Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސްރީލަންކާ-ދިވެހިރާއްޖެ

ރާއްޖެ އާއި ލަންކާގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ޗެމްބަރ އޮފް ކޮމާސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

13 އޯގަސްޓު 2026 | ބުރާސްފަތި 16:02

ރާއްޖެ އާއި ސްރީލަންކާގެ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ޗެމްބަރ އޮފް ކޮމާސްގެ މެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ފަހިކޮށްދީ މާކެޓް މައުލޫމާތު ހިއްސާކުރުމަށް ވަނީ ނިންމާފައި. މީގެ ސަބަބުން ފަތުރުވެރިކަމާއި އިމާރާތްކުރުން ފަދަ މުހިންމު ދާއިރާތަކުން ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އަމަލީ ގޮތުން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ

ރާއްޖެ އެމްވީ | 13 އޯގަސްޓު 2026 | ބުރާސްފަތި 16:02
ސްރީލަންކާ އާއި ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރި ފުޅާކުރުމާއި، އިންވެސްޓްމަންޓްތަކާއި، އަދި އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށް އާ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަގުސަދުގައި، ސިލޯން ޗެމްބަރ އޮފް ކޮމާސް އާއި މޯލްޑިވްސް ބިޒްނަސް ޗެމްބަރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރަނީ

ސްރީލަންކާ އާއި ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރި ފުޅާކުރުމާއި، އިންވެސްޓްމަންޓްތަކާއި، އަދި އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށް އާ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަގުސަދުގައި، ސިލޯން ޗެމްބަރ އޮފް ކޮމާސް އާއި މޯލްޑިވްސް ބިޒްނަސް ޗެމްބަރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރަނީ | ސިލޯން ޗެމްބަރ އޮފް ކޮމާސް

ސްރީލަންކާ އާއި ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް، ވިޔަފާރި އާއި އިންވެސްޓްމަންޓް އަދި އިގްތިސާދީ ގުޅުންތައް ފުޅާކުރުމަށް އާ ފުރުސަތުތަކެއް ހުޅުވާލުމުގެ ގޮތުން، ސިލޯން ޗެމްބަރ އޮފް ކޮމާސް އާއި މޯލްޑިވްސް ބިޒްނަސް ޗެމްބަރާ ދެމެދު ފަހުމުނާމާއެއްގައި (އެމް.އޯ.ޔޫ) ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް ވަސަންތަ ސަމަރަސިންހަ އާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދު ހާޒިރުވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި ސިލޯން ޗެމްބަރ އޮފް ކޮމާސްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ޗެއަރޕާސަން މިސްޓަރ ކްރިޝަން ބަލެންދްރަ އެވެ. އަދި މޯލްޑިވްސް ބިޒްނަސް ޗެމްބަރުގެ ފަރާތުން ސޮއިކުރެއްވީ އެ ޗެމްބަރުގެ ރައީސް އަހުމަދު އަމްޖަދެވެ.

މި އިއްތިހާދުގެ ސަބަބުން ދެ ޗެމްބަރުގެ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސްރީލަންކާގެ މީޑިއާ ރިޕޯޓުތަކުގައިވެ އެވެ. މީގެ ތެރޭގައި ވިޔަފާރިތަކުގެ މެދުގައި ގުޅުން ގާއިމުކޮށްދިނުމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމާއި، ވިޔަފާރި ވަފުދުތަކުގެ ދަތުރުތަކާއި ނެޓްވޯކިންގ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން މާކެޓް އިންޓެލިޖެންސް ނުވަތަ ބާޒާރުގެ މައުލޫމާތު ހިއްސާކުރުމާއި، ދެ ގައުމުންވެސް ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މި ފަހުމުނާމާގެ ދަށުން މަސައްކަތް ކުރެވޭނެ އެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އިގްތިސާދީ ގޮތުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ ގޮތުން ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. އަދި ފަތުރުވެރިކަމާއި، ލޮޖިސްޓިކްސް، އިމާރާތްކުރުމުގެ ދާއިރާ، ސިއްހީ ހިދުމަތް، ކާބޯތަކެއްޗާއި ދަނޑުވެރިކަން، މާލީ ހިދުމަތްތައް އަދި ފަންނީ ހިދުމަތްތަކުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމުގެ ބޮޑު ފުރުސަތެއް އެބައޮތެވެ. މި ފަހުމުނާމާގެ ސަބަބުން، މުއައްސަސާތަކުގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން މި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ވިޔަފާރިތަކަށް އަމަލީ މަގުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، ސިލޯން ޗެމްބަރ އޮފް ކޮމާސްގެ ދަށުން ހިންގާ "ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލް" އިން ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ އެވެ. މީގެ ތެރޭގައި ވިޔަފާރިތައް ގުޅުވައިދިނުމާއި، މަޝްވަރާތަކަށް މަގުފަހިކުރުމާއި، ދެ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް އެހީތެރިވެދޭނެ ފަދަ ބައިވެރިވުންތައް އުފެއްދުން ހިމެނޭ ކަމަށް ސިލޯން ޗެމްބަރ އޮފް ކޮމާސް އިން ބުނެފައިވެ އެވެ.

ސްރީލަންކާ-ދިވެހިރާއްޖެސިލޯން ޗެމްބަރ އޮފް ކޮމާސްމޯލްޑިވްސް ބިޒްނަސް ޗެމްބަރވަސަންތަ ސަމަރަސިންހަމަސްއޫދު އިމާދުއަހުމަދު އަމްޖަދު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 އޯގަސްޓު 2026

ސްރީލަންކާގެ ސްމާޓް ކުއެސްޓްގެ ޚިދުމަތްތައް ރާއްޖެއަށް ފުޅާކޮށްފި

01 އޯގަސްޓު 2026
ސްރީލަންކާގެ ސްމާޓް ކުއެސްޓްގެ ޚިދުމަތްތައް ރާއްޖެއަށް ފުޅާކޮށްފި
31 ޖުލައި 2026

ސްރީލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ހެޔޮނިޔަތް ދެމިއޮތް ނަމަވެސް، ދެގައުމުގެ ދެމެދުގައި ކުރިން އޮތް ހަމަހަމަކަމާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ރޫހާ ދުރަށް ދެވޭކަމުގެ އިހުސާސް ކުރެވެން ފަށައިފި: ހައިކޮމިޝަނަރު މަސްއޫދު

03 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ފޮނުވި ދައުވަތު، ހައި ކޮމިޝަނަރގެ ނަމުގައި!

03 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ފޮނުވި ދައުވަތު، ހައި ކޮމިޝަނަރގެ ނަމުގައި!
12 އެޕްރީލު 2026

މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަނީ

12 އެޕްރީލު 2026
މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަނީ
13 ޖެނުއަރީ 2026

މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!

13 ޖެނުއަރީ 2026
މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!
09 ޖެނުއަރީ 2026

ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

09 ޖެނުއަރީ 2026
ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި
08 ޖެނުއަރީ 2026

ލަންކާ އަށް ފަހު މެލޭޝިއާ: މެލޭޝިއާ ގައި އުޅޭ ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވޭ: ޝަރީފް

08 ޖެނުއަރީ 2026
ލަންކާ އަށް ފަހު މެލޭޝިއާ: މެލޭޝިއާ ގައި އުޅޭ ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވޭ: ޝަރީފް
08 ޖެނުއަރީ 2026

ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

08 ޖެނުއަރީ 2026
ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ: ކުރީގެ ރައީސް ނަޝީދު
08 ޖެނުއަރީ 2026

ލަންކާ އިން ރާއްޖެ އާއި މެދު "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް އަމަލު ކުރާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ސިފަކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!

08 ޖެނުއަރީ 2026
ލަންކާ އިން ރާއްޖެ އާއި މެދު "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް އަމަލު ކުރާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ސިފަކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!
10 ނޮވެމްބަރު 2025

އަތުލައިގަތް ލަންކާ ޑްރަގް ބޯޓުގައި ހުރީ 24 ގޯނީގެ މަސްތުވާ ތަކެތި، ބަރުދަނުގައި 355 ކިލޯ

10 ނޮވެމްބަރު 2025
އަތުލައިގަތް ލަންކާ ޑްރަގް ބޯޓުގައި ހުރީ 24 ގޯނީގެ މަސްތުވާ ތަކެތި، ބަރުދަނުގައި 355 ކިލޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް