Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވާނެ: މެންބަރު މައުރޫފް

16 އޯގަސްޓު 2026 | އާދީއްތަ 09:20

ޖީއެސްޓީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރާނެ އަސަރުތަކާ މެދު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މި ބަދަލުތަކާ ގުޅޭ މައުލޫމާތު ވިޔަފާރިވެރިންނަށް ސާފުކޮށްދިނުމަށާއި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އޭނާ ގޮވާލެއްވި. މީގެ އިތުރުން ޓެކްސް ބޮޑުކުރުމަކީ އިގްތިސާދު ހަމަޖެއްސުމަށް އޮތް ހަމައެކަނި ހައްލު ނޫން ކަމަށް ވެސް މެންބަރު މައުރޫފް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޯގަސްޓު 2026 | އާދީއްތަ 09:20
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން މެންބަރު މައުރޫފް ވިދާޅުވީ، އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާ އެކު ޓެކްސްގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، ޓެކުހުން މަކަރު ހެދުމާއި ޓެކުހުން ރެކުމަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވަންޖެހޭ ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް މި އިސްލާހު ފާސްކުރުމުގެ ސަބަބުން ނުކުންނާނެ ކަންބޮޑުވުންތަކާއި ވިސްނަންޖެހޭ ކަންކަން ފާހަގަކުރަށްވައި މެންބަރު މައުރޫފް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ނޭނގި ކުރެވޭ ކަންކަމުން، ޖޫރިމަނާ ފަދަ ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ހާލަތު ވަރަށް ގިނަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިތަކުގައި ޓެންޝަން އިތުރުވެގެންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

ބޮޑެތި ބަދަލުތަކެއް ގެންނައިރު އެ ބަދަލުތަކުގެ ސަބަބުން އަސަރުކުރާނީ ކޮން ފަރާތްތަކަކަށް ކަން، ކޮން ވިޔަފާރިތަކަކަށް ކަން އެ ވިޔަފާރިތަކަށް އެނގެންޖެހޭ. އެ ވިޔަފާރިތަކަށް އެކަން ނޭނގޭ ކަމުގައި ވާނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނޭނގި ކުރެވޭ ކަންތައްތަކުގެ ސަބަބުން އޭގެ ޖޫރިމަނާ އަދި އޭގެ ގެއްލުންތަކާ ކުރިމަތިލާންޖެހޭ ހާލަތްތައް ވަރަށް ގިނަ ފަހަރު އާދޭ
މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވި ގޮތުގައި މި ބިލުގައި ގެނެސްފައިވާ އިސްލާހުތަކުގެ ސާފުކަން ކުޑަވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ވިޔަފާރިތަކަށް މި ގެނެވިގެންދަނީ ކޮން ބަދަލުތަކެއްތޯ އެ ފަރާތްތަކަށް ސާފުވާންޖެހޭނެކަން ހާމަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ، އަލުން ރަޖިސްޓަރ ވާންޖެހޭނީ ކޮން ބައެއްކަމާއި، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖީއެސްޓީ ދައްކަންޖެހޭ ބްރެކެޓަށް އަންނަނީ ކޮން ބަދަލުތަކެއްތޯ ވިޔަފާރިތަކަށް ސާފުވާންޖެހޭ ކަމަށެވެ.

ހަމައެއާއެކު މި އިސްލާހުގެ ސަބަބުން ތަކެތީގެ އަގަށް އަންނާނެ ބަދަލުތަކާ މެދު ވިސްނަންޖެހޭ ކަމަށާއި، ޓުއަރިޒަމްއަށް މި ޓެކްސްގެ ބަދަލުތައް ގެންނައިރު ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރުން މުހިއްމު ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މެންބަރު މައުރޫފް ވިދާޅުވީ، ވިޔަފާރިވެރިންނަށް މި އިސްލާހާ ބެހޭ މައުލޫމާތު އަންގައިދިނުމަކީ މަޖިލީހުގެ ފަރާތުން އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ. 

މީގެ އިތުރަށް މައުރޫފް ވިދާޅުވީ އިތުރަށް ޓެކްސް ނަގައިގެން އިގްތިސާދު ހަމަޖެހޭ ކަމަށް ވިސްނާ ވިސްނުމަކީ ކުއްހީއެއް ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ކަމާ ބެހޭ ފަރާތްތަކާއެކު މި އިސްލާހާމެދު މަޝްވަރާކޮށް އާންމު ފަރާތްތަކަށް މި ބަދަލުގެ ސަބަބުން އަންނާނެ ބަދަލު އޮޅުންފިލުވުން މުހިންމު ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ޒާކިރުޓެކްސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
04 އޯގަސްޓު 2026

މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް

04 އޯގަސްޓު 2026
މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް
29 ޖުލައި 2026

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!

29 ޖުލައި 2026
މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!
27 ޖުލައި 2026

ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް

27 ޖުލައި 2026
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް
27 ޖުލައި 2026

މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް

27 ޖުލައި 2026
މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް
26 ޖުލައި 2026

މިއަދު މި ފެންނަނީ ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން: މެންބަރު މައުރޫފް

26 ޖުލައި 2026
މިއަދު މި ފެންނަނީ ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން: މެންބަރު މައުރޫފް
23 ޖުލައި 2026

ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި

23 ޖުލައި 2026
ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި
18 ޖުލައި 2026

މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް

18 ޖުލައި 2026
މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް
17 ޖުލައި 2026

އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް

17 ޖުލައި 2026
އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް
14 ޖުލައި 2026

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026
ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް