Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަތޮޅު ކައުންސިލް އުވާލާ މައްސަލަ

އަތޮޅު ކައުންސިލް އުވާލާ ވާހަކަ ދެއްކެވި އިރު އެކަމުގެ މަޝްވަރާއެއް ކައުންސިލްތަކާއި ނުކުރޭ - ޝުޖާއު

ކައުންސިލްތައް އުވާލާ އިރު އެލްޖީއޭ އަދި މިނިސްޓްރީއަށް ނާންގާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 މެއި 2025 | އާދީއްތަ 14:36
ވ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު (ވ) އަދި ނ އަތޮޅު ކައުންސިލްގެ ރައީސް ބަޝީރު (ކ)

ވ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު (ވ) އަދި ނ އަތޮޅު ކައުންސިލްގެ ރައީސް ބަޝީރު (ކ)

އަތޮޅު ކައުންސިލް އުވާލަން ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވި އިރު، އެކަމުގެ އެއްވެސް މަޝްވަރާއެއް ކައުންސިލްތަކާއި ނުކުރައްވާ ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ކައުންސިލްތަކަށް ގެންވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ބޮޑެތި ބަދަލުތަކާއި، ހާއްސަކޮށް އަތޮޅު ކައުންސިލްތައް އުވާލާވާހަކައަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ނިމިގެންދިޔަ ހަފްތާގައި ކައުންސިލްތަކުގެ މުދާ ނަގާނެ އުސޫލެއް ކަމަށް ބުނާ އުސޫލެއް ފާސްކޮށް ކައުންސިލްތަކަށް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިއީ ކަންބޮޑުވާ ކަންތައްތަކެއް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ގެންނަ ބޮޑެތި ބަދަލުތައް މީޑިއާއަށް ރައީސް ތިލަކުރެއްވި އިރުގައި މިއިން އެއްވެސް ކަމެއްގައި ކައުންސިލްތަކުގެ ބައިވެރިވުމެއް މަޝްވަރާއެއް ނުހޯދާ ކަމަށެވެ. އަދި ކައުންސިލްތައް ހިންގުމަށް ކަނޑައަޅާފައިވާ މިނިސްޓްރީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބައިވެރިވުމެއް ނެތި ބޮޑެތި ބަދަލުތައް ގެންނަވާތީ އެފަރާތްތަކުގެ ކަންބޮޑުވުންތައްވެސް އެބަހުރިކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކައިން ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ އަތޮޅު ކައުންސިލްތައް އުވާލައިގެން ގެންނަން ބޭނުންވާ ބަދަލުގެވާހަކަ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އަދި އުފެދުމުގައިވެސް އޮތް ގުދުރަތީ އުފެދުމާއި ވަރަށް އިދިކީލި ހިންގުމުގެ ވިސްނުމެއްކަން ފާހަގަކުރަން ބޭނުން. އަތޮޅުގެ ރައްޔިތުން އެ އަތޮޅަކަށް ނިސްބަތްކޮށް ވަރަށް ބައިވަރު އިގްތިސާދީ މަސައްކަތްތައްވެސް ކުރެވިފައި ހުރި އިރުގައި މިގޮތަށް ގެންނަ ބަދަލުގެ ސަބަބުން ލިބޭނެ ގެއްލުމާއި ދޭތެރޭގައި ވެސް ވަރަށް ބޮޑަށް ކަންބޮޑުވޭ.
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ

ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ ކައުންސިލްތައް އުވާލުމުގެ އިތުރުން މުދާތައް ނެގުމާއި، މިއިންކަމެއްގެ މަޝްވަރާއެއް ނުކޮށް ބޮޑެތި ބަދަލުތައް ގެނައުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ރަށު ކައުންސިލްގެ އަދަދާއި ގުޅޭގޮތުން އެކި ފަހަރު އެކިގޮތަށް ވާހަކަ ދައްކާފައި ހުންނާތި ކަންބޮޑުވާ ކަމަށެވެ.

ވަޒީޒު އާދަމް ޝަރީފް ދައުރުގެ ކުރީކޮޅުގައި އަރބަން ޕްލޭނިންގެ ވާހަކަ މަޖިލީހުގައި އެޖެންޑާކުރި އިރު، މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި އަދި އެހެންވެސް ބައެއް ސްޕީޗްތަކުގައި އެބައޮތް ވިދާޅުވެފައި، ލާމަރުކަޒީ ނިޒާމް ރަނގަޅުކުރާ ވާހަކަ ކޮންމެ ސަރުކާރެއްގައި ވެސް ދައްކާއިރުގައި އަބަދުވެސް ކައުންސިލްގެ އަދަދު މަދުކުރާ ވާހަކައާއި ގިނަ ކުރާ ވާހަކަ، މިއީއޭ ނިޒާމާއި ގުޅޭގޮތުން ދައްކާ ވާހަކައަކީ. ވަރަށް މަލާމާތްކޮށްފައި ވާހަކަދެއްކީ. އެކަމަކު މަލާމާތް ރައްދުވަނީ ހަމަ އެބޭފުޅާގެ ސަރުކާރަށް.
ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު

އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ މީޓިންތައް ބާއްވަނީ އޮންލައިންކޮށް ކަމަށާއި، އެއަށްވުރެ ރަށު ކައުންސިލް ލެވެލުން ހިންގުން މާ ރަނގަޅުކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ރަށު ކައުންސިލްތައް ކަމަށެވެ. އެހެންކަމުން އަތޮޅު ލެވެލްއެއް ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އަތޮޅު ކައުންސިލްތައް ފަންކްޝަން ނުކުރާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަތޮޅު ކައުންސިލްރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުޝުޖާއު އަލީލޯކަލް ގަވަމަންޓް އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު

މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު