Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-ލަންކާ

ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

ދިވެހިންނަށް ލަންކާއިން ވިސާ ލިބުން ދަތިވެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ދެގައުމުގެ ދެމެދު ގާއިމުކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލުމުން އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތަކެއް ލިބޭނެ ކަމަށް. ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވިދާޅުވީ ވިސާގެ ދަތިކަމުގެ ޝަކުވާ ގިނައިން ލިބޭ ކަމަށާއި، ލަންކާގެ އިމިގްރޭޝަނުން ދިވެހިންނާ މެދު އަމަލު ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖެނުއަރީ 2026 | ބުރާސްފަތި 11:06
އާސްކް ސްޕީކަރގެ ހަވަނަ ޕްރޮގްރާމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ (ފައިލް)

އާސްކް ސްޕީކަރގެ ހަވަނަ ޕްރޮގްރާމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ (ފައިލް) | ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިހެން ވިދާޅުވީ ދިވެހިންނަށް ލަންކާއިން ވިސާ ލިބުން ދަތިވެ، ކަންބޮޑުވުމުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. 

ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލުމުން ދެ ގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަަމަށެވެ. އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެކަމުގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ އެއްބައިވަންތަކަން އިތުރުވާނެ ކަމަށެވެ. 

މީގެ އިތުރުން ނަޝީދު ވިދާޅުވީ ވިސާގެ ޝަރުތުތަކާއި ވޯކް ޕާމިޓްތައް ނައްތާލުމުން ވިޔަފާރިއާއި ފަތުރުވެރިކަން ކުރިއަރާނެ ކަަމަށެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ވަރުގަދަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، އެކި ބޭނުންތަކަށް ލަންކާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތައް ކުރިމަތިވެ، އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ. 

މި މައްސަލައާ ގުޅިގެން ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިޔުއެއް ގައި ވިދާޅުވީ ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި، ދުވަސްތަކެއް ފާއިތުވެފައިވާ ކަމަށެވެ. އެކި ގޮތްގޮތުން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ލަންކާގެ ފަރާތުން އިޖާބަ ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް ސަފީރު ވިދާޅުވި އެވެ. 

ސަފީރު ވިދާޅުވީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހީން ހެނދުނު 9:00ން ހަވީރު 5:00ށް ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރާ މައްސަލަ ބޮޑު ކަމަށާއި، އޭޖެންޓެއް މެދުވެރިކޮށް އެމަސައްކަތް ކުރުމަށް ވެސް މަޖުބޫރުކުރުވާ ކަމަށެވެ. 

ރާއްޖެ-ސްރީލަންކާމަސްއޫދު އިމާދުމުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2026

ލަންކާ އިން ރާއްޖެ އާއި މެދު "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް އަމަލު ކުރާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ސިފަކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!

08 ޖެނުއަރީ 2026
ލަންކާ އިން ރާއްޖެ އާއި މެދު "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް އަމަލު ކުރާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ސިފަކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!
24 ޑިސެމްބަރު 2025

"ރައީސް ސޯލިހް އާއި ރައީސް ނަޝީދު މިތިބީ އެކުގާ މަސައްކަތް ކުރާށެ ވިދާޅުވީމަ އެ މަސައްކަތް އެގޮތަށް ހިނގާނެ": ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

24 ޑިސެމްބަރު 2025
"ރައީސް ސޯލިހް އާއި ރައީސް ނަޝީދު މިތިބީ އެކުގާ މަސައްކަތް ކުރާށެ ވިދާޅުވީމަ އެ މަސައްކަތް އެގޮތަށް ހިނގާނެ": ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
06 ޑިސެމްބަރު 2025

ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

06 ޑިސެމްބަރު 2025
ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު