Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް

މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅުއްވައިފަ. ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަސްއޫދު އިމާދު އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ލަންކާ ސަރުކާރަށް ހަރުކަށިކޮށް ފާޑުވިދާޅުވެ ވިސާ ސިޔާސަތަށް ބަދަލު ގެނައުމުގެ އިންޒާރު ދެއްވުމުން މިކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވޭ. ޑިޕްލޮމެސީގެ އުސޫލުތައް ދޫކޮށް މިހާ ފާޅުގައި އަވަށްޓެރި ގައުމަކާ ޖެހިގަތުމަކީ ރަނގަޅު ގޮތްތޯ މީކާއިލް ފޮރިން މިނިސްޓަރ މަޖިލިހަށް ހާޒިރު ކުރުމަށް ހުަށަހަޅުއްވި ހުށައެޅުމުގައި ސުވާލު ކުރައްވައިފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 06:18
 މުއިއްޒުގެ ފޮރިން މިނިސްޓަރު، ޑރ. އަބްދުالله ޚަލީލް

މުއިއްޒުގެ ފޮރިން މިނިސްޓަރު، ޑރ. އަބްދުالله ޚަލީލް | ޕީޕަލްސް މަޖްލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު،  ރާއްޖެ އިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު މުރާޖާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު، ޑރ. އަބްދުالله ޚަލީލް މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި އެވެ. 

ޚަލީލް މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

Advertisement - newsAdvertisement

މީކާއިލް ވަނީ ލަންކާގެ 'ޑެއިލީ ނިއުސް' އަށް ސަފީރު މަސްއޫދު އިމާދު ދެއްވި އިންޓަވިއު އެއްގައި ލަންކާ އަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަނުން އިހާނެތިކޮށް ހިތުން ހުއްޓާނުލައިފި ނަމަ ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެކަމުގެ އިންޒާރު ދެއްވާފައިވާއިރު ޑިޕްލޮމެސީ އާއި ބައިލެޓްރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާ ފާޅުގައި އަވައްޓެރި އެހެން ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ. 

މަސްއޫދު ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ލަންކާ ސަރުކާރަށް ފާޑު ވިދާޅުވެ ގެންގުޅުއްވި ހަރުކަށި ބަސްމަގުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.

ރާއްޖެ އާއި ބަދަހި ގުޅުމެއް ބާއްވަމުންދާ އަވަށްޓެރި ސްރީލަންކާގެ ސަރުކާރަށް އޭނާ ފާޑު ވިދާޅުވެފައި ވަނީ ލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ފާހަގަކުރެއްވުމަށް ފަހުގަ އެވެ. ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ ނިއުސް އަށް ދެއްވި އިންޓަރވިއު އެއްގައި މަސްއޫދު ވަނީ ލަންކާ އިމިގްރޭޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

މިކަމާއި ގުޅިގެން މީސްމީޑީއާ ގައި އާއްމުން ބުނަނީ މިއީ ޑިޕްލޮމަސީ އާއި ބީރައްޓެހި އަމަލެއް ކަމަށެވެ. ބައެއް ފަރާތްތަކުން ވަނީ މިއީ ސަރުކާރަށް ލިބޭ ފިލާވަޅެއް ކަމަށް ވެސް ފާހަގަކޮށްފަ އެވެ. ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ނުކުރާ މީހުން މިފަދަ މަޤާމްތަކަށް އައްޔަން ކުރުމަކީ އަގު ނުކުރެވޭ ވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ. ޑިޕްލޮމެޓުން މި މޭރުމުން އަމަލުކުރުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށާއި ވެއްޓެނީ ދިވެހިންގެ އަގު ކަމަށް ވެސް ގިނަ ރައްޔިތުން ބުނެ އެވެ.

މިއީ ރާއްޖޭގެ ފޮރިން ޕޮލިސީ ދޯދިޔާ ވެފައި އޮތް މިންވަރު ރަމްޒުކޮށްދޭ ކަމެއް ކަމަށް މިކަމާއި މެދު ކޮމެންޓް ކުރި ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި ޑިޕްލޮމަސީ ހިންގަނީ ނޫސްތަަކަށް ދޭ އިންޓަވިއު މެދުވެރިކޮށްތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ. 

މަސްއޫދު އިމާދުސްރީލަންކާޑރ. އަބްދުﷲ ޚަލީލްމީކާއިލް އަހުމަދު ނަސީމްރާއްޖެ-ސްރީލަންކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

10 ޖެނުއަރީ 2026
ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނީ ފޮރިން ސާވިސް އަށް ދާއިރާގެ ތައުލީމު ހުރި މީހުން އައްޔަނު ކޮށްގެން: ފައްޔާޒް

ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނީ ފޮރިން ސާވިސް އަށް ދާއިރާގެ ތައުލީމު ހުރި މީހުން އައްޔަނު ކޮށްގެން: ފައްޔާޒް

09 ޖެނުއަރީ 2026
ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

09 ޖެނުއަރީ 2026
ލަންކާ އަށް ފަހު މެލޭޝިއާ: މެލޭޝިއާ ގައި އުޅޭ ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވޭ: ޝަރީފް

ލަންކާ އަށް ފަހު މެލޭޝިއާ: މެލޭޝިއާ ގައި އުޅޭ ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވޭ: ޝަރީފް

08 ޖެނުއަރީ 2026
ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު