަން ދުނިޔޭގެ އެންމެ ބޮޑު ޝިޕިންގް ކުންފުނި، މާސްކުން އިއުލާންކޮށްފި އެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.
މާސްކުން ހާމަކުރި ގޮތުގައި މި ބަދަލަކީ އެ ސަރަހައްދުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި، މުދާ އުފުލުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެކެވެ. މި ސާޗާޖަކީ ޕީކް ސީޒަނުގައި މުދާ އުފުލުމުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން އިތުރުވާ އޮޕަރޭޝަނަލް ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ހުރިހާ ބާވަތެއްގެ މުދަލަކުން ނެގުމަށް ހަމަޖެހިފައިވާ ފީއެކެވެ.
މި ބަދަލާ ގުޅޭ އިތުރު ތަފްސީލާއި، މުދާ އުފުލުމަށް ކަނޑައަޅާފައިވާ އާ ރޭޓުތައް މާސްކުގެ ރަސްމީ ވެބްސައިޓް Maersk.com އިން މިހާރު ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް އަންގާފަ އެވެ.




