Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާމްދަނީން ޓެކްސްނެގުން

މިއަދު ފެންނަނީ ޓެކްސް ނިޒާމު ލާދީނީކަމަށް ބުނި މީހުން އިތުރު ޓެކްސް ނަގަން މަސައްކަތްކުރާ ތަން: މައުރޫފް

17 އޯގަސްޓު 2026 | ހޯމަ 05:15

ޓެކްސް ބޭސް ފުޅާކުރާނެ ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރަށް އެކަން ކުރަން ނޭނގޭ ކަމަށާއި، އިޤްތިސާދީ ހާލަތު ގޯސްވުމުން މިހާރު ފެންނަނީ އިތުރު ޓެކްސްތައް ނަގަން އުޅޭ މަންޒަރު ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އޭނާ ވަނީ ދިވެހި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވި ގައުމުގެ މާލީ ހާލަތު ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އޯގަސްޓު 2026 | ހޯމަ 05:15
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރައްޔިތުންގެ މަޖިލިސް

މިހާރުގެ ސަރުކާރަށް ޓެކްސްގެ ވާހަކަ ހަގީގަތުގައި ދެއްކޭކަށް ވެސް ނެތް ކަމަށާއި، މިއަދު ފެންނަނީ ޓެކްސް ނިޒާމު ލާދީނީކަމަށް ބުނި މީހުން އިތުރު ޓެކްސް ނަގަން މަސައްކަތްކުރާ މަންޒަރުކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މައުރޫފް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ޓެކްސް ނިޒާމު ގެނައުމުން އެއީ ލާދީނީ ކަމެއްކަމަށް ބުނެ ވާހަކަ ދެއްކި މީހުން މިއަދު ވެރިކަމުގައި ތިބެ މި ފެންނަނީ އިތުރު ޓެކްސް ނެގުމަށް މަސައްކަތް ކުރާތަނެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ، އިތުރު އެއްވެސް ޓެކްސެއް ނުނަގާނެކަމަށާއި އޭގެ ބަދަލުގައި ހަމައެކަނި ޓެކްސް ބޭސް ފުޅާކުރާނެކަމަށް ސަރުކާރު ވެރިކަމަށް އައިއިރު ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް މި ކުރެވެނީ އެކަންތޯ ސުވާލު އުފައްދަވައި މައުރޫފް ވިދާޅުވީ، ހަގީގަތުގައި ޓެކްސް ބޭސް ފުޅާކުރާކަށް ވެސް މި ސަރުކާރަކަށް ނޭނގޭނެކަމަށެވެ.

ސަރުކާރު ވެރިކަމަށް އައިއިރު ބުނަމުންދިޔައީ އިތުރު އެއްވެސް ޓެކުހެއް ނުނަގާނަމޭ، އޭގެ ބަދަލުގައި ހަމައެކަނި ޓެކްސް ބޭސް ފުޅާކުރާނީއޭ، ނަމަވެސް އެކަންތޯ މި ކުރެވެނީ؟ ހަގީގަތުގައި ޓެކްސް ބޭސް ފުޅާކުރާކަށްވެސް މި ސަރުކާރަކަށް ނޭނގޭނެ
މައުރޫފް ޒާކިރު

މި ސަރުކާރުން ކުރި ބައެއް ކަންކަން ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވީ، މި ސަރުކާރަކީ ޓައުންޝިޕްގެ ގޮތުގައި ރާއްޖޭގެ އެސްއީޒެޑުގެ ދަށުން ބޮޑު ސަރަހައްދެއް ވިއްކާލައި އެންމެ އިންސައްތައެއްގެ ޓެކްސް ދައްކައިގެން ބޭރު މީހުންނަށް ތިބެވޭގޮތަށް ފަހިކޮށްދިން ސަރުކާރެއް ކަމަށެވެ. އެހެންވީމާ ސަރުކާރުން އޮޅުވާލަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތްކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، މިއަދު ފެންނަމުންދަނީ ޤައުމެއް އިޤްތިސާދީ ގޮތުން މާލީ ގޮތުން ދަތިވެގެން ދިޔައީމާ ދެން ކަންކަން ކުރަން އުޅޭ މަންޒަރުކަމަށެވެ. އަދި ވިދާޅުވީ، ދިވެހި ކޮންޓްރެކްޓަރުން މިއަދު ތިބީ ހާލުގައި ޖެހިފައި ކަމަށެވެ. އެގޮތުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭންޖެހިފައި ތިބި ދިވެހި ކޮންޓްރެކްޓަރުން އެބަތިބިކަމަށާއި، އެމީހުން ސަރުކާރު ފަހާ ދުވާ މަންޒަރު މިއަދު ފެންނަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންޓްރެކްޓަރުންނަށް ފައިސާ ދެވޭނެ މިންވަރު ވެސް މި ސަރުކާރުގައި ނެތްކަމަށް މައުރޫފް ފާހަގަކުރެއްވި އެވެ. މި ސަރުކާރުން ކުރަމުންދާ މާލީ ސިޔާސަތުތަކާ ގުޅިގެން ވަރަށް ބޮޑެތި ސުވާލުތައް އުފެދިފައިވާއިރު، ޤައުމުގެ އިޤްތިސާދީ ހާލަތު ދަށަށް ދާތީ މިހާރު ފެންނަމުންދަނީ އިތުރު ޓެކްސްތައް ނަގަން އުޅޭތަނެވެ.

މައުރޫފް ޒާކިރުޓެކްސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވާނެ: މެންބަރު މައުރޫފް

16 އޯގަސްޓު 2026
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވާނެ: މެންބަރު މައުރޫފް
10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
04 އޯގަސްޓު 2026

މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް

04 އޯގަސްޓު 2026
މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް
29 ޖުލައި 2026

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!

29 ޖުލައި 2026
މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!
27 ޖުލައި 2026

ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް

27 ޖުލައި 2026
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް
27 ޖުލައި 2026

މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް

27 ޖުލައި 2026
މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް
26 ޖުލައި 2026

މިއަދު މި ފެންނަނީ ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން: މެންބަރު މައުރޫފް

26 ޖުލައި 2026
މިއަދު މި ފެންނަނީ ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން: މެންބަރު މައުރޫފް
23 ޖުލައި 2026

ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި

23 ޖުލައި 2026
ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި
18 ޖުލައި 2026

މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް

18 ޖުލައި 2026
މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް
17 ޖުލައި 2026

އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް

17 ޖުލައި 2026
އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް