Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްރީލަންކާ-ދިވެހިރާއްޖެ

ސްރީލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ހެޔޮނިޔަތް ދެމިއޮތް ނަމަވެސް، ދެގައުމުގެ ދެމެދުގައި ކުރިން އޮތް ހަމަހަމަކަމާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ރޫހާ ދުރަށް ދެވޭކަމުގެ އިހުސާސް ކުރެވެން ފަށައިފި: ހައިކޮމިޝަނަރު މަސްއޫދު

31 ޖުލައި 2026 | ހުކުރު 16:41

ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރީގެ މުއާމަލާތްތައް 137 މިލިއަން ޑޮލަރަށް އަރާފައިވާއިރު، ދެ ގައުމުގެ އިގްތިސާދީ ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް ބޭނުންނެތް ހުރަސްތައް ނައްތާލަންޖެހޭ ކަމަށް ހައިކޮމިޝަނަރު މަސްއޫދު އިމާދު ވިދާޅުވެއްޖެ. ރާއްޖޭގައި 31,000 އަށްވުރެ ގިނަ ލަންކާ ރައްޔިތުން އުޅެމުންދާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އަމަލީ ގޮތުން ފެންނާނެހެން ސިޔާސަތުތައް ބައްޓަންކުރުމަށް އޭނާ ގޮވާލެއްވި

ރާއްޖެ އެމްވީ | 31 ޖުލައި 2026 | ހުކުރު 16:41
ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދު(ވ)، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެއާ ބައްދަލުކުރައްވަނީ

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދު(ވ)، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެއާ ބައްދަލުކުރައްވަނީ | އިންސްޓަގްރާމް

ސްރީލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ހެޔޮނިޔަތް ދެމިއޮތް ނަމަވެސް، ކުރިން އޮތް ހަމަހަމަކަމާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ރޫހާ ދުރަށް ދެވޭކަމުގެ އިހުސާސް ކުރެވެން ފަށައިފި ކަމަށް، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު މަސްއޫދު އިމާދު ވިދާޅުވެއްޖެ އެވެ.

ޖުލައި މަހުގެ 28 ވަނަ ދުވަހު ކޮލަމްބޯގައި ބޭއްވި ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 18 ވަނަ އަހަރީ އާންމު ޖަލްސާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މަސްއޫދު ވިދާޅުވީ، 2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު ގާތްގަނޑަކަށް 137 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. މީގެ ތެރެއިން ސްރީލަންކާއިން ރާއްޖެއަށް އެކްސްޕޯޓްކުރި މުދަލުގެ އަގަކީ ގާތްގަނޑަކަށް 130 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ރާއްޖެއިން ސްރީލަންކާއަށް އިމްޕޯޓްކުރި މުދަލުގެ އަގު އުޅެނީ ގާތްގަނޑަކަށް 5.7 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް މަސްއޫދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގައި ސްްރީލަންކާގެ ކުންފުނިތަކުން އިންވެސްޓްކޮށްގެން ހިންގާ ރިސޯޓުތައް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ. 

މަސްއޫދު އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ހުރި ބޭނުންނެތް ހުރަސްތައް ނައްތާލުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ސްރީލަންކާއާއެކު ގާތުން މަސައްކަތްކުރުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ގުޅުމުގެ ކުރިއަށް އޮތް ބާބަކީ ހަމައެކަނި ފަހުރުވެރި ތާރީޚެއް އޮތް ގުޅުމެއްގެ ގޮތުގައި ނޫން ކަމަށާއި، އެއީ އުޖާލާ މުސްތަގުބަލެއް ހިއްސާކުރާ ގުޅުމެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކުގައި މި ބިނާކުރަނީ އިތުބާރާއި، ދެފަރާތުގެ އިހުތިރާމާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް. ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އެތައް ގަރުނެއްވީ އެކުވެރިކަމެއް އޮތް ދެ ގައުމު. މިއީ ހަމައެކަނި ޖިއޮގްރަފީ ގޮތުން އޮތް ގާތްކަމެއް ނޫން. ތާރީޚާއި، ސަގާފަތާއި، ވިޔަފާރިއާއި، ތައުލީމާއި އަދި އާއިލީ ގުޅުންތަކުން ވަނީ އަޅުގަނޑުމެންގެ ރައްޔިތުން ގުޅުވާލާފައި. ސްރީލަންކާއަކީ އަދިވެސް ރާއްޖޭގެ އެންމެ މުހިންމު އެއް ވިޔަފާރީގެ ބައިވެރިޔާ. ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސްރީލަންކާގެ ދައުރު ބޮޑު. ނަމަވެސް އަޅުގަނޑުމެން އިޚުލާސްތެރިކަމާއެކު ގަބޫލުކުރަންޖެހޭ ހަގީގަތެއް އެބައޮތް. އަޅުގަނޑުމެންގެ އެކުވެރިކަން ފުން، އަދި އެއީ ހަގީގީ ގުޅުމެއް. އެހެންނަމަވެސް، ދެ ގައުމުގެ އިގްތިސާދީ ގުޅުމުން އެ އެކުވެރިކަމުގެ ބާރު ފުރިހަމައަށް ފެންނާކަށް ނެތް. ކުރީގައި އަޅުގަނޑުމެންގެ ގުޅުމަކީ އިތުބާރާއި، ދެފުށް ފެނުމާއި، ދެފަރާތަށް ފައިދާހުރި ގޮތެއްގައި އޮތް ކަމެއް. މިއަދު ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ހެޔޮނިޔަތް ދެމިއޮތް ނަމަވެސް، ކުރިން އޮތް ހަމަހަމަކަމާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ރޫހާ ދުރަށް ދެވޭކަމުގެ އިހުސާސް ދަނީ ބޮޑުވަމުން،" މަސްއޫދު ވިދާޅުވި އެވެ.

މަސްއޫދު އިތުރަށް ވިދާޅުވީ، މި ވާހަކަތައް ދައްކަވަނީ އެއްވެސް ގައުމެއް ދަށްކޮށްލުމުގެ ނިޔަތުގައި ނޫން ކަމަށާއި، ނަމަވެސް މިއީ މިކަމާ މެދު ފުންކޮށް ވިސްނާލުމަށް ދެއްވާ ދައުވަތެއް ކަމަށެވެ. ހަގީގީ އެކުވެރިންނަކީ އެކަކު އަނެކަކަށް އިހުތިރާމާއެކު ހަގީގަތް ހާމަކުރަން ކެރޭ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިން އޮތް ވަރުގަދަ ގުޅުން އަލުން އިއާދަކުރުމަށްޓަކައި، އެ ގުޅުން ބަލިކަށިވާން މެދުވެރިވި ސަބަބުތައް ދެނެގަންނަންޖެހޭ ކަމަށާއި، ސިޔާސަތުތަކާއި އިދާރީ އުސޫލުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހުރަސްތަކެއް ކުރިމަތިވުމަކީ އެއްވެސް ގައުމަކަށް ފައިދާހުރި ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. "އަޅުގަނޑުމެން އަބަދުވެސް މި ދައްކަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޚާއްސަ ގުޅުމުގެ ވާހަކަ. އެއީ ރަނގަޅު ވާހަކައެއް. އެހެންނަމަވެސް، އެ އެކުވެރިކަމަކީ ހަމައެކަނި ދައްކާ ވާހަކައަކަށް ނުހަދައި، ރައްޔިތުންނާއި ވިޔަފާރިތަކަށް އަމަލީ ގޮތުން ފެންނަ ކަމަކަށް ހެދުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް،" މަސްއޫދު ވިދާޅުވި އެވެ.

ހައިކޮމިޝަނަރު ވިދާޅުވި ގޮތުގައި، ރާއްޖެއިން އަބަދުވެސް ސްރީލަންކާއަށް ބަލަނީ މަރުހަބާ ކިޔާ، އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގަ އެވެ. އެގޮތުން 2023 އާއި 2025 އާ ދެމެދު، އަލަށް ދޫކުރި ވޯކް ޕާމިޓްތަކާއެކު 30,100 އަށްވުރެ ގިނަ ސްރީލަންކާ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. ހަމަ އެ މުއްދަތުގައި ރާއްޖެއިން ވަނީ 238 ސްޓޫޑަންޓް ވިސާއާއި 616 ޑިޕެންޑަންޓް ވިސާ ދޫކޮށްފަ އެވެ. މިއަދު 31,300 އަށްވުރެ ގިނަ ސްރީލަންކާ ރައްޔިތުން ރާއްޖޭގައި ދިރިއުޅެ، ވަޒީފާ އަދާކޮށް، ކިޔަވައި، ދިވެހި މުޖުތަމައަށް ޚިދުމަތް ކުރަމުންދާކަން މަސްއޫދު ފާހަގަކުރެއްވި އެވެ. މި ހިސާބުތަކުން ދޭހަވަނީ ހަމައެކަނި މަސައްކަތްތެރިންގެ އަދަދެއް ނޫން ކަމަށާއި، މިއީ ސްރީލަންކާގެ ފަންނީ މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި، އާއިލާތަކުން ރާއްޖެއަށް ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް، ހަމަ އެ މުއްދަތުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވަނީ ގާތްގަނޑަކަށް 1,700 އަށް ދަށްވެފަ އެވެ. މީގެ ތެރޭގައި ގިނައީ ކިޔަވާ ކުދިންނާއި، ބެލެނިވެރިންނާއި، ބޭސްފަރުވާއަށް ގޮސް އުޅޭ މީހުންނެވެ. މަސްއޫދު ވިދާޅުވީ މިއީ ހަމައެކަނި އަދަދުތަކެއްގެ ވާހަކައެއް ނޫން ކަމަށާއި، ނުވަތަ ދެ ގައުމުގައި ދިރިއުޅޭ މީހުންގެ އަދަދު އެއްވަރުކުރަން ގޮވާލާ ގޮވާލުމެއްވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ މުހިންމު ސުވާލެއް އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ފަހުރުވެރިކަމާއެކު ދައްކާ އެކުވެރިކަމުގެ އަސަރު، އަޅުގަނޑުމެންގެ ރައްޔިތުން ކުރާ ތަޖުރިބާއިން ހަގީގަތުގައިވެސް ފެނޭތޯ؟" މަސްއޫދު ސުވާލު އުފެއްދެވި އެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ބައިވެރިކަން ވަރުގަދަކުރުމުގައި ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލުން އަދާކުރަނީ މުހިންމު ދައުރެއްކަން މަސްއޫދު ފާހަގަކުރެއްވި އެވެ. އަދި މި ކައުންސިލުން މަސައްކަތް ކުރަމުންދަނީ ޒަމާންވީ ގާތް އެކުވެރިކަމެއްގެ ބިންގަލުގެ މަތީގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

ސްރީލަންކާ-ދިވެހިރާއްޖެމަސްއޫދު އިމާދުސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

03 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ފޮނުވި ދައުވަތު، ހައި ކޮމިޝަނަރގެ ނަމުގައި!

03 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ފޮނުވި ދައުވަތު، ހައި ކޮމިޝަނަރގެ ނަމުގައި!
12 އެޕްރީލު 2026

މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަނީ

12 އެޕްރީލު 2026
މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަނީ
13 ޖެނުއަރީ 2026

މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!

13 ޖެނުއަރީ 2026
މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!
09 ޖެނުއަރީ 2026

ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

09 ޖެނުއަރީ 2026
ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި
08 ޖެނުއަރީ 2026

ލަންކާ އަށް ފަހު މެލޭޝިއާ: މެލޭޝިއާ ގައި އުޅޭ ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވޭ: ޝަރީފް

08 ޖެނުއަރީ 2026
ލަންކާ އަށް ފަހު މެލޭޝިއާ: މެލޭޝިއާ ގައި އުޅޭ ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވޭ: ޝަރީފް
08 ޖެނުއަރީ 2026

ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

08 ޖެނުއަރީ 2026
ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ: ކުރީގެ ރައީސް ނަޝީދު
08 ޖެނުއަރީ 2026

ލަންކާ އިން ރާއްޖެ އާއި މެދު "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް އަމަލު ކުރާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ސިފަކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!

08 ޖެނުއަރީ 2026
ލަންކާ އިން ރާއްޖެ އާއި މެދު "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް އަމަލު ކުރާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ސިފަކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!
10 ނޮވެމްބަރު 2025

އަތުލައިގަތް ލަންކާ ޑްރަގް ބޯޓުގައި ހުރީ 24 ގޯނީގެ މަސްތުވާ ތަކެތި، ބަރުދަނުގައި 355 ކިލޯ

10 ނޮވެމްބަރު 2025
އަތުލައިގަތް ލަންކާ ޑްރަގް ބޯޓުގައި ހުރީ 24 ގޯނީގެ މަސްތުވާ ތަކެތި، ބަރުދަނުގައި 355 ކިލޯ
18 ސެޕްޓެމްބަރު 2025

މިނިވަން މީޑިއާގައި ތަޅު އަޅުވާ ބިލު ތަސްދީގުނުކުރަން ގޮވާލައި، ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގައި އިހުތިޖާޖުކޮށްފި

18 ސެޕްޓެމްބަރު 2025
މިނިވަން މީޑިއާގައި ތަޅު އަޅުވާ ބިލު ތަސްދީގުނުކުރަން ގޮވާލައި، ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގައި އިހުތިޖާޖުކޮށްފި
20 އޯގަސްޓު 2025

ދިއްފުށި ކައިރި މަސްވެރިކަން ކުރަނިކޮށް ލަންކާ މަސްބޯޓެއް އަތުލައިގެންފި

20 އޯގަސްޓު 2025
ދިއްފުށި ކައިރި މަސްވެރިކަން ކުރަނިކޮށް ލަންކާ މަސްބޯޓެއް އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް